Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކަނބާފަ އުޅޭ މެންޗެސްޓަރ ސިޓީ އަތުން ޔުނައިޓެޑް ބަލިވެއްޖެ

ކަނބާފަ އުޅޭ މެންޗެސްޓަރ ސިޓީ އަތުން ޔުނައިޓެޑް ބަލިވެއްޖެ

އައިޝަތު އީމާން
314 ދުވަސް ކުރިން - 14 ސެޕްޓެންބަރު 2025 22:38
މި މެޗުގައި ހާލަންޑް ވަނީ ދެ ގޯލު ޖަހާފަ - ފޮޓޯ: މެންޗެސްޓަރ ސިޓީ
މި މެޗުގައި ހާލަންޑް ވަނީ ދެ ގޯލު ޖަހާފަ - ފޮޓޯ: މެންޗެސްޓަރ ސިޓީ
ޚުލާސާ

ޔުނައިޓެޑް ބަލިވެފައިވަނީ 0-3 ގެ ނަތީޖާއިން. މި މޮޅާއެކު ސިޓީއަށް ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައި.

އިނގިރޭސި ޕްރިމިއަރ ލީގުގައި ވާދަވެރިކަން އުފެދިފައިވާ ދެ މެންޗެސްޓަރ ކުރިމަތިލުން މެންޗެސްޓަރ ސިޓީން 0-3 ގެ ނަތީޖާއިން މޮޅުވެއްޖެ އެވެ.

ސިޓީގެ އިތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ތަޖުރިބާކާރު ފޯވާޑު އަރލިންގ ހާލަންޑު ވަނީ ދެ ގޯލު ޖަހާފަ އެވެ. ދެން ގޯލު ޖަހާފައިވަނީ ފޮޑެން އެވެ.

ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ސިޓީ އަށް ލިބުނު މި މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޑޮކޫގެ މޮޅު އެސިސްޓުގެ ބޭނުން ހިފައި ފޮޑެން އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ބޮލުންނެވެ.

Advertisement

Advertisement 1

ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ހާލަންޑު ގޯލު ޖަހާފައިވަނީ ފުރަތަމަ ހާފުގައި ވެސް އެސިސްޓް ކުރި ޑޮކޫގެ އެހީތެރިކަމާއެކުގަ އެވެ. ތިން ވަނަ ގޯލުވެސް ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ހާލަންޑެވެ. މި ގޯލު އޭނާ ކާމިޔާބުކުރީ ބެނާޑޯ ސިލްވާގެ އެހީތެރިކަމާއެކުގަ އެވެ. މި މެޗުގައި ސިޓީއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން ފަހު ހާފުގައި ހާލަންޑަށާއި ޓިޖާނީ ރެއިންޑާސް އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ.

މި މެޗަކީ ސިޓީއާ އަލަށް ގުޅުނު ކީޕަރު ޑޮނަރޫމާގެ ކުޅުން ފާހަގަކޮށްލެވެ އެވެ. 26 މިލިއަން ޕައުންޑަށް އެ ކުލަބާ ގުޅުނު މި ކީޕަރުގެ ފަރާތުން ރަނގަޅު ސޭވްތަކެއް މިރޭގެ މެޗުގައި ވަނީ ފެނިފައެވެ.

މި ބައްޔާއެކު ޔުނައިޓެޑަށް ހަތަރު މެޗުން ލިބުނީ ހަތަރު ޕޮއިންޓެވެ. މި ވަގުތު އެ ކުލަބު 14 ވަނާގައި އޮތްއިރު ސިޓީ ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައި ތާވަލުގެ އަށް ވަނައަށް ޖެހިލާފަ އެވެ.

މި ހަފްތާގައި ޕްރިމިއަރ ލީގުގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާތައް:

އާސެނަލް 3-0 ނޮޓިންހަމް ފޮރެސްޓް

ބޯންމައުތް 2-1 ބްރައިޓަން

ކްރިސްޓަލް ޕެލެސް 0-0 ސަންދަލެންޑް

އެވަޓަން 0-0 އެސްޓަން ވިލާ

ފުލަމް 1-0 ލީޑްސް

ނިއު ކާސަލް 1-0 ވުލްވްސް

ވެސްޓް ހޭމް 0-3 ޓޮޓެންހަމް

ބްރެންޓްފޯޑް 2-2 ޗެލްސީ

ބާންލީ 0-1 ލިވަޕޫލް

މެންޗެސްޓަރ ސިޓީމެންޗެސްޓާ ޔުނައިޓެޑްއިނގިރޭސި ޕްރިމިއަރ ލީގު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

26 ދުވަސް ކުރިން - 23:04

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

55 ދުވަސް ކުރިން - 03:22

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

56 ދުވަސް ކުރިން - 19:29

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

62 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

62 ދުވަސް ކުރިން - 12:14

މިޑްލްސްބަރާ ބަލިކޮށް، ހަލް ސިޓީން އަލުން އިނގިރޭސި ޕްރިމިއާ ލީގަށް

ހަލް ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް

63 ދުވަސް ކުރިން - 22:55