ހުއްޓައެއް ނުލާނަން، އިސްތިއުފާއެއް ވެސް ނުދޭނަން: އަމޮރިމް

އުސްތާޛް މުޙައްމަދު ޢަލީ | 150 ދުވަސް ކުރިން - 22 މޭ 2025 09:22
އަމޮރިމް (ވ) އަށް ޔުނައިޓެޑް ގޮވައިގެން ރަނގަޅު މިސްރާބަކަށް ނުދެވުނު.
އަމޮރިމް (ވ) އަށް ޔުނައިޓެޑް ގޮވައިގެން ރަނގަޅު މިސްރާބަކަށް ނުދެވުނު.
ޚުލާސާ

ރޭގެ ބައްޔާއެކު ޔުނައިޓެޑަށް އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ގެއްލިގެން ދިޔައީ. ކޯޗު އަމޮރިމް ބުނީ އޭނާ އަމިއްލައަށް ފެނިގެން ކުލަބު ދުލެއް ނުކުރާނަމޭ.

ޔުއެފާ ޔޫރަޕާ ލީގު ފައިނަލްގައި ޓޮޓެންހަމް ހޮޓްސްޕަރއަަރ އާއި ދެކޮޅަށް ކުޅެ ބަލިވުމަށްފަހުވެސް އޭނާ އިސްތިއުފާއެއް ނުދޭނެ ކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ރޫބެން އަމޮރިމް ބުނެފިއެވެ.

ރޭގެ މެޗަށްފަހު ދިން ބަސްދީގަތުމެއްގައި އަމޮރިމް މިހެން ބުނިއިރު، ހުސްވި ހަފްތާގައި ވެސް އޭނާ ވަނީ މިފަދަ އެއްޗެއް ބުނެފައެވެ. އެފަހަރު ބުނީ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުން އޭނާ އަމިއްލައަށް ވަކިނުވާނެ ކަމަށާއި، ނަމަވެސް އޭނާ މަގާމުން ވަކިކޮށްފާނެ ކަމަށެވެ.

އެހެންނަމަވެސް ކްލަބުގެ ބޯޑާއި ސަޕޯޓަރުން ބޭނުންވާނަމަ، އެއްވެސް ބަދަލެއް ނުހޯދައި ވަކިވާން ތައްޔާރަށް ހުރި ކަމަށް ރޭ އޭނާ ބުންޏެވެ.

އަމޮރިމް ރޭ ބުނީ، މި ވަގުތު އޭނާގެ އަމިއްލަ ނަފްސު ދިފާއުކުރާކަށް ނޫޅޭ ކަމަށާއި އެއީ އޭނާގެ ސްޓައިލެއް ވެސް ނޫނެެވެ. އަދި މިއީ ވަރަށް އުނދަގޫ ވަގުތެއް ކަމަށާއި ސަޕޯޓަރުންނަށް ދައްކާނެ އެއްޗެއް ނެތް ކަމަށެވެ. ނަމަވެސް މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލާކަށް ބޭނުން ނުވާ ކަމަށާއި އަމިއްލައަށް ފެނިގެން އެ ނިންމުމެއް ނުނިންމާނެ ކަމަށެވެ.

އަމޮރިމް އިތުރަށް ބުނީ މި ވަގުތު ކުޑަކޮށް އިތުބާރު ކުރަން ޖެހޭނެ ކަމަށެވެ. "އަހަރެންގެ މަސައްކަތާމެދު ވަރަށް ޔަގީންކަން އެބައޮތް. އަހަރެން ކަންކަން ކުރާ ގޮތަކަށް ބަދަލެއް ނުގެންނާނަން،" އޭނާ ބުންޏެވެ.

މެޗާއި ގުޅޭގޮތުން އަމޮރިމް ބުނީ ޔުނައިޓެޑްއިން ރަނގަޅަށް ކުޅުނު ނަމަވެސް، ގޯލެއް ނުޖެހުނު ކަމަށެވެ.

މި ބަލިވުމާއެކު ޔުނައިޓެޑްއަށް އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ގެއްލިގެން ދިޔައީއެވެ. މިއީ ޔޫރަޕިއަން މުބާރާތެއްގައި ބައިވެރިވުމުގެ އެންމެ ފަހު ފުރުސަތު ކަމަށްވެފައި، ޕްރިމިއަރ ލީގުގައި މިވަގުތު 16 ވަނައިގައި އޮތުމާއެކު، ކްލަބަށް ވަރަށް ބޮޑު ގެއްލުމެއް މިވަނީ ކުތިމަތިލާން ޖެހިފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%