Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ކަސެމީރޯ އާއި ސެސްކޯގެ ލަނޑުތަކުން ޔުނައިޓެޑް ޗެމްޕިއަންސް ލީގު ޖާގައެއް ކަށަވަރުކުރުމާ ގާތަށް

އައިޝަތު އީމާން
171 ދުވަސް ކުރިން - 28 އޭޕްރިލް 2026 08:56
ސެސްކޯ ގޯލަށްފަހު އުފާފާޅުކުރަނީ. / ފޮޓޯ: މެންޗެސްޓާ ޔުނައިޓެޑް
ސެސްކޯ ގޯލަށްފަހު އުފާފާޅުކުރަނީ. / ފޮޓޯ: މެންޗެސްޓާ ޔުނައިޓެޑް
ޚުލާސާ

މިދިޔަ ދެ ސީޒަނުގައި ވެސް ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުން ޖާގައެއް ލިބިފައެއް ނުވޭ. ޔުނައިޓެޑް މިވަގުތު އޮތީ ތާވަލުގެ ތިން ވަނައިގައި.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށް، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރުކުރުމާ ގާތަށް މެންޗެސްޓާ ޔުނައިޓެޑް ޖެހިލައިފިއެވެ. މި މޮޅާއެކު ޔުނައިޓެޑް ތާވަލުގެ ތިންވަނައިގައި އޮތްއިރު، ހަވަނައިގައި އޮތް ބްރައިޓަންއަށްވުރެ 11 ޕޮއިންޓް އިތުރަށް ހޯދައި، ގަދަ ފަހެއްގެ ޖާގައެއް ވަނީ ގާތްގަނޑަކަށް ކަށަވަރުކޮށްފައެވެ. މިއީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތުން އެ ޓީމަށް ޖާގަ ލިބޭނެ ފުރަތަމަ ފަހަރެވެ.

މެޗުގެ ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ބޮލުން ޖަހައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯއެވެ. މިއީ އޭނާ އެންމެ ފަހުން ކުޅުނު އަށް މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ. މެޗުގެ ވަރަށް ކުރީކޮޅު އަމަދު ޑިއާލޯއަށް ލަނޑު ޖަހާނެ ރަން ފުރުސަތެއް ލިބުނު ނަމަވެސް، ބްރެންޓްފޯޑުގެ ސެޕް ފެން ޑެން ބާގް ވަނީ އެ ބޯޅަ ރޭކޯޑުކޮށްފައެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ހެރީ މެގުއަޔާ ބޮލުން ފޮނުވާލި ހަމަލާއެއް ބްރެންޓްފޯޑުގެ ކީޕަރު ކައޮމްހިން ކެލެހާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ ތެރެއިން ޔުނައިޓެޑުގެ އައިޑެން ހެވަން އަތުން ބައިކޮޅަށް ލަނޑެއް ވަދެފާނެ ފަދަ ދެ ހާލަތެއް މެދުވެރިވި ނަމަވެސް، ކީޕަރު ސެންނޭ ލަމެންސް ވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ. ޔުނައިޓެޑުގެ ދެވަނަ ލަނޑު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖަހައިދިނީ ބެންޖަމިން ސެސްކޯއެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއެވެ. މިއީ މި ސީޒަނުގައި ލީގުގައި އޭނާ ދިން 19 ވަނަ އެސިސްޓެވެ. މިއާއެކު، ކެވިން ޑި ބްރުއިނާ އާއި ތިއަރީ އޮންރީ ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި ގާއިމުކޮށްފައިވާ އެސިސްޓް ރެކޯޑާ ހަމަކުރަން ބްރޫނޯއަށް މިހާރު ބޭނުންވަނީ އެންމެ އެސިސްޓެކެވެ.

Advertisement

Advertisement 1

ދެވަނަ ހާފުގައި ޔުނައިޓެޑުން މެޗު ކޮންޓްރޯލް ކުރި ނަމަވެސް، 87 ވަނަ މިނެޓުގައި ބްރެންޓްފޯޑުގެ މަތިއަސް ޖެންސަން ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިއާއެކު މެޗުގެ ފަހު މިނެޓުތަކުގައި ޔުނައިޓެޑަށް ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް، އިތުރު ލަނޑެއް ވަނަނުދީ ހިފަހައްޓައި، ޔުނައިޓެޑުން ވަނީ ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.

މެންޗެސްޓަރ ޔުނައިޓެޑްބްރެންޓްފޯޑްއިނގިރޭސި ޕްރިމިއަރ ލީގު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

މާލީ ގަވާއިދުތަކާ ހިލާފުވުމުގެ މައްސަލައިގައި ސިޓީ ޕްރިމިއާ ލީގުން ވަކިކުރުމުގެ ބިރު!

މާލީ ގަވާއިދުތަކާ ހިލާފުވުމުގެ މައްސަލައިގައި ސިޓީ ޕްރިމިއާ ލީގުން ވަކިކުރުމުގެ ބިރު!

16 ދުވަސް ކުރިން - 08:51

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

47 ދުވަސް ކުރިން - 22:27

މެންޗެސްޓަރ ޔުނައިޓެޑުން 35 މިލިއަން ފައުންޑަށް ޔޫރީ ޓީލެމަންސްގެ ސޮއި ހޯދައިފި

މެންޗެސްޓަރ ޔުނައިޓެޑުން 35 މިލިއަން ފައުންޑަށް ޔޫރީ ޓީލެމަންސްގެ ސޮއި ހޯދައިފި

95 ދުވަސް ކުރިން - 18:15

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

137 ދުވަސް ކުރިން - 03:22

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

139 ދުވަސް ކުރިން - 19:29

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

144 ދުވަސް ކުރިން - 13:01