Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕްރިމިއާ ލީގުގެ ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ބްރޫނޯ ފެނާންޑޭޒް ހޯދައިފި

ޕްރިމިއާ ލީގުގެ ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ބްރޫނޯ ފެނާންޑޭޒް ހޯދައިފި

ހުސައިން އިސްމާއިލް
99 ދުވަސް ކުރިން - 23 މެއި 2026 22:38
މެންޗެސްޓާ ޔުނައިޓެޑް އަދި ޕޯޗުގަލްގެ ތަރި ބްރޫނޯ ފެނާންޑޭޒް---
މެންޗެސްޓާ ޔުނައިޓެޑް އަދި ޕޯޗުގަލްގެ ތަރި ބްރޫނޯ ފެނާންޑޭޒް---
ޚުލާސާ

މި މަގާމު އެންމެ ފަހުން ޔުނައިޓެޑުގެ ކުޅުންތެރިޔަކަށް ލިބުނީ 2011 ވަނަ އަހަރު. އެފް.ޑަބްލިއު.އޭ އިން ހޮވި އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ބްރޫނޯ ވަނޯ ހޯދާފަ.

މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް، އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ކާމިޔާބުކޮށްފިއެވެ. ޕޯޗުގަލްގެ ހުނަރުވެރި މިޑްފީލްޑަރު ފެނާންޑޭޒް ވަނީ މި މަހުގެ ކުރީކޮޅު ފުޓްބޯޅަ ރައިޓާސް އެސޯސިއޭޝަން (އެފް.ޑަބްލިއު.އޭ) އިން ހޮވި އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

ފެނާންޑޭޒް މި މަގާމު ކާމިޔާބުކުރީ އާންމުންގެ ވޯޓާއި ފުޓްބޯޅަ މާހިރުންގެ ޕެނަލަކުން ދިން ވޯޓު އެއްކޮށްލައިގެންނެވެ. މިއީ 2011 ވަނަ އަހަރު ޔުނައިޓެޑުގެ ކުރީގެ ޑިފެންޑަރު ނަމާންޖާ ވިޑިޗް މި އެވޯޑު ހޯދި ފަހުން، ޔުނައިޓެޑްގެ ކުޅުންތެރިއަކަށް މި ޝަރަފު ލިބުނު ފުރަތަމަ ފަހަރެވެ.

މި ސީޒަނުގައި ފެނާންޑޭޒް ދެއްކި މޮޅު ކުޅުމާއެކު އޭނާ ވަނީ މުހިންމު ރެކޯޑުތަކެއްވެސް މުގުރާލާފައެވެ. އެގޮތުން މިދިޔަ ހަފުތާ ބަންދުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ މި ސީޒަނުގެ 20 ވަނަ އެސިސްޓް ހަމަކޮށް، ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ހެދުމުގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ މި ސީޒަނުގައި ކުޅުނު 37 މެޗުން 8 ލަނޑު ޖަހައި، ޔުނައިޓެޑަށް ލީގުގެ ތިންވަނަ މަގާމާއި ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

Advertisement

Advertisement 1

ފެނާންޑޭޒް ވަނީ މި ސީޒަނުގައި ގޯލު ޖަހާނެ 132 ފުރުސަތު ތަނަވަސްކޮށްދީފައެވެ. މިއީ ލީގުގެ އެހެން އެއްވެސް ކުޅުންތެރިއަކަށްވުރެ އިތުރު އަދަދެކެވެ. މި ލިސްޓުގެ ދެވަނައިގައި އޮތް ލިވަޕޫލްގެ ޑޮމިނިކް ސޮބޮސްލާއީއަށްވުރެ އޭނާ ވަނީ 43 ފުރުސަތު އިތުރަށް ތަނަވަސްކޮށްދީފައެވެ.

މި މަގާމަށް ވާދަކުރި ކުޅުންތެރިންގެ ތެރޭގައި އާސެނަލްގެ ޑޭވިޑް ރާޔާ، ގެބްރިއަލް އަދި ޑެކްލަން ރައިސްގެ އިތުރުން މެންޗެސްޓާ ސިޓީގެ އާލިން ހާލަންޑާއި ނޮޓިންހަމް ފޮރެސްޓްގެ މޯގަން ގިބްސް-ވައިޓް ހިމެނެއެވެ. ޔުނައިޓެޑުން ސީޒަނުގެ ފަހު މެޗުގައި އަންނަ އާދިއްތަ ދުވަހު ބްރައިޓަންއާ ދެކޮޅަށް ނުކުންނާނެއެވެ.

ޓީމުގެ އެހެން ޚަބަރުތަކަށް ބަލާއިރު، ޖެނުއަރީ މަހު ރޫބެން އަމޮރިމް ވަކިކުރުމުން ޓީމާ ހަވާލުވި މައިކަލް ކެރިކް މިހާރު ވަނީ ދާއިމީ ކޯޗެއްގެ ގޮތުގައި ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި އޭނާގެ ކޯޗިން ޓީމުގައި ހިމެނޭ ސްޓީވް ހޮލެންޑާއި ޖޯނީ އެވަންސް ފަދަ ފަރާތްތަކުންވެސް ވަނީ އާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މީގެ އިތުރުން، މި ސީޒަނުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ މެންޗެސްޓާ ސިޓީގެ އުމުރުން 21 އަހަރުގެ ނިކޯ އޮރައިލީއެވެ. އޭނާ ވަނީ މި ސީޒަނުގައި 34 މެޗު ކުޅެ 5 ލަނޑު ޖަހައި 3 އެސިސްޓް ކާމިޔާބުކޮށްފައެވެ. އޮރައިލީ ވަނީ މި ފަހުން އިނގިރޭސި ގައުމީ ޓީމުންވެސް ޖާގަ ހޯދާ، ތޯމަސް ޓުޗެލްގެ ވޯލްޑް ކަޕް ސްކޮޑުގައިވެސް ހިމެނިފައެވެ.

މެންޗެސްޓަރ ޔުނައިޓެޑްއިނގިރޭސި ޕްރިމިއަރ ލީގު
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

14 ގަޑިއިރު ކުރިން - 22:27

މެންޗެސްޓަރ ޔުނައިޓެޑުން 35 މިލިއަން ފައުންޑަށް ޔޫރީ ޓީލެމަންސްގެ ސޮއި ހޯދައިފި

މެންޗެސްޓަރ ޔުނައިޓެޑުން 35 މިލިއަން ފައުންޑަށް ޔޫރީ ޓީލެމަންސްގެ ސޮއި ހޯދައިފި

48 ދުވަސް ކުރިން - 18:15

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

91 ދުވަސް ކުރިން - 03:22

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

92 ދުވަސް ކުރިން - 19:29

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

97 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

98 ދުވަސް ކުރިން - 12:14