Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިލާންގެ ފޯވާޑް ރަފައެލް ލިއާއޯ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ފާރަލަމުންދަނީ

މިލާންގެ ފޯވާޑް ރަފައެލް ލިއާއޯ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ފާރަލަމުންދަނީ

އައިޝަތު އީމާން
76 ދުވަސް ކުރިން - 28 އޭޕްރިލް 2026 09:03
ރަފޭލް ލިއައޯ---
ރަފޭލް ލިއައޯ---
ޚުލާސާ

ކުރިން މިލާނުން ބުނަމުންދިޔައީ އެއްވެސް އަގަކަށް ލިއާއޯ ވިއްކާނުލާނެ ކަމަށް. ނަމަވެސް 52 މިލިއަން ޕައުންޑަށް ލިއާއޯ ވިއްކާލަން އުޅޭކަމަށް ރިޕޯޓުތައް ބުނޭ.

އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ހުނަރުވެރި ފޯވާޑް ރަފައެލް ލިއާއޯގެ ކުޅުން ބެލުމަށް، މެންޗެސްޓާ ޔުނައިޓެޑްގެ ސްކައުޓުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ސެން ސީރޯ ސްޓޭޑިއަމަށް ގޮސްފިއެވެ.

ކަލްޗިއޯ މާކާޓޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔުނައިޓެޑްގެ ސްކައުޓުން ހާޒިރުވެ ތިބީ މިލާނާއި ޔުވެންޓަސް ބައްދަލުކުރި މެޗު ބެލުމަށެވެ. 0-0 އިން އެއްވަރުވި މި މެޗުގައި އުމުރުން 26 އަހަރުގެ ލިއާއޯ 81 މިނެޓު ކުޅުނު ނަމަވެސް، އޭނާއަށް ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ. މެޗު ނިމިގެން ދަނޑުން ފޭބި ވަގުތު މިލާންގެ ސަޕޯޓަރުން ވަނީ އޭނާއަށް ފާޑުކިޔައި އަޑުގަދަކޮށްފައެވެ. މި ނަތީޖާއާއެކު މިލާން މިހާރު އޮތީ ސެރީ އޭ ތާވަލުގެ ތިންވަނައިގައެވެ.

މެންޗެސްޓާ ޔުނައިޓެޑުން މިދިޔަ ހޫނު މޫސުމުގައި މެތިއަސް ކޫންހާ، ބްރަޔަން އެމްބިއުމޯ އަދި ބެންޖަމިން ސެސްކޯ ފަދަ ކުޅުންތެރިން ހޯދުމަށް ބޮޑު ހޭދައެއް ކޮށްފައިވީ ނަމަވެސް، ކޯޗު މައިކަލް ކެރިކްގެ ޓީމު އިތުރަށް ވަރުގަދަކުރުމަށް ޔުނައިޓެޑުން ބޭނުންވެއެވެ. ހާއްސަކޮށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރުވުމާ ގާތްވެފައިވާތީ، ޓީމުގެ ފެންވަރު މަތިކުރުމަކީ ކްލަބުގެ މިހާރުގެ އަމާޒެކެވެ.

Advertisement

Advertisement 1

މިލާނުން ކުރިން ލިއާއޯ އަކީ އެއްވެސް އަގަކަށް ވިއްކާލާނެ ކުޅުންތެރިއެއް ނޫން ކަމަށް ބުނަމުންދިޔަ ނަމަވެސް، މިހާރު އެ ކްލަބުގެ ވިސްނުން ބަދަލުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން 52 މިލިއަން ފައުންޑްގެ ބިޑަކަށް މިލާނުން އޭނާ ވިއްކާލުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ އެ ކްލަބުގެ މާލީ ހިސާބުތައް ބެލެންސް ކުރުމަށްޓަކައި ކުރަންޖެހޭ ކަމެއްގެ ގޮތުގައި ބެލެވެއެވެ. ލިއާއޯގެ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އޮތްއިރު، އޭނާއަކީ އަރިމަތިންނާއި ފޯވާޑަކަށްވެސް މޮޅަށް ކުޅޭ ކުޅުންތެރިއެކެވެ.

ޓްރާންސްފާ އެކްސްޕަރޓް ފަބްރީޒިއޯ ރޮމާނޯ ހާމަކުރި ގޮތުގައި، އިނގިރޭސި ޕްރިމިއާ ލީގުގެ ބައެއް ކްލަބުތަކުން މިހާރުވެސް ލިއާއޯގެ ހާލަތު ބަލަމުންދެއެވެ. ރޮމާނޯ ބުނީ، މިހާތަނަށް ރަސްމީ އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވި ނަމަވެސް، ބޮޑެތި ކްލަބުތަކުން އޭނާ ހޯދުމުގެ މަޝްވަރާތައް ނުރަސްމީކޮށް ފަށާފައިވާ ކަމަށެވެ.

ލިއާއޯ ހޯދުމަށް ޔުނައިޓެޑްގެ އިތުރުން ސްޕެއިންގެ ބާސެލޯނާ އާއި ސައުދީ ޕްރޯ ލީގުގެ ކްލަބުތަކުންވެސް ޝައުގުވެރިވެއެވެ. އަދި މުހައްމަދު ސަލާހަށްފަހު ލިވަޕޫލްގެ ކުރިމަގު ބައްޓަންކުރުމަށް އެ ކްލަބުންވެސް ލިއާއޯއަށް ފާރަލަމުންދެއެވެ.

ޔުނައިޓެޑުން ބޭނުންވަނީ ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ގަދަ ފަހެއްގެ ޖާގަ ކަށަވަރުކުރުމަށެވެ. އަދި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ލިއާއޯގެ އަގު އުފުލިގެން ދިއުމުގެ ކުރިން، މި ޓްރާންސްފާ ނިންމާލުމަކީ ޔުނައިޓެޑްގެ ރޭވުމެކެވެ.

މެންޗެސްޓަރ ޔުނައިޓެޑްއޭސީމިލާން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މެންޗެސްޓަރ ޔުނައިޓެޑުން 35 މިލިއަން ފައުންޑަށް ޔޫރީ ޓީލެމަންސްގެ ސޮއި ހޯދައިފި

މެންޗެސްޓަރ ޔުނައިޓެޑުން 35 މިލިއަން ފައުންޑަށް ޔޫރީ ޓީލެމަންސްގެ ސޮއި ހޯދައިފި

12 ގަޑިއިރު ކުރިން - 18:15

ޕްރިމިއާ ލީގުގެ ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ބްރޫނޯ ފެނާންޑޭޒް ހޯދައިފި

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ބުރޫނޯ ފެނާންޑޭޒް

51 ދުވަސް ކުރިން - 22:38

މެންޗެސްޓާ ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފި

ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔުނައިޓެޑުން ކަށަވަރުކޮށްފި

70 ދުވަސް ކުރިން - 08:42

ކަސެމީރޯ އާއި ސެސްކޯގެ ލަނޑުތަކުން ޔުނައިޓެޑް ޗެމްޕިއަންސް ލީގު ޖާގައެއް ކަށަވަރުކުރުމާ ގާތަށް

ޔުނައިޓެޑް ޗެމްޕިއަންސް ލީގު ކަށަވަރުކުރުމާ ގާތަށް

76 ދުވަސް ކުރިން - 08:56

ޔުނައިޓެޑާއި ލިވަޕޫލް މޮޅުވިއިރު ޗެލްސީއަށް ޕޮއިންޓެއް ނުލިބުނު

ޔުނައިޓެޑާއި ލިވަޕޫލް މޮޅުވިއިރު ޗެލްސީއަށް ޕޮއިންޓެއް ނުލިބުނު

85 ދުވަސް ކުރިން - 23:59

ޗެލްސީ އާއި ލިވަޕޫލް ބަލިވިއިރު، މެންޗެސްޓާ ޔުނައިޓެޑް އެއްވަރުވެއްޖެ

ޕްރިމިއާ ލީގުގެ ބޮޑެތި ބާރުތަކަށް ހިތާމަވެރި ރެޔެއް

114 ދުވަސް ކުރިން - 02:30