ކިންޒާ ފެންޓަސީ ޕްރިމިއާ ލީގުގެ ނަސީބުވެރިޔާ ހޮވައިފި

އަައިޝަތު ޒީނާ | 4 ދުވަސް ކުރިން - 11 އޯގަސްޓް 2025 23:35
ކިންޒާ ފެންޓަސީ ޕްރިމިއާ ލީގުގެ އެއްވަނައަށް ހޮވުނު ފަރާތް. -
ކިންޒާ ފެންޓަސީ ޕްރިމިއާ ލީގުގެ އެއްވަނައަށް ހޮވުނު ފަރާތް. -
ޚުލާސާ

މުބާރާތުގެ އެއްވަނައަށް ހޮވުނު ފަރާތަށް އިނާމެއްގެ ގޮތުގައި ފްލައިޓު ޓިކެޓާއެކު، ޕްރިމިއާ ލީގުގެ ބޭނުން މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައި.

އެސްޕަޔާ ކިންޒާ ފެންޓަސީ ޕްރިމިއާ ލީގު ނަސީބުވެރިޔާ ހޮވައިފި އެވެ. މި މުބާރަތަކީ ފެންޓަސީ އިން ކިންޒާއާ ގުޅިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ.

މި މުބާރާތުގެ އެއްވަނަ އަށް ހޮވިފައިވަނީ ބަބާ ޔުނައިޓަޑްގެ ފާތިމަތު ސަބާނާ އެވެ. އަދި ދެވަނައަށް ހޮވިފައިވަނީ އިޝީލިޝިއަސްގެ ސާރާ އިބްރާހިމް އެވެ.

މުބާރާތުގެ ތިންވަނައަށް ނާއިޝް އެފްސީގެ މުހައްމަދު ނާއިޝް ހޮވުނުއިރު، ހަތަރު ވަނައަށް ހޮވިފައިވަނީ ސަނީ ޔުނައިޓަޑްގެ އަލީ ޝަނީޒް އެވެ.

މި މުބާރާތަކީ ވަރަށް އަގުހުރި އިނާމުތަކާއެކު ކުރިއަށްގެންދިޔަ މުބާރާތެކެވެ. އެގޮތުން މުބާރާތުގެ އެއްވަނައަށް ހޮވުނު ފަރާތަށް އިނާމެއްގެ ގޮތުގައި ފްލައިޓު ޓިކެޓާއެކު، ޕްރިމިއާ ލީގުގެ ބޭނުން މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އަދި މުބާރާތުގެ ދެވަނައަށް ހޮވުނު ފަރާތަށް އިނާމެއްގެ ގޮތުގައި 10،000 ރުފިޔާ، ތިންވަނަ އަށް 5،000 ރުފިޔާ އަދި ހަތަރު ވަނައަށް 2،000 ރުފިޔާ ވަނީ ދީފަ އެވެ.

ފެންޓަސީން ބުނީ މުބާރާތް ކުރިއަަށްގެންދިޔައިރު ކޮންމެ މަހަކުވެސް ނަސީބުވެރިއަކު ހޮވާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ މަހަކު ހޮވި ނަސީބުވެރިއަކަށް 1،000 ރުފިޔާގެ އިނާމެއް ދީފައިވާކަން ފެންޓަސީން ފާހަގަކޮށްފައިވެ އެވެ.

މި މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރެވެ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%