ޗެލްސީ ގަދަ ހަތަރަކަށް ޖެހިލައިފި

އުސްތާޛް މުޙައްމަދު ޢަލީ | 27 ދުވަސް ކުރިން - 4 އޭޕްރިލް 2025 09:11
ޗެލްސީގެ ކުޅުންތެރިން އުފާ ފާުކުރަނީ.
ޗެލްސީގެ ކުޅުންތެރިން އުފާ ފާުކުރަނީ.
ޚުލާސާ

ޗެލްސީއިން 1-0 އިން ޓޮޓެންހަމް ބަލިކުރިއިރު ލީގުގައި ސްޓެމްފޯޑުގައި އެންމެ ފަހުން ކުޅުނު 40 މެޗުން ޓޮޓެންހަމަށް ލިބުނީ އެންމެ މޮޅެއް.

ލަންޑަން ޑާބީގައި ރޭ ޗެލްސީން ޓޮޓެންހަމް ހޮޓްސްޕާސް އަތުން 1-0 އިން މޮޅުވެ ތާވަލުގެ ހަތަރަކަށް އަރައިފިއެވެ.

ސްޓެމްފޯޑް ބްރިޖްގައި ކޯލް ޕާމާގެ ސީދާ ހުރަހަކުން އެންޒޯ ފެނާންޑޭޒް ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ މެޗުގެ 50 ވަނަ މިނެޓުގައެވެ.

އެންޒޯ ފެނާންޑޭޒް ރޭ ޗެލްސީ މޮޅުކޮށްދިނުމުމް އެޓީމު މިހާރު ވަނީ ގަދަ ހަތަރކަށް ވަެދަ. ނަމަވެސް އެއީ 5 ވަނައިގައި އޮތް މެން.ސިޓީއާއި 1 ޕޮއިންޓުގެ ފަރަގެއް.

ފަހުން ޗެލްސީން ވަނީ އިތުރު ގޯލެއް ވެސް ޖަހައިފައެވެ. ނަމަވެސް ވީއޭއާރް ރިވިއު ކުރުމުން މޮއިސް ކައިސެޑޯގެ ގޯލު އޮފްސައިޑް ކަމަށް ނިންމިއެވެ.

ރޭ ޓޮޓެންހަމް ވެސް ޗެލްސީގެ ގޯލަށް ބޯޅަ ވައްދާލިއެވެ. ނަމަވެސް ޕޭޕޭ މަޓާ ސާރ މެދުވެރިކޮށް ނަތީޖާ ހަމަހަމަ ކުރަން ލިބުނު ފުރުސަތު، ބިލްޑްއަޕްގައި ކުރި ފައުލަކާ ގުޅިގެން ވީއޭއާރް އިން ކެންސަލް ކުރިއެވެ.

މި މޮޅާއެކު ޗެލްސީ އަނބުރާ ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ތެރެއަށް ވަދެ، ޗެމްޕިއަންސް ލީގުގެ ކޮލިފައިންގެ އުންމީދުތައް ބޮޑުވިއިރު، ޓޮޓެންހަމް އޮތީ 14 ވަނައިގައެވެ. ސްޓެމްފޯޑް ބްރިޖްގައި އެންމެ ފަހުން ކުޅުނު 40 ފަހަރު ލީގުގައި އެމީހުންނަށް ލިބުނީ އެންމެ މޮޅެކެވެ.

މެޗުގެ ފަހުކޮޅު ސްޕާސް ވަނީ ޗެލްސީއަށް ޕްރެޝަރު ކޮށްފައެވެ. ނަމަވެސް ސޮން ހެއުންގް މިން ގޯލެއް ޖަހަން ކުރި މަސައްކަތް ވެސް ޗެލްސީގެ ކީޕަރު ރޮބަޓް ސަންޗޭޒް ވަނީ ހުއްޓުވައި، މުހިންމު ސޭވް ތަކެއް ކޮށްފައެވެ.

މި މެޗުގައި ފިޒިކަލް ކުރިމަތިލުންތަކެއް ފެނިފައިވާއިރު، ލެވީ ކޮލްވިލްއާ ގުޅިގެން ހިނގި ހަމަނުޖެހުމަކަށް ފަހު ކްރިސްޓިއަން ރޮމޭރޯ އާއި ޓްރެވޯ ޗަލޯބާ އަށް ރީނދޫ ކާޑު ދެއްކި އެވެ.

ޗެލްސީން މިހާރު ބަލަނީ ދެން ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗަކަށެވެ.

ޗެލްސީ ހަތަރަކަށް އެރީ 30 މެޗުން 52 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތީ ލީގުގެ އެންމެ ފަހުން ހަތަރު އަހަރުގެ ވެސް ޗެމްޕިއަން، މެންޗެސްޓާ ސިޓީ އެެވެ. އެ ޓީމަށް ވަނީ 30 މެޗުން 51 ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި އޮތީ ނިއުކާސަލް ޔުނައިޓެޑް އެވެ. އެ ޓީމަށް ވަނީ 30 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%