ސަކާގެ ހިތްވަރުން އާސެނަލް ކުރިއަރައިފި

އުސްތާޛް މުޙައްމަދު ޢަލީ | 29 ދުވަސް ކުރިން - 2 އޭޕްރިލް 2025 12:32
ގޯލު ޖެހުމަށްފަހު ކުޅުންތެރިންނާއެކު އާސެނަލްގެ ސަކާ އުފާ ފާޅުކުރަނީ.
ގޯލު ޖެހުމަށްފަހު ކުޅުންތެރިންނާއެކު އާސެނަލްގެ ސަކާ އުފާ ފާޅުކުރަނީ.
ޚުލާސާ

ސަކާ ކުޅެން އެރިތާ ހަތްވަނަ މިނެޓުގައި ގޯލު ޖަހައި އާސެނަލް މޮޅުކޮށްދިންއިރު އެމެޗް ނިމުނީ 2-1 އިން ފުލަމް ބަލިވެގެން. ނޮޓިންހަމްފޮރެސްޓް ވަނީ 1-0އިން ޔުނައިޓެޑް ބަލިކޮށްފަ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުގައި އާސެނަލް އަދި ނޮޓިންހަމް ފޮރެސްޓް މޮޅުވެއްޖެއެވެ.

ނޮޓިންހަމް ފޮރެސްޓުން ވަނީ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފައެވެ. އެއީ 1-0 ލަނޑުންނެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އާސެނަލް 2-1 އިން ފުލަމް އަތުން މޮޅުވިއިރު އެ މެޗުގައި ފުރަތަމަ ގޯލު ޖެހީ މިކޭލް މެރީނޯއެވެ. އެއީ އޭނާ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ކާމިޔާބުކުރި ގޯލުންނެވެ.

އަނިޔާގައި ހުރުމަށްފަހު އެނބުރި އައި ބުކާޔޯ ސަކާ ވަނީ އޭނާ ކުޅެން އެރިތާ ހަތް މިނެޓްތެރޭ ގޯލެއް ޖަހައި އާސެނަލްގެ ލީޑު ފުޅާކޮށްދީފައެވެ. ފުލަމްގެ ގޯލް ޖެހީ ރޮޑްރީގޯ މުނީޒް އެއެވެ. އެއީ އިތުރު ވަގުތުގައެވެ.

މި މޮޅާ އެކު، އާސެނަލުން ވަނީ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލްގެ ލީޑު ނުވަ ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ލިވަޕޫލަށް 29 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލަށް ވަނީ، 30 މެޗުން 61 ޕޮއިންޓް ލިބިފަ އެވެ. އަދި، ތިން ވަނައިގައި އޮތް ފޮރެސްޓަށް 30 މެޗުން ވަނީ، 57 ޕޮއިންޓް ލިބިފަ އެވެ.

ފޮރެސްޓްގެ މެޗުގައި ހަމައެކަނި ގޯލު ޖެހީ ކުރީގެ ޔުނައިޓެޑް ކުޅުންތެރިޔާ އެންތަނީ އެލަންގާއެވެ. އެއީ މެޗު ފެށިތާ ފަސް މިނެޓުގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%