Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަކާ އެނބުރި އައިސް ގޯލު ޖެހި މެޗުން ވީ އެއްވަރު

ސަކާ އެނބުރި އައިސް ގޯލު ޖެހި މެޗުން ވީ އެއްވަރު

އުސްތާޛް މުޙައްމަދު ޢަލީ
636 ދުވަސް ކުރިން - 28 އޮކްޓޫބަރު 2024 09:53
ބުކާޔޯ ސަކާ ރޭ ލިވަޕޫލް ކޮޅަށް ގޯލު ޖެހިއިރު މިއީ ޕްރިމިއާ ލީގުގައި އޭނާ ޖެހި 50 ވަނަ ގޯލް/ ފޮޓޯ: އާސެނަލް ފޭންޕޭޖް
ބުކާޔޯ ސަކާ ރޭ ލިވަޕޫލް ކޮޅަށް ގޯލު ޖެހިއިރު މިއީ ޕްރިމިއާ ލީގުގައި އޭނާ ޖެހި 50 ވަނަ ގޯލް/ ފޮޓޯ: އާސެނަލް ފޭންޕޭޖް
ޚުލާސާ

ބުކަޔޯ ސާކާގެ ކުރީކޮޅު ޖެހި ގޯލުން އާސެނަލްއަށް އުއްމީދެއް ލިބުނު ނަމަވެސް ޑިފެންސިވް މައްސަލަތަކުގެ ސަބަބުން ލިވަޕޫލްއާ 2-2 އިން އެއްވަރުވެ އާސެނަލް އޮތީ ތާވަލުގެ ތިން ވަނައިގަ.

އަނިޔާއިން އެނބުރި އައިސް ނުވަ ވަނަ މިނެޓުގައި ޖެހި ލަނޑާއެކު ބުކަޔޯ ސާކާ ވަނީ ރޭ އެމިރޭޓްސްގައި އާސެނަލަށް އަވަސް ލީޑެއް ނަގައިދީފައެވެ. މިއީ ޕްރިމިއަރ ލީގުގައި އޭނާ ޖެހި 50 ވަނަ ގޯލެވެ.

އުއްމީދީ ފެށުމެއް ކުޅުނު ނަމަވެސް އާސެނަލްއަށް ތިން ޕޮއިންޓް ވެސް ކަށަވަރު ނުކުރެވުނުއިރު، ލިވަޕޫލް ވަނީ ފަހަތުން ދެ ފަހަރެއްގެ މަތިން އައިސް ގަނާސްއާއި އަރާ ހަމަކޮށްފައެވެ.

ސާކާގެ ގޯލަށް ނުވަ މިނެޓް ފަހުން ވާޖިލް ވެން ޑައިކް ނަތީޖާ ހަމަހަމަ ކުރިއިރު، ދެވަނަ ހާފުގެ ކުރީކޮޅު މިކެލް މެރީނޯ އާސެނަލްގެ ލީޑު އަލުން ހޯދައިދިން ނަމަވެސް، މެޗުގެ 81 ވަނަ މިނެޓުގައި މުހައްމަދު ސަލާހު ފޮނުވާލި ހަމަލާއަކުން އިތުރު އެއްވަރުކޮށްދީ ނަތީޖާ 2-2 އަށް ބަދަލުކުރިއެވެ.

Advertisement

Advertisement 1

އާސެނަލްގެ ޑިފެންސް ވަރަށް ބޮޑަށް ބަލިކަށިވެ، ސަސްޕެންޝަނާއި އަނިޔާގެ ސަބަބުން މުހިއްމު ކުޅުންތެރިން ކަމަށްވާ ވިލިއަމް ސަލީބާ އާއި ރިކާޑޯ ކަލަފިއޯރީ ރޭ ނުކުޅެއެވެ. ސަލީބާ ހުރީ ސަސްޕެންޝަނުގައެވެ. އޮޑެގާޑް ހުރީ އަނިޔާގައެވެ. 

ޙާލަތު އިތުރަށް ގޯސްވީ މެޗުގެ ތެރޭގައި ގެބްރިއަލް މަގަލައިސް އާއި ޔުރިއެން ޓިމްބާ އަށް އަނިޔާވުމުން ކޯޗު މިކެލް އާޓެޓާ އަށް ބެކްލައިން ބަދަލުކުރަން މަޖުބޫރުވުމުންނެވެ.

މެޗާއި މެދު ވިސްނާލަމުން އާސެނަލްއަށް ލިބުނު ފުރުސަތުތަކާ މެދު އާޓެޓާ ވަނީ ފުރަތަމަ ހާފުގައި އާސެނަލްގެ އަށް ފައިދާ ނަގައި ނުދެވުނު ކަމަށް ބުނެފަ އެވެ. ނަމަވެސް ސްކޮޑުގެ އަނިޔާގެ ދަތިތަކުގެ ސަބަބުން ލީގުގައި ޓީމުގެ ކުރިމަގާއިމެދު ހުރަހެއް އެބައޮތް ކަމަށް މީޑިއާތަކުން ދައްކާ ވާހަކަތައް އޭނާ ދޮގުކުރެއެވެ.

އާސެނަލްއަށް އޮތީ ލީގުގެ 3 ވަނައިގައެވެ. އެއްވަނައިގައި އޮތް ސިޓީއާއި ފަސްޕޮއިންޓުގެ ފަރަޤު އެބައޮތެވެ.

ޕްރިމިއާ ލީގްއާސެނަލްލިވަޕޫލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

55 ދުވަސް ކުރިން - 03:22

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީ ޔޫރަޕުގެ ރަސްކަމަށް އަތުވެއްޖެ

އާސެނަލްގެ އުންމީދުތައް ޗިސްޗިސް ކޮށްލައި ޕީއެސްޖީ އަނެއްކާވެސް ޔޫރަޕުގެ ރަސްކަމަށް

56 ދުވަސް ކުރިން - 00:00

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

56 ދުވަސް ކުރިން - 19:29

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

ފުރަތަމަ ފަހަރަށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އާސެނަލްއަށް ލިބިދާނެބާ؟

57 ދުވަސް ކުރިން - 14:46

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

62 ދުވަސް ކުރިން - 13:01

22 އަހަރުގެ ދިގު އިންތިޒާރަށްފަހު އާސެނަލްއިން ޕްރިމިއާ ލީގުގެ ތަށި ކާމިޔާބުކޮށްފި

އާސެނަލްއިން ޕްރިމިއާ ލީގުގެ ތަށި ކާމިޔާބުކޮށްފި

67 ދުވަސް ކުރިން - 13:02