އުމުރުން 24 އަހަރުގެ ކުރީގެ ޕްރިމިއާ ލީގު އަދި ބައިނަލްއަގްވާމީ ފުޓްބޯޅަ ކުޅުންތެރިއަކު އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި އޮކްޓޯބަރު މަހުގެ ނުވަ ވަނަ ދުވަހު ލަންޑަންގެ ވެސްޓްމިންސްޓާގެ ކޮރިންތިއާ ހޮޓަލުން ހައްޔަރުކޮށްފި އެވެ. އިނގިރޭސި މީޑިއާއިން ބުނެފައިވަނީ މިހާދިސާ ހިނގީ އުމުރުން 20 އަހަރު ކަމަށް ބެލެވޭ އަންހެނަކު ބާއެއްގައި ކުޅުންތެރިޔާއާ ބައްދަލުކޮށް އޭނާއާއެކު އެނބުރި އޭނާގެ ހޮޓަލަށް ދިޔަ ފަހުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ރޫމުން ނުކުމެ އަންހެންމީހާ ކައުންޓަރަށް އައިސް އޭނާ ރޭޕްކުރަން އުޅޭ ކަމަށް ބުންޏެވެ. ހާސްވެފައި ހުރެ ހޮޓަލުގެ މުވައްޒަފުންނަށް އެކަން އެންގުމުން، ހޮޓަލުން އެކަން ފުލުހުންނަށް ރިޕޯޓްކުރި ކަމަށާއި، އޭގެ ކުޑައިރުކޮޅެއް ފަހުން ކުޅުންތެރިޔާ ވަނީ ފުލުހުން ހިފަހައްޓާފައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އޭގެ ފަހުން އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ. މިހާރު ކުރިއަށްދާ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ޑީއެންއޭ ސާމްޕަލް ނަގައި ސީސީޓީވީ ފޫޓޭޖްތައް ރިވިއުކޮށްފަ އެވެ.
އިނގިރޭސި ޚަބަރުތައް ބުނީ "ގާނޫނީ ސަބަބުތަކާ ހުރެ ނަން ހާމަނުކުރެވޭ ކުޅުންތެރިޔާ ވަނީ އިނގިރޭސި އެތައް ކްލަބަކާއި އޭނާގެ ގައުމީ ޓީމަށް ކުޅެފަ" އެވެ.
މި މައްސަލަ ކުރިއަށްދާނީ ޑިސެމްބަރު މަހުގެ މެދުތެރޭގައި ކަފާލާތުގެ ދަށުން މުރާޖައާ ކުރުމަށް ތާވަލުކޮށްފައިވާ ގޮތަށެވެ. ކުޅުންތެރިޔާ ވަނީ މި ތުހުމަތުތައް ދޮގު ކޮށްފައި ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
މިކުޅުންތެރިޔާގެ ނަން ސިއްރު ކޮށްފައިވާއިރު، މިފަދަ މައްސަލައެއް ތަންކޮޅެއް ކުރިން, އާސެނަލްގެ ކުޅުންތެރިޔާ ތޯމަސް ޕާޓޭއަށް ވެސް ތުހުމަތު ކުރިއެވެ.










