
ޣައްޒާގެ ދީރުލް ބަލާޙްގެ 15 ގޮނޑީގެ ތެރެއިން މަހްމޫދު ޢައްބާސްގެ ފަތަހުގެ ތާއީދު އޮންނަ ކެންޑިޑޭޓުންނަށް ލިބުނީ 6 ގޮނޑި.
81 ދުވަސް ކުރިން - 11:05

ފެބްރުއަރީ 16 އާއި 23 އާއި ދެމެދު އެކަނިވެސް ޔަހޫދީން ވަނީ ފަލަސްޠީނުގެ 60 ތަނަކަށް ހަމަލާ ދީ 186 މީހުން ރެފިއުޖީންނަށް ހަދާލާފަ
140 ދުވަސް ކުރިން - 06:30

ރޭ ފަތިސް ވަންދެން ޒައެނިސްޓުން ގެންދިޔައީ ހުޅަނގުއައްސޭރީގެ ގެތައް ބަލައިފާސްކޮށް މީހުންނަށް އަނިޔާކުރަމުން. ހާރުކާން ވެސް ފުރުސަތެއް ނުދިން.
147 ދުވަސް ކުރިން - 13:13

ޔަހޫދީ ވަޒަންވެރީން ފަލަސްޠީނުގެ ބައެއް ހިސާބުތަކުން 1،245 ޒައިތޫނިގަސް ބިންދާލައި، ވިހަ އަޅައިފި. ޢާންމުންނަށް ވެސް ދަނީ ޙަމަލާ ދެމުން. މިކަމުގައި އެހީތެރިވަނީ ޔަހޫދީ ސިފައިން.
160 ދުވަސް ކުރިން - 00:12

ޣައްޒާގައި ހިންގި ޤަތުލުޢާންމުގައި 90 ޕަސަންޓް ގެތައް ސުންނާފަތިކޮށްލައި ލައްކައެއްހާ މީހުންގެ ފުރާނަ ދުއްވައިލި. އޭގެތެރޭގައި 20،000 ކުޑަކުދިން ވެސް ހިމެނޭ
168 ދުވަސް ކުރިން - 02:16

ޣައްޒާގައި ހިންގި ޤަތުލުޢާންމުތަކަށް ފަހު 90 ޕަސަންޓް ގެތައް ހަލާކުވެފައިވާއިރު، ޤަތުލުޢާންމާއި ގުޅޭ 10 މިލިއަނެއްހާ ހެކި މިހާރު ވަނީ ޑިލީޓް ކޮށްފަ
224 ދުވަސް ކުރިން - 12:31

ސައުދީ އަރަބިއްޔާއިން ވަނީ ފާއިތުވި ފަސްއަހަރުތެރޭ ފަލަސްޠީނުގެ ރައްޔިތުންނަށް 5.3 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ހޭދަކޮށްފަ
225 ދުވަސް ކުރިން - 15:50

އދ. އިން ކިތަންމެ ބޭނުން ވިޔަސް، އިސްރާއީލުން ބުނީ ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމްވިޔަ ނުދޭނެ ކަމަށް.
240 ދުވަސް ކުރިން - 15:08

އިންތިޚާބު ކާމިޔާބުކުރީ ޙަމާސް. ނަމަވެސް އެއީ އިސްރާއީލަށް އޮތް ނުރައްކަލެއް ކަމަށް ވާތީ، ގިނަ ޤައުމުތަކުން ބޭނުންވަނީ އިސްރާއީލުގައި ޙަމާސް ނުހިމެނޭ ދައުލަތެއް ޤާއިމް ކުރުމަށް.
295 ދުވަސް ކުރިން - 12:12

ނިއުޔޯކުގައި އޮތް ސައޫދީ އާއި ފުރާންސުން ހޯސްޓުކުރާ އދ.ގެ ޢާންމު މަޖިލީހުގެ ޖަލްސާއަށް ފަލަސްޠީނުގެ ރައީސާއިއެކު 80 އޮފިޝަލުން ނުވައްދަން އެމެރިކާއިން ވަނީ ވިސާ ކެންސަލް ކޮށްފަ.
320 ދުވަސް ކުރިން - 10:13

އިސްރާއީލުގެ ސިފައިން ހިބްރޫންގެ ފިހާރަތަކާއި މަގުތައް ބަންދުކޮށް، ޔަހޫދީންގެ ޢާއިލާތައް އެ ސަރަޙައްދުގައި އިތުރުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ފަށައިފި.
346 ދުވަސް ކުރިން - 15:21

ޙަމާސް އާއި އިސްލާމިކް ޖިހާދަށް ތާޢީދުކުރާ ފަރާތްތަކަށް ބައިވެރި ނުވެވޭގޮތަށް މިއަހަރު ފަލަސްޠީނުގައި އިންތިޚާބެއް ބޭއްވުމަށް އިޢުލާންކޮށްފި. ހަތިޔާރު ހުންނާނީ އެ ދައުލަތުގެ ސިފައިންގެ އަތުގައި އެކަނި.
347 ދުވަސް ކުރިން - 13:51

2023 ވަނަ އަހަރުން ފެށިގެން ޣައްޒާގައިމިހާތަނަށް 100،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި ކަމަށާއި، 3،222 ޤަތުލުއާންމު ހިންގާފައިވާ ކަމަށް ރިޕޯޓުތައް ބުނޭ.
378 ދުވަސް ކުރިން - 17:30