ފާއިތުވި ހަހަފްތާގައި ހުޅަނގު އައްސޭރިން 300 ތަނެއް ތަޅާލައިފި

ހުސައިން އިސްމާއިލް | 20 ގަޑިއިރު ކުރިން - 27 ފެބްރުއަރީ 2026 06:30
ޔަހޫދީން ހުޅަނގު އައްސޭރީގެ ގެއެއް ތަޅަނީ
ޔަހޫދީން ހުޅަނގު އައްސޭރީގެ ގެއެއް ތަޅަނީ
ޚުލާސާ

ފެބްރުއަރީ 16 އާއި 23 އާއި ދެމެދު އެކަނިވެސް ޔަހޫދީން ވަނީ ފަލަސްޠީނުގެ 60 ތަނަކަށް ހަމަލާ ދީ 186 މީހުން ރެފިއުޖީންނަށް ހަދާލާފަ

މިއަހަރުގެ ފުރަތަމަ ހަ ހަފްތާގެ ތެރޭގައި އިސްރާއީލުން ފަލަސްތީނުގެ 312 ގެދޮރާއި ދަނޑުބިންތައް ތަޅާލައިފި ކަމަށް ފަލަސްތީނުގެ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ބުނެފިއެވެ.

ޖެރޫސަލަމް ސެންޓަރ ފޯ ލީގަލް އެއިޑް އެންޑް ހިއުމަން ރައިޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ މި އަހަރު ފެށުނު ފަހުން އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިންގާ ޖަރިމާ ތައް އިތުރު ވެފައިވާ ކަމަށެވެ.

މަސްދަރުތައް ބުނާ ގޮތުގައި މި އަހަރު އެންމެ ބޮޑު ގެއްލުމެއް ދިނީ ހުޅަނގު އައްސޭރިއަށެވެ.

ފެބްރުއަރީ 16 އާއި 23 އާއި ދެމެދު އެކަނިވެސް ޔަހޫދީން ވަނީ ފަލަސްޠީނުގެ 60 ތަނަކަށް ހަމަލާ ދީ 186 މީހުން ރެފިއުޖީންނަށް ހަދާލާފައެވެ. މީގެ އިތުރުން 64 މީހަކު ޒަހަމް ކޮށްލާފައި ވާއިރު 39 އުޅަނދު އަންދާލައި، 800 ޒައިތޫނި ގަސް ވަނީ ބިންދާލާފައެވެ.

އޮކްޓޯބަރު 8، 2023 ގައި ޣައްޒާގައި ހަނގުރާމަ ފެށި ފަހުން އިސްރާއީލުގެ ސިފައިންނާއި ގަވާއިދާ ހިލާފަށް ވަޒަންވެރިވި މީހުން ވަނީ ހުޅަނގު އައްސޭރީގައި ހަމަލާތައް ވަރުގަދަކޮށްފައެވެ. މި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 1،117 މީހުން މަރުވެ، ގާތްގަނޑަކަށް 11،500 މީހުން ޒަޚަމްވެ، 22،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%