Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޔަހޫދީން ނުކުމެ ފަލަސްޠީނުގެ ޒައިތޫނިގަސްތައް ކަނޑައި ވިހަ އަޅަނީ

ޔަހޫދީން ނުކުމެ ފަލަސްޠީނުގެ ޒައިތޫނިގަސްތައް ކަނޑައި ވިހަ އަޅަނީ

ޢަބްދުﷲ ޖުނައިދު
115 ދުވަސް ކުރިން - 7 ފެބްރުއަރީ 2026 00:12
އިސްރާއީލު ސިފައިންގެ އެހީތެރިކަމާއި އެކު ޔަހޫދީ ވަޒަންވެރީން ފަލަސްޠީނުގެ ޒައިތޫނި ގަސްތައް ކަނޑައި ދަނޑުބިންތައް ހަލާކު ކުރަނީ
އިސްރާއީލު ސިފައިންގެ އެހީތެރިކަމާއި އެކު ޔަހޫދީ ވަޒަންވެރީން ފަލަސްޠީނުގެ ޒައިތޫނި ގަސްތައް ކަނޑައި ދަނޑުބިންތައް ހަލާކު ކުރަނީ
ޚުލާސާ

ޔަހޫދީ ވަޒަންވެރީން ފަލަސްޠީނުގެ ބައެއް ހިސާބުތަކުން 1،245 ޒައިތޫނިގަސް ބިންދާލައި، ވިހަ އަޅައިފި. ޢާންމުންނަށް ވެސް ދަނީ ޙަމަލާ ދެމުން. މިކަމުގައި އެހީތެރިވަނީ ޔަހޫދީ ސިފައިން.

ޤަވާޢިދާއި ޚިލާފަށް ހުޅަނގު އައްސޭރީގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީންތައް އެތަނުގެ ދަނޑުބިންތަކަށް ގެއްލުންދީ 300 ވަރަކަށް ޒައިތޫނި ގަސް އިއްޔެ މުލުން ލުހެ ބިންދާލައިފިއެވެ.

މަސްދަރުތަކުން ބުނާ ގޮތުގައި ރާމަاللهގެ އިރުއުތުރުގެ އަލްމުޣައްޔިރު އަވަށަށް ވަދެ، ގެތަކާއި ދަނޑުތަކާއި ޢާންމުންނަށް ވެސް ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓު ނަތަންޔާހޫގެ އައުވާނުން ވަނީ ޙަމަލާ ދީފައެވެ.

ފަލަސްޠީނުގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ފެށިގެން މިވީ މުއްދަތުގައި ޔަހޫދީ ވަޒަންވެރީން ވަނީ 349 ފަހަރު މަތީން ފަލަސްޠީނު ރައްޔިތުންގެ ގެދޮރާއި ދަނޑުބިންތަކަށް ޙަމަލާ ދީފައެވެ.

Advertisement

Advertisement

ޔަހޫދީން މި ޢަމަލުތައް ހިންގަނީ ހަތިޔާރު އެޅި ޒައެނިސްޓު ސިފައިންގެ ވެސް އެހީތެރިކަމާއި އެކުގައެވެ.

އިސްރާއީލު ސިފައިންގެ އެހީތެރިކަމާއި އެކު ޔަހޫދީ ވަޒަންވެރީން ފަލަސްޠީނުގެ ރައްޔިތުންނާއި ދިމާލަށް ހިލަ އުކަނީ.

ޔަހޫދީ އަސްކަރިއްޔާގެ މީހުންނާއި އެކު މި ނުބައި ނުލަފާ މީހުން ވަނީ ފަލަސްޠީނުގެ ބައެއް ހިސާބުތަކުން 1،245 ޒައިތޫނި ގަސް ބިންދާލައި، ވިހަ ވެސް އަޅާލާފައެވެ. އޭގެ ތެރޭގައި ހެބްރޫންގެ 750 ގަހާއި ރާމަاللهގެ 245 ގަހާއި ނަބްލޫސްގެ 250 ގަސް ހިމެނެއެވެ.

ޣައްޒާގެ ނަސްލު ނައްތާލުމަށް ހިންގި ޖަރީމާތަކަށް ފަހު ޔަހޫދީން ވަނީ ހުޅަނގު އައްސޭރިއަށް ދެމުންދާ ޙަމަލާތައް ވަރުގަދަ ކޮށްފައެވެ. އެ ޙަމަލާތަކުގައި ފަލަސްޠީނުގެ 1،112 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި، ގާތްގަނޑަކަށް 11،500 މީހުން ޒަޚަމް ކޮށްލާފައި ވެއެވެ. އަދި 21،000 އަށް ވުރެ ގިނަ މީހުން ވަނީ ޔަހޫދީންގެ ހުރަގެ ތަކަށް ލައި ތަޅުލައި ބަންދު ކޮށްފައެވެ.

ހުޅަނގު އައްސޭރިޔަހޫދީންފަލަސްތީނު އޮތޯރިޓީ (ޕީއޭ)

ގުޅޭ ޚަބަރުތައް

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

17 މިނެޓު ކުރިން - 09:50

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

11 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

13 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

20 ގަޑިއިރު ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

21 ގަޑިއިރު ކުރިން - 12:41

ސިގިރެޓާ ގުޅިގެން ސަރުކާރުން ޔޫޓާނެއް ނުނަގާ

ސަރުކާރުން ޔޫޓާނެއް ނުނަގާ

22 ގަޑިއިރު ކުރިން - 11:51

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%