ޣައްޒާގެ 12000 އަށް ވުރެ ގިނަ މީހުންގެ ގުނަވަންތައް ބުރިކޮށް، 10މިލިއަން ހެކި ގެއްލުވާލައިފި

ޢަބްދުﷲ ޖުނައިދު | 1 ދުވަސް ކުރިން - 4 ޑިސެންބަރު 2025 12:31
ޒައެނިސްޓުން އަނިޔާދީ ދެފައި ބުރިކޮށްލި ކުޑަކުއްޖަކު ވީލްޗެއާއެއްގައި މީހަކު ގެންދަނީ: ޣައްޒާގެ 12000 އަށް ވުރެ ގިނަ މީހުންގެ ގުނަވަންތައް ހަމައެއް ނޫން.
ޒައެނިސްޓުން އަނިޔާދީ ދެފައި ބުރިކޮށްލި ކުޑަކުއްޖަކު ވީލްޗެއާއެއްގައި މީހަކު ގެންދަނީ: ޣައްޒާގެ 12000 އަށް ވުރެ ގިނަ މީހުންގެ ގުނަވަންތައް ހަމައެއް ނޫން.
ޚުލާސާ

ޣައްޒާގައި ހިންގި ޤަތުލުޢާންމުތަކަށް ފަހު 90 ޕަސަންޓް ގެތައް ހަލާކުވެފައިވާއިރު، ޤަތުލުޢާންމާއި ގުޅޭ 10 މިލިއަނެއްހާ ހެކި މިހާރު ވަނީ ޑިލީޓް ކޮށްފަ

ޣައްޒާ އިން ގާތްގަނޑަކަށް 67,173 މީހުން ޝަހީދުކޮށްލައި 90 އިންސައްތަ ގެ ސުންނާފަތި ކޮށްލާފައިވާ ކަމަށް އިސްރާއީލުގެ އިންސާނީ ޙައްޤުތަކާއި ބެހޭ 12 ޖަމިއްޔާއެއްގެ ކޯލިޝަނަކުން ބުނެފިއެވެ. އެ މީހުން ބުނީ މި އަހަރަކީ 1967 ވަނަ އަހަރަށް ފަހު ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ހިންގި އެންމެ ބޮޑު ޖަރީމާ ކަމަށާއި 20,000 އަށް ވުރެ ގިނަ ކުޑަކުދިން ވެސް ވަނީ ޝަހީދުކޮށްލާފައެވެ.

މީގެ އިތުރުން ޣައްޒާގެ ގާތްގަނޑަކަށް 1.9 މިލިއަން މީހުން ގެދޮރުން ނެރެލާފައިވާ ކަމަށް ވެސް އިސްރާއީލުގެ ޖަމިއްޔާތަކުން ބުންޏެވެ.

ޣައްޒާގެ ރައްޔިތުން އެ ބިމުން ގަދަކަމުން ނެރެ، އެ ބިން ފޭރިގަތުމަށްޓަކައި ޒައެނިސްޓުން ވަނީ ކާބޯތަކެތި ވެސް ނުވެއްދޭ ގޮތަށް ހުރިހާ ދިމާލަކުން ޣައްޒާއަށް ވަދެނުކުމެވޭނެ ހުރިހާ ދޮރެއް ވެސް ބަންދު ކޮށްފައިކަން ފާހަގަ ކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާ ބަނޑަށްޖެހި، ކާނެ އެއްވެސް އެއްޗެއް ނުލިބުމުގެ ސަބަބުން ބަނޑުހައިހޫނުކަމުގައި 461 މީހުން ޝަހީދުވިއެވެ. އަދި ކާބޯތަކެތި ހޯދުމަށް މަސައްކަތްކުރި މީހުންގެ ތެރެއިން 2,306 މީހުންނަށް ޒައެނިސްޓުން ވަނީ ޙަމަލާދީ ޝަހީދުކޮށްލާފައި ކަން ވެސް ފާހަގަ ކުރެވެއެވެ.

ޒައެނިސްޓުން ޣައްޒާ އަށް ޙަމަލާތައް ދިނީ މުޅި ނަސްލު އެކީއެކަށް ފޮހެލުމަށެވެ. ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު އަންހެނުންނަށް އަމާޒުކޮށް ޙަމަލާތައްދީ ގުނަވަންތައް ވެސް ބުރިކުރިއެވެ. މަސްދަރުތަކުން ބުނާ ގޮތުގައި ޣައްޒާ ހަނގުރާމައިގައި 12000 އަށް ވުރެ ގިނަ މީހުންގެ ގުނަވަންތައް ވަނީ ބުރިކޮށްލާފައެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގައި ވެސް ޙާލަތު އޮތީ ހަމަ އެހާމެ ގޯސްކޮށެވެ. އިސްރާއީލުން ދަނީ ގަދަކަމުން އެތަނަށް ވަޒަންވެރިވަމުންނެވެ. އެއާއި އެކު އިސްރާއީލުގެ މީހުންނާއި ހުޅަނގުއައްސޭރީގައިވާ ފަލަސްޠީނު ރައްޔިތުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ޔަހޫދީން ވަނީ 4000 އެއްހާ ފަލަސްޠީނު ރައްޔިތުން ގަދަކަމުން ހިފައި ހައްޔަރުކޮށް ހުރަގެއަށް ލައި ބަންދުކޮށްފައެވެ. އޭގެތެރެއިން އަނިޔާކޮށް 98 މީހުން ޝަހީދުކޮށްލި ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޒައެނިސްޓް ސިފައިން ދިން ޙަމަލާތަކުގައި ހުޅަނގުއައްސޭރިން ވެސް 1085 މީހުން ޝަހީދުކޮށް 10,700 މީހުން ޒަޚަމް ކޮށްލި ކަމަށް މަހްމޫދު ޢައްބާސްގެ ސަރުކާރުން ބުނެއެވެ.

ޔަހޫދީން ހިންގި މި ޖަރީމާތަކަށް އެ މީހުންނަށް އަދަބު ދިނުމަށް ދުނިޔެ ނުކޖޅުދިފައި ވާއިރު، ޖަރީމާތައް ފޮރުވުމަށްޓަކައި އިންޓަނެޓުގައި ހުރި މަޢުލޫމާތާއި، ފޮޓޯ ތަކާއި ވީޑިއޯ ތަކުގެ ތެރެއިން ބޮޑު ބައެއް މިހާރު ވަނީ މުޅިން ޑިލީޓް ކޮށްފައި ކަން ވެސް ފާހަގަ ކުރެވެއެވެ. އޭގެތެރޭގައި ޔޫޓިއުބް، ފޭސްބުކް، އިންސްޓަގްރާމް، އެކްސް އަދި ވިކިޕީޑިއާގައިވާ މަޢުލޫމާތުތައް ވެސް ހިމެނޭ ގޮތަށް 10,000,000 އެއްހާ ހެކި މިހާރު ވަނީ ޑިލީޓް ކޮށްފައެވެ. ގެއްލުވާލާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%