Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އދ ގައި ފަލަސްޠީނު އަޑު ކަނޑުވާލުމަށް 80 ބޭފުޅުންނަށް އެމެރިކާއިން ވިސާ ނުދިން

އދ ގައި ފަލަސްޠީނު އަޑު ކަނޑުވާލުމަށް 80 ބޭފުޅުންނަށް އެމެރިކާއިން ވިސާ ނުދިން

ޢަބްދުﷲ ޖުނައިދު
320 ދުވަސް ކުރިން - 31 އޯގަސްޓް 2025 10:13
އެމެރިކާގެ ރައީސް ޑޮންލަޑް ޓްރަމްޕާއި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ (ވ)/ގެޓީ އިމޭޖް
އެމެރިކާގެ ރައީސް ޑޮންލަޑް ޓްރަމްޕާއި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ (ވ)/ގެޓީ އިމޭޖް
ޚުލާސާ

ނިއުޔޯކުގައި އޮތް ސައޫދީ އާއި ފުރާންސުން ހޯސްޓުކުރާ އދ.ގެ ޢާންމު މަޖިލީހުގެ ޖަލްސާއަށް ފަލަސްޠީނުގެ ރައީސާއިއެކު 80 އޮފިޝަލުން ނުވައްދަން އެމެރިކާއިން ވަނީ ވިސާ ކެންސަލް ކޮށްފަ.

ސެޕްޓެމްބަރު 23 އިން 27 އަށް ނިއުޔޯކުގައި ބާއްވާ އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ނިއު ޔޯކަށް ވަޑައިގެންނެވުމުގެ ފުރުޞަތު ފަލަސްޠީންގެ ރައީސް މަޙްމޫދު ޢައްބާހަށް ނުދޭނެ ކަން އެމެރިކާއިން ހާމަ ކުރުމާއި ގުޅިގެން، އެމެރިކާގެ އެ ނިންމުން ބަދަލުކުރުމަށް އެތައް ޤައުމަކުން ގޮވާލައި ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފަލަސްޠީނުގެ އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސްގެ އިތުރުން ޕީއޭ އާއި ޕީއެލްއޯގެ ގާތްގަނޑަކަށް 80 އޮފިޝަލުންނަށް ވިސާ ނުދޭނެ ކަމަށް އެމެރިކާއިން އެންގުމުން، އެ ނިންމުމަށް ފާޑު ކިޔާފައިވާ ފަރާތްތަކުގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަން، ފްރާންސް އަދި ސްޕެއިން އާއި އޮސްޓްރޭލިއާ ވެސް ހިމެނެއެވެ.

ފްރާންސާއި ސައުދީ އަރަބިއްޔާ ކޯ ހޯސްޓްކޮށްފައިވާއިރު، އެޖެންޑާގައި ފަލަސްޠީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައި ވެއެވެ.

Advertisement

Advertisement 1

ޚަބަރުތައް ބުނާ ގޮތުގައި މި ބައްދަލުވުމުގައި ފްރާންސް، ސްޕެއިން، އޮސްޓްރޭލިއާ، ކެނެޑާ، އީޔޫ އަދި ޢަރަބި ޤައުމުތައް ހިމެނޭ ގޮތަށް ބައެއް ޤައުމުތަކުން މި ބައްދަލުވުމުގައި ރަސްމީކޮށް ފަލަސްޠީނަކީ އިސްތިޤުލާލީ ދައުލަތެއްގެ ގޮތުގައި ބަލައިގަނެ އެކަން އިޢުލާން ކުރުމަށް ހަމަޖެހިފައި ވެއެވެ.

މި ސަމިޓްގެ މަޤްޞަދަކީ ވެސް ދެ ދައުލަތުގެ ހައްލުގެ މައްޗަށް ބިނާކޮށް ބައިނަލްއަޤްވާމީ ޞުލްޙައިގެ މަރުޙަލާއެއް އަލުން ފެށުމެވެ.

މީގެ އިތުރުން، ޣައްޒާ ހަނގުރާމަ ހުއްޓުވައި ޞުލްޙަ ޤާއިމްކުރުމުގެ އޮނިގަނޑުތައް އެކުލަވާލުމާއި، ފަލަސްޠީނުގެ ދައުލަތަށް އިޤްތިޞާދީ އެހީތެރިކަން ފޯރުކޮށްދިނުމާއި ފްރާންސާއި ސައުދީ އަރަބިއްޔާއިން ހުށަހަޅާ އަލަށް ޤަބޫލުކުރެވޭ ފަލަސްޠީނުގެ ދައުލަތަކަށް ވެރިކަމާއި އިޤްތިޞާދީ ހަމަޖެހުން ދެމެހެއްޓޭނެ ގޮތަށް މާލީ އެހީގެ ޕެކޭޖަކާއި ތަރައްޤީގެ ޕްލޭނެއް ތަޢާރަފް ކުރުމުގެ އިތުރުން އދ.ގެ އެކްޝަން ޕްލޭނެއް ކަނޑައެޅުމަށް ވެސް ޕްލޭން ކޮށްފައި ވެއެވެ.

މަހްމޫދު ޢައްބާހަކީ މީގެ ކުރިން އިސްރާއީލާއި އެމެރިކާ އާއި އެކު ގުޅުން ރަނގަޅު ލީޑަރެއް ނަމަވެސް، މިހާރު ގުޅުމަށް ބުރޫއަރާފައިވަނީ ޣައްޒާގައި އިސްރާއީލުން ހިންގަނީ ޤަތުލުޢާންމެއް ކަމަށް ބުނެ ފާޑު ވިދާޅުވުމާއި ގުޅިގެންނެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ވިދާޅުވި ހެއްވާ ވާހަކަ އަކީ ފަލަސްޠީނުގެ އޮފިޝަލުންނަށް މި ބައްދަލުވުމަށް އެމެރިކާ އަށް އެތެރެނުވެވޭ ގޮތް ހެދީ ފަލަސްޠީނުން އިސްރާއީލަށް ޙަމަލާދީ ޓެރަރިޒަމަށް ހިއްވަރު ދޭތީއެވެ.

އެމެރިކާފަލަސްތީނު އޮތޯރިޓީ (ޕީއޭ)ފަލަސްތީންއދ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

2 ދުވަސް ކުރިން - 17:03

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

3 ދުވަސް ކުރިން - 01:08

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

6 ދުވަސް ކުރިން - 11:26

ވޯލްޑް ކަޕް ފައިނަލްގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި، އެންމެ އަގުބޮޑު ޓިކެޓު 34,500 ޑޮލަރަށް!

ފައިނަލް މެޗުގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި

6 ދުވަސް ކުރިން - 01:27

އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

7 ދުވަސް ކުރިން - 06:41

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

7 ދުވަސް ކުރިން - 21:05