Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޣައްޒާގައި ކުޑަކުދިންގެ ގުނަވަންތައް ޔަހޫދީން ބުރިކޮށްލި: އިސްރާއީލުގެ ޖަމިއްޔާތައް

ޣައްޒާގައި ކުޑަކުދިންގެ ގުނަވަންތައް ޔަހޫދީން ބުރިކޮށްލި: އިސްރާއީލުގެ ޖަމިއްޔާތައް

ޢަބްދުﷲ ޖުނައިދު
177 ދުވަސް ކުރިން - 30 ޖެނުއަރީ 2026 02:16
ޒައެނިސްޓުން އަނިޔާކޮށް ފައި ބުރިކޮށްލި ކުޑަކުއްޖަކު ވީލްޗެއާއެއްގައި.
ޒައެނިސްޓުން އަނިޔާކޮށް ފައި ބުރިކޮށްލި ކުޑަކުއްޖަކު ވީލްޗެއާއެއްގައި.
ޚުލާސާ

ޣައްޒާގައި ހިންގި ޤަތުލުޢާންމުގައި 90 ޕަސަންޓް ގެތައް ސުންނާފަތިކޮށްލައި ލައްކައެއްހާ މީހުންގެ ފުރާނަ ދުއްވައިލި. އޭގެތެރޭގައި 20،000 ކުޑަކުދިން ވެސް ހިމެނޭ

ޣައްޒާ އިން ގާތްގަނޑަކަށް ލައްކައަކާއި ކައިރިކުރާ ޢަދަދަކަށް މީހުންގެ ފުރާނަ ދުއްވާލާފައިވާ ކަމަށާއި، 90 އިންސައްތަ ގެ ސުންނާފަތި ކޮށްލާފައިވާ ކަމަށް އިސްރާއީލުގެ އިންސާނީ ޙައްޤުތަކާއި ބެހޭ 12 ޖަމިއްޔާއެއްގެ ކޯލިޝަނަކުން ބުނެފިއެވެ. އެ މީހުން ބުނީ މިއީ 1967 ވަނަ އަހަރަށް ފަހު ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ހިންގި އެންމެ ބޮޑު ޖަރީމާ ކަމަށާއި 20,000 އަށް ވުރެ ގިނަ ކުޑަކުދިން ވެސް ވަނީ ޝަހީދުކޮށްލާފައި ކަމަށެވެ.

މީގެ އިތުރުން ޣައްޒާގެ ގާތްގަނޑަކަށް 1.9 މިލިއަން މީހުން ގެދޮރުން ނެރެލާފައިވާ ކަމަށް ވެސް އިސްރާއީލުގެ ޖަމިއްޔާތަކުން ބުންޏެވެ.

ޣައްޒާގެ ރައްޔިތުން އެ ބިމުން ގަދަކަމުން ނެރެ، އެ ބިން ފޭރިގަތުމަށްޓަކައި ޒައެނިސްޓުން ވަނީ ކާބޯތަކެތި ވެސް ނުވެއްދޭ ގޮތަށް ހުރިހާ ދިމާލަކުން ޣައްޒާއަށް ވަދެނުކުމެވޭނެ ހުރިހާ ދޮރެއް ވެސް ބަންދު ކޮށްފައިކަން ފާހަގަ ކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން ބަނޑުހައިހޫނުކަމުގައި 461 މީހުން ޝަހީދުވިއެވެ. އަދި ކާބޯތަކެތި ހޯދުމަށް މަސައްކަތްކުރި މީހުންގެ ތެރެއިން 2,306 މީހުންނަށް ޒައެނިސްޓުން ވަނީ ޙަމަލާދީ ޝަހީދުކޮށްލާފައި ކަން ވެސް ފާހަގަ ކުރެވެއެވެ.

Advertisement

Advertisement 1

ޒައެނިސްޓުން ޣައްޒާ އަށް ޙަމަލާތައް ދިނީ މުޅި ނަސްލު އެކީއެކަށް ފޮހެލުމަށެވެ. ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު އަންހެނުންނަށް އަމާޒުކޮށް ޙަމަލާތައްދީ ގުނަވަންތައް ވެސް ބުރިކުރިއެވެ. މަސްދަރުތަކުން ބުނާ ގޮތުގައި ޣައްޒާ ހަނގުރާމައިގައި 12000 އަށް ވުރެ ގިނަ މީހުންގެ ގުނަވަންތައް ވަނީ ބުރިކޮށްލާފައެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގައި ވެސް ޙާލަތު އޮތީ ހަމަ އެހާމެ ގޯސްކޮށެވެ. އިސްރާއީލުން ދަނީ ގަދަކަމުން އެތަނަށް ވަޒަންވެރިވަމުންނެވެ. އެއާއި އެކު އިސްރާއީލުގެ މީހުންނާއި ހުޅަނގުއައްސޭރީގައިވާ ފަލަސްޠީނު ރައްޔިތުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ޔަހޫދީން ވަނީ 4000 އެއްހާ ފަލަސްޠީނު ރައްޔިތުން ގަދަކަމުން ހިފައި ހައްޔަރުކޮށް ހުރަގެއަށް ލައި ބަންދުކޮށްފައެވެ. އޭގެތެރެއިން އަނިޔާކޮށް 98 މީހުން ޝަހީދުކޮށްލި ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލްފަލަސްތީންފަލަސްތީނު އޮތޯރިޓީ (ޕީއޭ)ޣައްޒާރިޕޯޯޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔަހޫދީ ސިފައިން ބުލްޑޯޒަރު ތަކުގައި ފަލަސްތީނުގެ ގެތައް ތަޅަނީ

ޔަހޫދީ ސިފައިން ފަލަސްތީނުގެ ގެތައް ތަޅަނީ

4 ދުވަސް ކުރިން - 13:45

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

6 ދުވަސް ކުރިން - 13:36

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

6 ދުވަސް ކުރިން - 13:12

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

12 ދުވަސް ކުރިން - 14:51

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

14 ދުވަސް ކުރިން - 11:26

އިސްރާއީލުގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެ

އިސްރާއީލުގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެ

16 ދުވަސް ކުރިން - 13:08