Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހަމާސް ބޭރުކޮށް، ފަލަސްޠީނުގައި ޔަހޫދީން ބޭނުންވާ ކަހަލަ އިންތިޚާބެއް ބާއްވަނީ

ހަމާސް ބޭރުކޮށް، ފަލަސްޠީނުގައި ޔަހޫދީން ބޭނުންވާ ކަހަލަ އިންތިޚާބެއް ބާއްވަނީ

ޢަބްދުﷲ ޖުނައިދު
393 ދުވަސް ކުރިން - 3 އޯގަސްޓް 2025 13:51
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (ވ) ފަލަސްޠީނު އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް އާއި އެކު ޤުދުސްގައި.
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (ވ) ފަލަސްޠީނު އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް އާއި އެކު ޤުދުސްގައި.
ޚުލާސާ

ޙަމާސް އާއި އިސްލާމިކް ޖިހާދަށް ތާޢީދުކުރާ ފަރާތްތަކަށް ބައިވެރި ނުވެވޭގޮތަށް މިއަހަރު ފަލަސްޠީނުގައި އިންތިޚާބެއް ބޭއްވުމަށް އިޢުލާންކޮށްފި. ހަތިޔާރު ހުންނާނީ އެ ދައުލަތުގެ ސިފައިންގެ އަތުގައި އެކަނި.

މި އަހަރު ނިމުމުން ކުރިން ފަލަސްޠީނުގައި އިންތިޚާބެއް ބޭއްވުމަށް ފަލަސްތީނުގެ އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް އަމުރު ކުރައްވައިފި އެވެ.

އައްބާސް ވިދާޅުވާ ގޮތުގައި މި އިންތިޚާބުގައި ޣައްޒާގެ ވެރިކަންކުރާ އަދި ޕީއެލްއޯގެ ސިޔާސަތުތަކާއި ދެކޮޅު ހަދައި އިސްރާއީލާއި ދުޝްމަނު ހަމާސް އަކަށް ބައިވެރިއެއް ނުވެވޭނެ އެވެ. މީގެ އިތުރުން އިސްލާމިކް ޖިހާދަށް ވެސް މި އިންތިޚާބުގައި ބައިވެރި ނުވެވޭނެ ކަމަށާއި އެމީހުންނަށް ތާއީދުކުރާ އެއްވެސް މީހަކަށް މި އިންތިޚާބުގައި ވޯޓެއް ވެސް ނުލެވޭނެއޭވެ.

ޢައްބާސްގެ މި ނިންމުމާއި ގުޅިފައި ވަނީ އެމެރިކާއާއި އިސްރާއީލްގެ އިތުރުން އެ މީހުންނާއި ގުޅިފައިވާ ޤައުމުތަކެވެ. އޭގެތެރޭގައި ކެނެޑާ އާއި ޔޫރަޕްގެ ޤައުމުތައް ހިމެނެއެވެ.

Advertisement

Advertisement 1

ޣައްބާސް ވިދާޅުވީ އޭނާގެ ދައުލަތުގައި ޣައްޒާ ހިމެނޭ ކަމަށާއި އަދި އޭނާގެ ސިފައިން ފިޔަވައި ފިޔަވައި އެހެން އެއްވެސް ބައެއްގެ އަތުގައި ހަތިޔާރު ހުރެގެން ނުވާނެ ކަމަށެވެ. އެހެންކަމުން، ޙަމާސް އަތުގައި ހަތިޔާރު ހުރެގެން ނުވާނެ ކަމަށާއި ފަލަސްޠީނުގެ ފަރާތުން އިސްރާއީލަށް އަމާންކަން ލިބެންޖެހޭނެ ކަމަށް އޭނާގެ ވާހަކަފުޅުން މާނަ ކުރެވެއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ޣައްޒާ ހިމެނޭ ގޮތަށް ފަލަސްޠީނުގެ ދައުލަތަކީ ސިފައިންގެ އަތުގައި ފިޔަވައި އެހެން ބައެގެ އަތުގައި ހަތިޔާރު ނުހުންނަ ދައުލަތަކަށް ހަދަން، އަދި ޕީއެލްއޯ ގެ ޕްރޮގްރާމާއި ކޮމިޓްމަންޓްތަކަށް ތަބާނުވާ ސިޔާސީ ޕާޓީތަކާއި ރައްޔިތުން ނުހިމެނޭ އާންމު އިންތިޚާބެއް ބޭއްވުމަށް އަޅުގަނޑުމެން މިދަނީ ތައްޔާރުވަމުން" ޢައްބާސް ވިދާޅުވިއެވެ.

މިގޮތަށް އިންތިހާބު ބާވާފި ނަމަ ފަލަސްޠީނުގެ ގިނަ ރައިތުންގެ ތާއީދު އޮންނަ މުޖާހިދުންގެ ޖަމާއަތްތަކަށް ޚާއްޞަ ޙަމާސް އަދި އިސްލާމިކް ޖިހާދަށް އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެވެ.

އެންމެ ފަހުން ފަލަސްޠީނުގައި އިންތިޚާބު ބާވާފައި ވަނީ 2006 ވަނަ އަހަރުގައެވެ، އެ ފަހަރު ޙަމާސް ވަނީ ބޮޑުތަނުން މަޙްމޫދު އައްބާސް ބަލިކޮށްފައެވެ، ގަތަރުގެ ޢައްބާސަށް 43 ގޮނޑި ލިބިވަޑައިގެންނެވިއިރު ޙަމާސްގެ ފަރާތުން ވާދަކުރި ޚާލިދު މަޝާލް ވަނީ 73 ގޮނޑި ކާމިޔާބު ކުރައްވާފައެވެ.

ފަލަސްތީނު އޮތޯރިޓީ (ޕީއޭ)ފަލަސްތީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

7 ގަޑިއިރު ކުރިން - 13:09

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

1 ދުވަސް ކުރިން - 11:13

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

2 ދުވަސް ކުރިން - 22:41

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

9 ދުވަސް ކުރިން - 14:34

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

10 ދުވަސް ކުރިން - 12:03

ފަލަސްތީނުގެ 226 ކްލަބާއެކު "ހާސް ޝަހީދުންގެ ކަޕް" ފަށަނީ

ފަލަސްތީނުގެ 226 ކްލަބާއެކު "ހާސް ޝަހީދުންގެ ކަޕް" ފަށަނީ

20 ދުވަސް ކުރިން - 08:53