ރޭގެ ހާދިސާ: ހަތާވީސް މީހުންނަށް ރަހުމްކުޑަ އަނިޔާތަކެއްދީ ގޮޅިޔަކަށް ލައިފި

ހުސައިން އިސްމާއިލް | 14 ގަޑިއިރު ކުރިން - 19 ފެބްރުއަރީ 2026 13:13
ފަލަސްޠީނުގެ ރައްޔިތުން އިސްރާއީލުގެ ޖަލަކަށް ވައްދައި އަނިޔާކުރަނީ.
ފަލަސްޠީނުގެ ރައްޔިތުން އިސްރާއީލުގެ ޖަލަކަށް ވައްދައި އަނިޔާކުރަނީ.
ޚުލާސާ

ރޭ ފަތިސް ވަންދެން ޒައެނިސްޓުން ގެންދިޔައީ ހުޅަނގުއައްސޭރީގެ ގެތައް ބަލައިފާސްކޮށް މީހުންނަށް އަނިޔާކުރަމުން. ހާރުކާން ވެސް ފުރުސަތެއް ނުދިން.

އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްޠީނުގެ ހުޅަނގުއައްސޭރީގެ ގެތަކަށް ރޭ ދަންވަރު ވަދެ، ތަންތަން ލޫޓުވައި، ރައްޔިރުންނަށް އަނިޔާކޮށް ބިރުދައްކައި، ކަނުބަނދެގެން ގެންގޮސް ހައްޔަރުކުރި މީހުންގެ ޖުމްލަ ޢަދަދު 27 އަށް އަރާ ކަމަށް އިތުބާރު ހުރި މަސްދަރަކުން ބުނެފިއެވެ.

Ad

އިސްރާއީލުން ރޭ ފަލަސްޠީނުގެ ހުޅަނގުއައްސޭރީގައި ރެއިޑްކޮށް ބައެއް މީހުން ކަނުބަނދެގެން ގެންދާ މަންޒަރު!

ރޭ ފަތިސް ވަންދެން ޒައެނިސްޓުން ގެންދިޔައީ ހުޅަނގުއައްސޭރީގެ ގެތައް ބަލައިފާސްކުރަމުންނެވެ. ބައެއް ގެތަކަށް ވަނީ މީހުން ރޭއަޅުކަމުގައި ތިއްބައި ގޮސް ދޮރު ވައްޓާލައިގެންނެވެ.

ނަބްލޫސްގައި ރޭ ހައްޔަރުކޮށްގެން ގެންދިޔަ އިމާދު ބާރާ (ކ)، އަދި ޔަހޫދީން ރޭ ދަންވަރު ވަދެ ދޮރުވައްޓާލައި ލޫޓުވާލާފައިވާ އޭނާގެ ގޭތެރޭގެ މަންޒަރު (ވ)

މީހުންތައް ހައްޔަރުކޮށްފައި ވަނީ ހިފާފައިވާ ހުޅަނގު އައްސޭރި އާއި ގުދުސްގެ އެކި ދިމަދިމާލުންނެވެ. ބައެއް މީހުން ރޭއަޅުކަން ކުރުމަށް ގޭގައި ތިއްބައި ޔަހޫދީން ވަނީ އެ ގެތަކަށް ވަދެ ތަކެއްޗަށް ވެސް ގެއްލުން ދީފައެވެ. އަދި ބައެއް މީހުންނަށް ހާރުކާން ވެސް ފުރުޞަތު ނުދީ ކަނުބަނދެގެން ގެންގޮސް ވެހިކަލްތަކަށް އަރުވައިގެން ގެންދިޔަ ކަމަށް ޚަބަރު ލިބެއެވެ.

Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%