
މި ބައްދަލުވުމުގައި، ކާރިސާތަކުން ރައްކާތެރިވުމާއި އިޖާބަދިނުމުގެ ގައުމީ ނިޒާމު ހަރުދަނާކުރުމަށް އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވުނު. މީގެއިތުރުން، އެންޑީއެމްއޭގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، ދެ ގައުމުގެ ގުޅުން ބަދަހިކޮށް، ދެފަރާތަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިސްތިރާތީޖީ ގުޅުން ފުޅާކުރުމަށް ވެސް ހިޔާލު ބަދަލުކުރެއްވި.
11 ދުވަސް ކުރިން - 21:12
ނަގޫރޯޅިއެއްގައި 25 އަށް ވުރެ ގިނަ ގެއަށް ގެއްލުންވެ، މީހަކަށް އަނިޔާވެފައިވާއިރު، އެންޑީއެމްއޭ އާއި ކައުންސިލް ގުޅިގެން ގެއްލުންތައް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުން. މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރެއްކަމުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، މޫސުމުގެ އެންމެ ފަހުގެ ހަބަރުތަކަށް ސަމާލުވޭ.
20 ދުވަސް ކުރިން - 12:43