މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި 1.1 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާއިރު 10 ރަށުން 110 ގެއަށް އެކި މިންވަރުގެ ގެއްލުން ލިބުނު.
675 ދުވަސް ކުރިން - 11:27
އެންޑީއެމްއޭއިން ބުނީ ފެންބޮޑުވެ ގެއްލުން ލިބުނު ގެތަކުގެ ތެރެއިން ދިރިނޫޅެވޭ ފަދަ ޙާލަތަށް ގޮސްފައިވާ ގެތައް ދެނެގަނެ އެ ފަރާތްތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް.
688 ދުވަސް ކުރިން - 15:06
އެންޑީއެމްއޭއިން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައި. އަދި ދަތުރަށް ނުކުންނަ އިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަޤީން ކުރުމަށް އެންޑީއެމްއޭއިން ވަނީ އިރުޝާދުދީފައި.
688 ދުވަސް ކުރިން - 14:29
ކުރެންދޫއަށް ބޯކޮށް ވާރޭ ވެހި ރަށު ތެރޭގައި އެއްކޮށް ފެން ބޮޑުވެ 70 ގެއަކަށް ފެން ވަދެ ގެއްލުން ލިބިއްޖެ. އެންޑީއެމްއޭއިން ބުނާ ގޮތުގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދޭ.
689 ދުވަސް ކުރިން - 21:12
ފުލުހުން ބުނީ މި ވޯކްޝޮޕްގައި އިންޓަރނޭޝަނަލް އިންޓެގްރޭޓެޑް އިމަޖެންސީ މެނޭޖްމަންޓް (އައިއީއެމް) ގެ އުސޫލުތަކާއި ޔޫކޭ ނެޝަނަލް ޑިސިޝަން މޮޑެލް (އެންޑީއެމް) އާ ގުޅޭ މަޢުލޫމާތު ޙިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށް.
710 ދުވަސް ކުރިން - 15:52
ސިޓީތަކާއި އިދާރީ ހިންގުންތަކާ ބެހޭ ވުޒާރާއިން ބުނީ އިއްޔެ އަލިފާނުގެ ޙާދިސާ ހިނގި ކެފޭ ހުރި ހ. ނޫހިމެރިގެ ތަޅާލުމުގެ މަސައްކަތް އެ ވުޒާރާގެ ޕަބްލިކް ވޯކްސް ޑިޕާޓްމަންޓުން މިއަދު ފަށާފައިވާ ކަމަށް. ނަމަވެސް އެ މަސައްކަތް ނިންމޭނެ ވަކި ތާރީޚެއް އެ ވުޒާރާއިން ހާމަކޮށްފައެއް ނުވޭ.
758 ދުވަސް ކުރިން - 17:01
އެންޑީއެމްއޭއިން ބުނީ ރޯވި ގެއާއި ޖެހިގެން ހުރި ރީފްވިއު އާއި ސައުތު އެންޑް ގެއަށްވެސް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށާއި މި ޙާދިސާގައި އަސަރު ކުރި ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖެއްސުމާއި ކެއުންބުއިމުގެ ޚަރަދުތަކަށް ދެ ލައްކައެއްހާ ރުފިޔާ ދޫކޮށްފައިވާ ކަމަށް.
758 ދުވަސް ކުރިން - 14:04
މިއަދު މާލޭ ސޯސަން މަގުގައި ހުންނަ "ގާމަގު ކެފޭ" ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 37 މީހުން ހާލުގައި ޖެހިއްޖެ. މީގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 15 ބިދޭސީން. ދުމުގެ އަސަރުކޮށްގެން ދެ މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި.
759 ދުވަސް ކުރިން - 22:50