Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުރެންދޫގެ 104 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ކުރެންދޫގެ 104 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

އަައިޝަތު ޒީނާ
611 ދުވަސް ކުރިން - 19 ނޮވެންބަރު 2024 15:06
ފޮޓޯ: އެންޑީއެމްއޭ
ފޮޓޯ: އެންޑީއެމްއޭ
ޚުލާސާ

އެންޑީއެމްއޭއިން ބުނީ ފެންބޮޑުވެ ގެއްލުން ލިބުނު ގެތަކުގެ ތެރެއިން ދިރިނޫޅެވޭ ފަދަ ޙާލަތަށް ގޮސްފައިވާ ގެތައް ދެނެގަނެ އެ ފަރާތްތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް.

ޅ. ކުރެންދޫގެ 104 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން ދެކުނުގެ އަތޮޅުތަކަށާއި މެދުރާއްޖެތެރެ އަދި އުތުރުގެ ބައެއް އަތޮޅުތަކަށް ވިއްސާރައިގެ އަސަރުކޮށްފައިވާ ކަމަށެވެ. މި ވިއްސާރައާއި ގުޅިގެން އަތޮޅުތަކުގެ ޙާލަތު ބެލުމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ކައުންސިލްތަކާއި ގުޅިގެން ފޯރުކޮށްދެމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެގޮތުން ޅ. ކުރެންދޫއަށް އިއްޔެ ކުރި ވިއްސާރައިގައި ރަށުތެރޭ އެއްކޮށް ފެންބޮޑުވެ، ރަށުގައި ހުރި ޕަންޕު ބޭނުންކޮށްގެންނާއި ކޯރު ކަނޑައިގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. އަދި ރަށުގައި ބޮޑެވެފައިވާ ފެންގަނޑު ނޮދާން އޭރިއާ ކޮމާންޑުގެ ސިފައިންގެ އެހީތެރިކަމާއެކު ރޭގެ 12 ޖެހުމާއި ހަމައަށް ހިންދާލެވިފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

Advertisement

Advertisement 1

އިއްޔެ ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތައް. / ފޮޓޯ: އެންޑީއެމްއޭ

އެންޑީއެމްއޭއިން ބުނީ ފެންބޮޑުވެ ގެއްލުން ލިބުނު ގެތަކުގެ ތެރެއިން ދިރިނޫޅެވޭ ފަދަ ޙާލަތަށް ގޮސްފައިވާ ގެތައް ދެނެގަނެ އެ ފަރާތްތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ރަށު ކައުންސިލާއި ގުޅިގެން ކޮށްފައިވާ ކަމަށެވެ.

މި ޙާދިސާގައި 104 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކައުންސިލުން މިހާރު ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އެންޑީއެމްއޭއިން ބުނީ މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ގެއްލުން ލިބިގެން އެ އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވަނީ ސ. ފޭދޫ، ޅ. ކުރެންދޫ، ދ. ބަނޑިދޫ އަދި ދ. ހުޅުދެލިން ކަމަށެވެ. އަދި މިވަގުތު ރާއްޖޭގެ އެހެން އަތޮޅުތަކުގެ ޙާލަތު ރަނގަޅުކަން ފާހަގަކުރެވިފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ވިއްސާރައާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެ އޮތޯރިޓީން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަތުރަށް ނުކުންނަ އިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަޤީން ކުރުމަށްވެސް އެ އޮތޯރިޓީން ވަނީ އިރުޝާދުދީފައެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މޫސުމަށް ރައްކާތެރިވެ ސަލާމަތީ ފިޔަވަޅު ކުރިއާލާ އެޅުމަށް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފި

ސަލާމަތީ ފިޔަވަޅު ކުރިއާލާ އެޅުމަށްއެދި އެންޑީއެމްއޭގެ އިލްތިމާސްއެއް

75 ދުވަސް ކުރިން - 15:19

ހިޔާ ޓަވަރުގެ އަލިފާނުގެ ހާދިސާ އާ ގުޅިގެން 140 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ހިޔާގެ އަލިފާނުގެ ހާދިސާ: 140މީހަކަށް ވަގުތީ ބޯހިޔާވަހިކަން

173 ދުވަސް ކުރިން - 22:34

ހިޔާ އަލިފާނުގެ ހާދިސާގައި 38 ފްލެޓަކަށް ގެއްލުން ލިބުނު

ހިޔާ އަލިފާނުގެ ހާދިސާގައި 38 ފްލެޓަކަށް ގެއްލުންވި

173 ދުވަސް ކުރިން - 14:24

ވިނަރެސް ގައި ރޯވުމުން ވަގުތީބޯހިޔާވަހިކަން ހަމަޖައްސައިދީފި

ވިނަރެސް ގައި ރޯވުމުން ވަގުތީބޯހިޔާވަހިކަން ހަމަޖައްސައިދީފި

395 ދުވަސް ކުރިން - 14:41

މާލޭގެ ބައެއް ގޭގެއިން ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކޮށްފި

ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީ ހިޔާތަކަށް

508 ދުވަސް ކުރިން - 12:16

ހަދަން ފަށާފައިވާ ޢިމާރާތެއްގެ ފާރު ވެއްޓި، ޖެހިގެން ހުރި ގެއަށް ގެއްލުންވެއްޖެ

ޢިމާރާތެއްގެ ފާރު ވެއްޓި، ޖެހިގެންހުރި ގެއަށް ގެއްލުންވެއްޖެ

532 ދުވަސް ކުރިން - 00:44