Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މޫސުމަށް ރައްކާތެރިވެ ސަލާމަތީ ފިޔަވަޅު ކުރިއާލާ އެޅުމަށް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފި

މޫސުމަށް ރައްކާތެރިވެ ސަލާމަތީ ފިޔަވަޅު ކުރިއާލާ އެޅުމަށް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފި

ހުސައިން އިސްމާއިލް
114 ދުވަސް ކުރިން - 9 މެއި 2026 15:19
ވިއްސާރައާ ގުޅިގެން ސަލާމަތީ ފިޔަވަޅު އެޅުމުގެ ގޮތުން ވެލި ބަސްތާ ފިހާރައެއްގެ ދޮރުމަތީ ޖަހާފައި. / ފޮޓޯ: ޚުލާސާ
ވިއްސާރައާ ގުޅިގެން ސަލާމަތީ ފިޔަވަޅު އެޅުމުގެ ގޮތުން ވެލި ބަސްތާ ފިހާރައެއްގެ ދޮރުމަތީ ޖަހާފައި. / ފޮޓޯ: ޚުލާސާ
ޚުލާސާ

މޫސުމަށް އަންނަ ބަދަލުތަކަށް ހުރިހާ ރައްޔިތުންވެސް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ލިބިދާނެ ގެއްލުންތަކުން ސަލާމަތްވެވޭނެ އެންމެ ރަނގަޅު މަގުކަމަށް އެ އިދާރާއިން ބުނޭ.

ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، މޫސުމީ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި ދުރާލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެންޑީއެމްއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑާއި، ރާއްޖޭގެ އިރުއުތުރުން އުފެދިފައިވާ ލޯޕްރެޝަރ ޓްރަފުގެ ސަބަބުން، މެއި 09 އިން 13 އަށް ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު، ކަނޑުތައް ގަދަވެ ބޯކޮށް ވާރޭވެހި، ވިއްސާރަވުމުގެ ފުރުސަތު އޮތް ކަމަށެވެ.

މި ދުވަސްވަރު މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި، ގޯތިގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް އަންނަނިވި ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ:

Advertisement

Advertisement 1
  1. ފެންބޮޑުވުމުން ރައްކާތެރިވުން: ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާނެހެން ކުރިއާލާ ގޭގެ ދޮރުމަތީގައި ވެލިބަސްތާ ފަދަ ތަކެތި ޖެއްސުމާއި، ފެންބޮޑުވެގެން ގެއްލުން ލިބިދާނެ ފަދަ އުސްމިނެއްގައި ހުރި ހިފާގެންގުޅޭ ތަކެއްޗާއި ކަރަންޓު ސާމާނު (ދޮންނަމެޝިން، އައިސްއަލަމާރި ފަދަ ތަކެތި) ފެން ނުޖެހޭ ފަދަ އުސް ތަންތަނަށް ބަދަލުކުރުން.
  2. ގަދަވައިން ރައްކާތެރިވުން: ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭނަމަ، ކުރިއާލާ ވާ ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު ހައްޔަރުކުރުމާއި، ވައިގަދަވުމުގެ ސަބަބުން އެއްލާލަފާނެ ފަދަ ތަކެތި އައްސާ ރައްކާތެރިކުރުން.
  3. ކަރަންޓު ސާމާނު: ބޭނުންނުކުރާ ވަގުތުތަކުގައި ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން.
  4. ކަނޑު ދަތުރުފަތުރު: ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމާއި، ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަކަން ޔަޤީންކުރުން.
  5. ކާބޯތަކެތި: ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމުކުރުން.

އެންޑީއެމްއޭ އިން އިތުރަށް ބުނެފައިވަނީ، މޫސުމަށް އަންނަ ބަދަލުތަކަށް ހުރިހާ ރައްޔިތުންވެސް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް އޮތް އެންމެ މުހިންމު މަގު ކަމަށެވެ.

މޫސުންމޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

10 ގަޑިއިރު ކުރިން - 08:59

އެލް-ނީނޯގެ ބާރު ގަދަވެ ރާއްޖޭގެ ހޫނުމިން މަތިވާނެތީ ދުރާލާ ތައްޔާރުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި

އެލް-ނީނޯގެ ބާރު ގަދަވެ ރާއްޖޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަނީ

3 ދުވަސް ކުރިން - 11:04

ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 26 މީހަކަށް އެންޑީއެމްއޭ އިން އެހީތެރިކަން ފޯރުކޮށްދެނީ

އަލިފާނުގެ ހާދިސާއާ ގުޅިގެން 26 މީހަކަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދެނީ

7 ދުވަސް ކުރިން - 09:27

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފި

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

20 ދުވަސް ކުރިން - 08:47

ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ޔެލޯ އެލާޓް!

ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ޔެލޯ އެލާޓް!

31 ދުވަސް ކުރިން - 09:58

ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރަށް ހުދު ސަމާލު ނެރެފި

ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް އުތުރަށް ހުދު ސަމާލު ނެރެފި

58 ދުވަސް ކުރިން - 12:19