Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

އެމްޓީސީސީ

މަސްވެރިންގެ ޕާކު ސަރަހައްދުގައި ދެވަނަ ޕަމްޕް ސްޓޭޝަން ގާއިމްކޮށް ނިންމާލައިފި

މަސްވެރިންގެ ޕާކު ސަރަހައްދުގައި ދެވަނަ ޕަމްޕް ސްޓޭޝަން ގާއިމްކޮށް ނިންމާލައިފި

މި ނިޒާމުގެ ސަބަބުން ވިއްސާރަ ދުވަސްވަރު އެ މަގުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ދަތުރުފަތުރާއި ވިޔަފާރިތަކަށް ކުރިމަތިވާ ހުރަސްތައް ނެތިގެންދާނެ. މިއީ މާލޭގެ އިންފްރާސްޓްރަކްޗާ ޒަމާނީކޮށް، މޫސުމީ ހާދިސާތަކަށް ތައްޔާރުވުމަށް ކުރެވޭ މުހިންމު މަސައްކަތެއް.

26 ދުވަސް ކުރިން - 16:30

އދ. އޮމަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 42 އިންސައްތަ މަސައްކަތް ނިމިއްޖެ

އދ. އޮމަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 42 އިންސައްތަ މަސައްކަތް ނިމިއްޖެ

72.3 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި، އެއްގަމު ތޮށިލުމާއި، ބޭރު ތޮށި ޖެހުމުގެ އިތުރުން 150 މީޓަރުގެ ޖެޓީއެއް ހެދުން ހިމެނޭ. މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ބްލޮކް ޖެއްސުމުގެ މަސައްކަތެއް. މި މަޝްރޫޢުގެ ސަބަބުން އޮމަދޫގެ ދަތުރުފަތުރާއި އުމްރާނީ ތަރައްގީއަށް ބޮޑު ކުރިއެރުމެއް.

29 ދުވަސް ކުރިން - 14:23

“އޮގަސްޓު 15 އިގެ ފަހުން ބޮޑުތަކުރުފާނުމަގުގައި ފެންބޮޑުވާ މައްސަލަ ދާއިމީކޮށް ހައްލުވާނެ”

“އޮގަސްޓު 15 އިގެ ފަހުން ބޮޑުތަކުރުފާނުމަގުގައި ފެންބޮޑުވާ މައްސަލަ ދާއިމީކޮށް ހައްލުވާނެ”

ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް ބަހައްޓާ 3 ޕަމްޕު ސްޓޭޝަންގެ އޯގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބަހައްޓައި، ޓެސްޓުކޮށް، ކޮމިޝަންކޮށް ނިންމާނެ. އޭގެކުރިން ވެސް މޫސުން ގޯސްވެ މަގުގައި ފެންބޮޑުވާނަމަ އެމްޓީސީސީން ނުކުމެ ފެން ހިންދުމުގެ ވަގުތީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރާނެ.

41 ދުވަސް ކުރިން - 18:20

ޗާލު ނަލަނަލަ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް

ޗާލު ނަލަނަލަ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކޮށްފައިވާ މި ސަރަހައްދަކީ ގާތްގަނޑަކަށް 700 މީޓަރު ދިގު ސަރަހައްދެއް. އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމުގެ މަސައްކަތް ފަދަ ކުދިކުދި މަސައްކަތްތައް އަދިވެސް ދަނީ ކުރަމުން.

47 ދުވަސް ކުރިން - 16:00

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

މަގު މާކްކުރުމުގެ މަސައްކަތް 100 އިންސައްތަ ނިމިފައިވާއިރު، ސެގްމަންޓް 2 އަދި 3 ގެ ދުވާރާއި ޕާކިންގ ޒޯންތައް ވަނީ ހަދާ ނިމިފައެވެ. މިހާރު ކުރިއަށްދާ ޕާކިންގ ޒޯން ވަނީ ހަދާ ނިމިފައެވެ. މިހާރު ކުރިއަށްދާ ޕާކިންގ ޒޯން މާކްކުރުމާއި ބައްތި ހަރުކުރުމުގެ މަސައްކަތް މި ހަފުތާގައި ނިމޭނެ.

48 ދުވަސް ކުރިން - 08:54

ބުނި ތާރީހަށްވުރެ ކުރިން ނައިފަރު ބިން ހިއްކައި ނިންމާލައިފި

ބުނި ތާރީހަށްވުރެ ކުރިން ނައިފަރު ބިން ހިއްކައި ނިންމާލައިފި

ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މި މަޝްރޫޢަކީ ނައިފަރުގެ ތާރީޚުގައިވެސް ހިންގާ ބިމުގެ އެންމެ ބޮޑު މަޝްރޫޢު.

49 ދުވަސް ކުރިން - 11:30

ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

މި މަޝްރޫއުގެ މުހިންމު ބައިތަކުގެ ތެރޭގައި 500 ސައިކަލުގެ ޕާކިންގް ފެސިލިޓީއަކާއި، މަގު ފުޅާކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ހިމެނޭ. ރައީސް ފާހަގަކުރެއްވި ގޮތުގައި މި މަގު ނިމުމުން ބޮޑުތަކުރުފާނު މަގުގެ އިތުރުން މާލޭގެ އެހެން މަގުތަކުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބޭނެ.

53 ދުވަސް ކުރިން - 16:30

ކުރީގެ ދަތުރުތަކާ ގުޅޭ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް: އެމްޓީސީސީ

ކުރީގެ ދަތުރުތަކާ ގުޅޭ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް: އެމްޓީސީސީ

އެމްޓީސީސީން ހާމަކުރި ގޮތުގައި މިގޮތަށް ދިމާވާން މެދުވެރިވީ އާރްޓީއެލްގެ ޕޭމަންޓް ކަލެކްޝަންއަށް ބޭނުންކުރާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަރވަރގެ މެއިންޓަނަންސް މަސައްކަތެއް ކުރިއަށް ގެންގޮސްފައިވާތީ ކަމަށް. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ނަމަ، އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް އެމްޓީސީސީން އެދޭ.

54 ދުވަސް ކުރިން - 21:11

ބުރުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 96 އިންސައްތަ މަސައްކަތް ނިމިއްޖެ

ބުރުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 96 އިންސައްތަ މަސައްކަތް ނިމިއްޖެ

މި މަޝްރޫއުގެ ދަށުން 719 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި ގޮނޑުދޮށް ފުންކުރުން ހިމެނޭ. 2021 ވަނަ އަހަރު ފެށި މި މަޝްރޫއު ނިމުމުން، ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ރަށުގެ ގޮނޑުދޮށް ރައްކާތެރިކުރެވޭނެ. އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މިވަގުތު މި މަސައްކަތް އޮތީ މެދުކަނޑާލެވިފައި.

56 ދުވަސް ކުރިން - 10:20

ނިމެނީ ނިމެނީ، މާދަމާ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާ ނިންމާލަނީ

ނިމެނީ ނިމެނީ، މާދަމާ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާ ނިންމާލަނީ

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްދާ ސަބް-ބޭސް މަސައްކަތްތަކާއި އެގްރެގޭޓް ބޭސް ކޯސް (އޭބީސީ) ގެ މަސައްކަތްތައް މިހާރު 100 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކުރި.

57 ދުވަސް ކުރިން - 20:07

ފެރިދޫ ބަނދަރު ތަރައްޤީކުރުމުގެ ބޮޑުބައެއް ނިންމާލައިފި

ފެރިދޫ ބަނދަރު ތަރައްޤީކުރުމުގެ ބޮޑުބައެއް ނިންމާލައިފި

47.04 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ފެރިދޫ ބަނދަރުގެ އެއްގަމުތޮށި ބިނާކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފަ. ފެރިދޫގައި 23,579 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އާ ބަނދަރެއް ފުންކޮށް 403 މީޓަރުގެ ރިވެޓްމެންޓް ޖަހައި ޒަމާނީ ފެންވަރަށް ހަދަނީ އެމްޓީސީސީއިން.

69 ދުވަސް ކުރިން - 10:22

ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހީގެ ތާރު އެޅުމުގެ ތައްޔާރީތައް ފަށަނީ

ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހީގެ ތާރު އެޅުމުގެ ތައްޔާރީތައް ފަށަނީ

144.5 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ސަބް-ބޭސް މަސައްކަތް މާދަމާ ފަށާއިރު، އަންނަ ހަފުތާގައި ތާރު އަޅަން ފަށާނެ. މަގު ހަތަރު ލޭނަށް ފުޅާކޮށް، ފެންހިންދާ ނިޒާމާއި ސައިޑްވޯކްތައް ހެދުމުން ބަނދަރު ސަރަޙައްދުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބި، ދަތުރުފަތުރުގެ ރައްކާތެރިކަން އިތުރުވާނެ.

70 ދުވަސް ކުރިން - 21:38

Previous12345Next