ޅ. ނައިފަރުގެ ބިމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ބިން ހިއްކުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، 45 ހެކްޓަރުގެ މަސައްކަތްތައް ކަނޑައެޅިފައިވާ ޝެޑިއުލްއަށްވުރެ މާ ކުރިން އެމްޓީސީސީ އިން ނިންމާލައިފިއެވެ.
ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މި މަޝްރޫޢަކީ ނައިފަރުގެ ތާރީޚުގައިވެސް ހިންގާ ބިމުގެ އެންމެ ބޮޑު މަޝްރޫޢެވެ. އެމްޓީސީސީގެ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދުވެލި ހުރީ ބުނި ތާރީޚަށްވުރެ މާ ކުރީގައެވެ.
އެރަށުން 45 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކުރިއިރު އެރަށުގައި 21 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.
ނައިފަރުގެ ބިން ހިމާޔަތް ކުރުމަށް 1813 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށި އަދި 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖަހާނެއެވެ.









