
ފައްޔާޒުގެ ވަޒީރުކަމުގެ ދައުރުގައި 1.6 ބިލިއަން ރުފިޔާގެ ސެޓްލްމަންޓްތަކާއި، ބީއައިޖީ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިނުމާއި، ޕޮލިސް ސްޓޭޝަންތަކުގެ މަޝްރޫއުން އާއިލީ ގެއަށް ފައިސާ ބޭނުންކުރުން ފަދަ ބޮޑެތި ކޮރަޕްޝަނުގެ ތުހުމަތުތައް ކުރެވިފައިވޭ. އަމިއްލަ ދަރަނި ބޮޑުވެފައިވާއިރު، އިގްތިސާދީ ހީނަރުކަމާއި މަސްލަހަތު ފުށުއެރުމުގެ ގިނަ މައްސަލަތަކެއް އޭސީސީން ތަހުގީގުކުރޭ.
3 ދުވަސް ކުރިން - 05:40

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން އެއްކުރެއްވުމަށްފަހު އެމީހުންގެ ކިބައިން ނަޝީދު އެދުނީ ބުރާސްފަތި ދުވަހަށް އެމީހަކަށް ވެވުނު މިންވަރަކުން ވީހާވެސް ގިނަ ބަޔަކު މުޒާހަރާއަށް ނެރެ “ހަމަޖެހުން ނަގައިލުމަށް”.
35 ދުވަސް ކުރިން - 10:24

ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ދީނީ އަގީދާއަށް ފުރައްސާރަކޮށް މަސްތުވާތަކެތި އާންމުކުރި ނަމަވެސް، މި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދީނަށް ނަސްރުދީ ޒުވާނުން ބިނާކުރުން ކަމަށް. ގައުމުގެ ކުރިމަގަށް ރައްޔިތުން އިހުތިޔާރު ކުރަންވީ ޕީއެންސީގެ ބިނާކުރަނިވި ފިކުރު ކަމަށާއި، އެއީ ކާމިޔާބީގެ ހަގީގީ ރާސްތާ ކަމަށް ވިދާޅުވި.
36 ދުވަސް ކުރިން - 00:49

ރައީސް ވިދާޅުވީ މިކަން ކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ލަފައެއް ނުވަތަ ދައުރެއް ނެތި ފޮނުވި ސިޓީއަކާއެކު ކަމަށް. އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެ ސަރަހައްދު ރަސްމީކޮށް ހޯދުމުގެ ގާނޫނީ މަސައްކަތްތައް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި.
37 ދުވަސް ކުރިން - 00:13

ހިތަދޫ ފޮށިތަކުން ޕީއެންސީ ކެންޑިޑޭޓް ސޮޑާއަށް 958 ވޯޓު ލިބިފައިވާއިރު، ސޯބެއަށް ލިބިވަޑައިގަތީ 924 ވޯޓު. މާލޭ ފޮށީގެ ނަތީޖާ ދައްކާގޮތުން ސޯބެއަށް 451 ވޯޓު ލިބިވަޑައިގަތްއިރު، ސޮޑާއަށް ލިބިވަޑައިގަތީ 355 ވޯޓު. ސޯބެ އިންތިހާބު ކާމިޔާބުކުރީ 62 ވޯޓު ކުރީގައި އޮވެގެން.
45 ދުވަސް ކުރިން - 19:55

08:00 ގައި ފެށި މި ވޯޓުލުން މިއަދު ހަވީރު 16:00 އާ ހަމައަށް ކުރިއަށްދާނެ. ވޯޓު ލުމުގެ ހައްގު 4،121 މީހުންނަށް ލިބިގެންވޭ. ވޯޓުލުމަށްޓަކައި ދަރުމަވަންތަ ސްކޫލުގައި ދެ ފޮށްޓެއް އަދި ހިތަދޫގައި ފަސް ފޮށްޓެއް ބަހައްޓާފައިވޭ. އިންތިހާބުގައި ވާދަކުރަނީ ސޮޑާ އަދި ސޯބެ.
45 ދުވަސް ކުރިން - 10:25

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ އިގްތިސާދީ ބޮޑު ނުރައްކަލެއްގެ ތެރެއަށް. ނަމަވެސް، ހަރުދަނާ މާލީ އިސްލާހީ ފިޔަވަޅުތަކާއެކު، ދަރަނި އަދާކުރެއްވުމުން، ރާއްޖޭގެ ފިޗް ރޭޓިންގ މަތިވެ، ބައިނަލްއަގުވާމީ މާލީ އިތުބާރު ވަނީ އިއާދަވާން ފަށާފަ. މިއީ ރާއްޖޭގެ އިގްތިސާދީ ސިޔާދަތު ހިމާޔަތްކުރުމަށް ލިބުނު ބޮޑު ކާމިޔާބީއެއް.
47 ދުވަސް ކުރިން - 07:30

މިސަރުކާރުން 2025 ވަނަ އަހަރު ދަރަނި އަދާކުރުމަށް އެކަނިވެސް 10.1 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ. 2025 ވަނަ އަހަރު ލިބިފައިވަނީ 39.9 ބިލިއަން ރުފިޔާ. ޖުމްލަ ޚަރަދު ހުރީ 44.2 ބިލިއަން ރުފިޔާގަ.
49 ދުވަސް ކުރިން - 11:31

ހަމްދާން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި، ދަރަނި ޖީޑީޕީގެ ނިސްބަތުން 55 އިންސައްތައިގައި އޮއްވައި 97 އިންސައްތައަށްވުރެ މައްޗަށް އުފުލުނު ކަމަށާއި، 2011 ވަނަ އަހަރު 3.5 އިންސައްތައިގައި ޖީއެސްޓީ ތައާރަފުކޮށް، ހަމަ އެ އަހަރުގެ ތެރޭގައި ޓެކްސް 6 އިންސައްތައަށް ބޮޑުކުރި ކަމަށް.
52 ދުވަސް ކުރިން - 13:51

ކުރިއަށް އޮތް ތަނުގައި ފެނިގެންދާނީ ކެނޑިޑޭޓަކު ދައްކަންޖެހޭ ހިސާބުން އިދިކޮޅުގެ މި "އެއްބައިވަންތަކަން" ރޫޅި، ބައިބައިވެގެންދާނެ މަންޒަރު.
57 ދުވަސް ކުރިން - 13:16

ޝާހިދު ވިދާޅުވީ ރައީސް ނަޝީދާއި ރައީސް ސާލިހާ އެކު ހުންނަވައިގެން ރައީސް ޔާމީން މި ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް.
59 ދުވަސް ކުރިން - 00:31

އިޓަލީގެ ފަތުރުވެރިންނާއި މަހުދީގެ ފުރާނަ ގެއްލުން ވެސް ސަރުކާރުގެ ބޮލަށް ޖަހައި، އިޓަލީ އިން ރާއްޖެއާއި ދެކޮޅަށް ދައުވާކުރަން އެމްޑީޕީން ދަނީ ބާރުއަޅަމުން.
61 ދުވަސް ކުރިން - 09:50

މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދެއްވާނެ ކަމަށާއި އެކަމުގައި ދޫނުދެއްވާނެ ކަމަށް ރައީސް ވިދާޅުވި.
68 ދުވަސް ކުރިން - 22:31