Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަރުތައް “ސަރުކާރުގެ ބޮލަށް ކަނޑަން” އެމްޑީޕީން މަސައްކަތް ފަށައިފި

މަރުތައް “ސަރުކާރުގެ ބޮލަށް ކަނޑަން” އެމްޑީޕީން މަސައްކަތް ފަށައިފި

ހުސައިން އިސްމާއިލް
100 ދުވަސް ކުރިން - 21 މެއި 2026 09:50
ވ.އަތޮޅުގެ ކަނޑުއަޑީގައި ޑައިވް ކުރަނިކޮށް މަރުވި އިޓަލީގެ ފަތުރުވެރިން: މި މައްސަލައިގައިރާއްޖޭގެ އިމޭޖް ހަޑިކުރަން އެމްޑީޕީން މަސައްކަތް އެބަކުރޭ.
ވ.އަތޮޅުގެ ކަނޑުއަޑީގައި ޑައިވް ކުރަނިކޮށް މަރުވި އިޓަލީގެ ފަތުރުވެރިން: މި މައްސަލައިގައިރާއްޖޭގެ އިމޭޖް ހަޑިކުރަން އެމްޑީޕީން މަސައްކަތް އެބަކުރޭ.
ޚުލާސާ

އިޓަލީގެ ފަތުރުވެރިންނާއި މަހުދީގެ ފުރާނަ ގެއްލުން ވެސް ސަރުކާރުގެ ބޮލަށް ޖަހައި، އިޓަލީ އިން ރާއްޖެއާއި ދެކޮޅަށް ދައުވާކުރަން އެމްޑީޕީން ދަނީ ބާރުއަޅަމުން.

މި ފަހުން ވ. އަތޮޅުގެ ކަނޑުއަޑިއަށް ފީނަނިކޮށް މަރުވި އިޓަލީގެ ފަތުރުވެރިންގެ މަރުގެ މައްސަލައިގައި ދިވެހި ސަރުކާރާއި ދެކޮޅަށް ޖިނާއީ ދައުވާކޮށް، ރާއްޖެ އަށް ބިރު ދައްކައި، ގެއްލުމުގެ ބަދަލޭ ކިޔައިގެން ދިވެހި ސަރުކާރުން އެތައް މިލިއަން ޑޮލަރެއް އިޓަލީ އަށް ހޯދައިދިނުމުގެ މަގުސަދުގައި އިދިކޮޅު އެމްޑީޕީން ޔޫރަޕިއަން ޔޫނިއަން އާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ ހަބަރު ލިބިއްޖެއެވެ.

އެމްޑީޕީން އިދިކޮޅުގައި އޮންނައިރު ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް އަބަދުވެސް މަސައްކަތް ކުރެއެވެ.

“ރާއްޖޭގައި އެކަނިތޯ ކަނޑުއަޑިއަށް މީހުން މަރުވަނީ. ތިޔަށް ވުރެ މާގިނަ މީހުން އެއްފަހަރާ އެބަ މަރުވޭ. އަސްލު މި ވާގޮތަކީ އެމްޑީޕީން ކުރަމުންދާ ކަމެއް މިއީ. ޔާމީނުގެ ވެރިކަމުގައި ވެސް އެމްޑީޕީން ޔޫރަޕާއި ގުޅިގެން ރާއްޖޭގެ ޓުއަރިޒަމް ބޮއިކޮޓް ކުރުމަށް މިފަދަ މަސައްކަތް ކުރީމާ ނޫންތޯ އޭރު ކޮމަންވެލްތުން ވެސް ރާއްޖެ ވަކިވީ. އިޓަލީ މީހުން ވެސް މާ އަޑިޔަށް އޮންނަ މިންވަރަށް ވުރެ މާ އަޑިޔަށް ދިޔައީމާ އެ ވީކަމެއް ވީ. އެއީ ސަރުކާރުގެ މައްސަލައެއް ނޫން އަދި މިނިސްޓްރީ އިން ޒިންމާ ވާން ޖެހޭ މައްސަލައެއް ވެސް ނޫން. މަރު އައީމާ އެޔަކަށް ފިލައިގެނެއް ނޫޅެވޭނެ. ކަނޑުގައި އޮތަސް ގޭގައި އޮތަސް މަރު އައީމާ ގެންދަވާނެ. އިޓަލީ މީހުންގެ މަރާއި ރާއްޖެ އާއި ގުޅުވަން ވެގެން ބޭރު ދުނިޔޭގެ މީޑިއާ ތަކުގައި ހަބަރުތައް ފަތުރަނީ އެމްޑީޕީން. ބޭރުގެ އެއްވެސް ހަބަރެއްގައި ނޯންނާނެ ސަރުކާރުން އެމީހުން ހޯދަން ކުރި މަސައްކަތަށް ކްރެޑިޓް ދީފައެއް. މުޅިންވެސް ބޭރުމީހުންނަށް ކްރެޑިޓް ދީ، ދިވެހި ސަރުކާރާއި މެދު އަދި ރާއްޖެ އާއި މެދު ޝައްކު އުފެދޭ ގޮތަށް ހަބަރުތައް ލިޔެފައި ހުންނަނީ. މިކަމުގެ އަޑީގައި އޮތީ އެމްޑީޕީ” އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement 1

ގެއްލުނު މީހުން ހޯދުމަށް އެމްއެންޑީއެފްއިން ހިންގި ސާޗް އޮޕަރޭޝަނުގެ ތެރޭގައި، ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ މަރުވި ހާދިސާގައި ޕްރޮޓޮކޯލްތައް ތަންފީޒުކުރެވުނުތޯ ކިޔައިގެން ޑިފެންސް މިނިސްޓަރާއި ވެސް ސުވާލުކުރުމަށް އެމްޑީޕީން މިހާރު ވަނީ ހުށަހަޅާފައެވެ. މިގޮތަށް ހުށަހެޅީ ވެސް މަރުގެ ފަހަތުގައި އޮޕަރޭޝަނަލް ފެއިލިއާއެއް ނުވަތަ ޕްރޮޓޮކޯލާ ޚިލާފު ކަންތައްތަކެއް އެބަހުއްޓޭ ކިޔައި ހެކިތަކެއް އުފައްދައިގެން އެ ހުރިހާ ވާހަކައެއް އިޓަލީގެ ފަތުރުވެރިންގެ މަރާއި ގުޅުވައި ސަރުކާރަށް ބޭރުގެ ޕްރެޝަރު ކޮށްގެން ރާއްޖޭގެ ޓުއަރިޒަމް ހަލާކުކޮށްލުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

އެމްޑީޕީއިޓަލީސިޔާސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިޔާލުތަފާތުވުން ބޮޑުވެ، 5 މަސް ނުވަނީސް "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

ހިޔާލުތަފާތުވުން ބޮޑުވެ، "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

17 ގަޑިއިރު ކުރިން - 10:23

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

19 ގަޑިއިރު ކުރިން - 08:31

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

6 ދުވަސް ކުރިން - 13:11

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

7 ދުވަސް ކުރިން - 18:55

ސިޔާސީ މަގާމުތައް މަދުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު

ސިޔާސީ މަގާމުތައް މަދުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު

11 ދުވަސް ކުރިން - 11:07

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ދައުލަތުގެ ބަޖެޓު ދަވައިލި

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ބަޖެޓު ދަވައިލި

11 ދުވަސް ކުރިން - 10:56