Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ޗާގޯސް މިދިޔަ ސަރުކާރުން ދޫކޮށްލީ ވަކީލުންނަށް މިލިއަނުން ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން: ރައީސް

އައިޝަތު ރުވާ ރިފްޢަތު
121 ދުވަސް ކުރިން - 15 ޖޫން 2026 00:13
މީދޫގައި ބޭއްވި ޕީއެންސީ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ---
މީދޫގައި ބޭއްވި ޕީއެންސީ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ---
ޚުލާސާ

ރައީސް ވިދާޅުވީ މިކަން ކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ލަފައެއް ނުވަތަ ދައުރެއް ނެތި ފޮނުވި ސިޓީއަކާއެކު ކަމަށް. އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެ ސަރަހައްދު ރަސްމީކޮށް ހޯދުމުގެ ގާނޫނީ މަސައްކަތްތައް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެންދިޔައީ ނިމިދިޔަ ސަރުކާރުން ބޭރުގެ ވަކީލުންނަށް ރައްޔިތުންގެ ފައިސާއިން މިލިއަނުން ހަރަދުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ. މީދޫ އިން ނިމިދިޔަ ކައުންސިލް އިންތިހާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރަން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުގައި ފެނިގެންދިޔައީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް، ގާނޫނާ ހިލާފަށް އަދި ރައްޔިތުންނަށް އެއްވެސް އެނގުމެއް ނެތި ދޫކޮށްލި މަންޒަރު ކަމަށެވެ. އަދި މިކަން ކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ލަފައެއް ނުވަތަ ދައުރެއް ނެތި ފޮނުވި ސިޓީއެއްގެ ސަބަބުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިއީ އަޅުގަނޑުމެންގެ ކުރިމަތީގައި ކަންކަން ހިނގަމުންދާއިރު، އަޅުގަނޑުމެންގެ ސިކުނޑިން ވިސްނަންޖެހޭ ކަންކަން،"
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރުގެ ފަނާކުރަނިވި ސިޔާސަތުގެ ދަށުން ކަންކަން އެމަގުން ދިޔަ ނަމަވެސް، ބިނާކުރަނިވި ޕީއެންސީގެ ފިކުރުން އެ ފޮނުވި ސިޓީ މިހާރު އަނބުރާ ގެނެސްފައިވާ ކަމަށެވެ. އަދި ވިއްކާލި ކަނޑުގެ ސަރަހައްދަކީ ގާނޫނީ ގޮތުން އަނެއްކާވެސް ރާއްޖޭގެ ބައެއްގެ ގޮތުގައި މި ސަރުކާރުން ބަލާ ކަމަށާއި، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެ ސަރަހައްދު ރަސްމީކޮށް ހޯދުމުގެ ގާނޫނީ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement 1

މިއީ ހަރަދު ބޮޑު މަސައްކަތެއް ނަމަވެސް، ގައުމުގެ ހައްގުގައި މިކަން ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިދިޔަ ސަރުކާރުން ރައްޔިތުންގެ ފައިސާ މިލިއަނުން ހަރަދުކުރީ އެ ސަރަހައްދު ދޫކޮށްލުމަށެވެ.

ގައުމުގެ ސިޔާދަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކެނޑުނޭޅި މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ކުރިމަތީގައި އެންމެ އިސްވާނީ ދިވެހިން ކަމަށެވެ. ނަމަވެސް މީގެ ކުރިން ކަންތައް ހުރީ ވަކި ގައުމަކުން ބޭނުންވާ ގޮތަށް ކަންކަން ނިންމާ އުސޫލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ބޭނުންވީމަ ގައުމުތަކާ ސިޔާސީ ގުޅުންތައް ވެސް ކަނޑާލަނީ، އިންޓަނޭޝަނަލް ޖަމާއަތްތަކުން ވަކިވެސް ވަނީ، މިގޮތަށް މީގެ ކުރީގެ ދެތިން ސަރުކާރެއްގައި ކަންތައްތައް ހިނގާފައި ހުރީ،"
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ހާރިޖީ ގުޅުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިސްރާއީލް ފިޔަވައި ކިތަންމެ ކުޑަ ނުވަތަ ބޮޑު ގައުމަކާވެސް ރާއްޖެއިން ގުޅުން ބާއްވާނެ ކަމަށެވެ. ނަމަވެސް މީގެ ކުރިން އިސްރާއީލާ ގާތް ގުޅުމެއް ބާއްވަން އުޅުނު ކަމަށާއި، ލޮލުގެ ފަރުވާއަށް އެ ގައުމުގެ ޑޮކްޓަރުން ގެނައުމަށާއި، އިސްރާއީލުގެ އެއާލައިންތަކަށް ރާއްޖެއިން ޖާގަ ދޭން މަސައްކަތް ކުރި ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ހުއްޓުވީ ރައްޔިތުން ނިކުމެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ޕީއެންސީގެ ފިކުރަކީ އިސްލާމްދީން މަތިވެރިކޮށް، ގައުމު އިސްކޮށް ކުރިއަށް ނެރޭ ނުގުޑާ ފަދަ ވަރުގަދަ ގައުމީ ފިކުރެއް ކަމަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި އެ ޕާޓީން ކުރި މަސައްކަތާއި ގެންގުޅުނު ސިޔާސަތަކީވެސް އެއީ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުދ. މީދޫއެމްޑީޕީޕީއެންސީފޯޅަވަހި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ރަސްމާލެ ވޯޓަރފްރަންޓް މަޝްރޫއުން ދިވެހި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ: އަލްއައްބާރު

ރަސްމާލެ ވޯޓަރފްރަންޓް މަޝްރޫއުން ދިވެހި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ: އަލްއައްބާރު

2 ދުވަސް ކުރިން - 15:29

ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ 9 ވަނަ ސެޝަން މިރޭ

3 ދުވަސް ކުރިން - 10:52

އަންހެން ކުދިން މުސްތަގްބަލުގެ ލީޑަރުންގެ ގޮތުގައި ބިނާކުރުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސް

އަންހެން ކުދިން މުސްތަގްބަލުގެ ލީޑަރުންގެ ގޮތުގައި ބިނާކުރުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސް

3 ދުވަސް ކުރިން - 10:45

ނަފްސާނީ ދުޅަހެޔޮކަަމަށް އިސްކަންދޭ، އެންމެން ޝާމިލްވާ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމާ!

ނަފްސާނީ ދުޅަހެޔޮކަަމަށް އިސްކަންދޭ، އެންމެން ޝާމިލްވާ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމާ!

3 ދުވަސް ކުރިން - 15:34

އަތޮޅުތަކުގައި "ސަރުކާރުގެ ހިދުމާތު މަރުކަޒު"ތައް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

އަތޮޅުތަކުގައި "ސަރުކާރުގެ ހިދުމާތު މަރުކަޒު"ތައް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

5 ދުވަސް ކުރިން - 15:40

އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ގާއިމުކުރުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށް

އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ގާއިމުކުރުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށް

5 ދުވަސް ކުރިން - 15:38