Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

އައިޝަތު ރުވާ ރިފްޢަތު
48 ދުވަސް ކުރިން - 15 ޖޫން 2026 00:49
މީދޫގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ---
މީދޫގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ---
ޚުލާސާ

ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ދީނީ އަގީދާއަށް ފުރައްސާރަކޮށް މަސްތުވާތަކެތި އާންމުކުރި ނަމަވެސް، މި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދީނަށް ނަސްރުދީ ޒުވާނުން ބިނާކުރުން ކަމަށް. ގައުމުގެ ކުރިމަގަށް ރައްޔިތުން އިހުތިޔާރު ކުރަންވީ ޕީއެންސީގެ ބިނާކުރަނިވި ފިކުރު ކަމަށާއި، އެއީ ކާމިޔާބީގެ ހަގީގީ ރާސްތާ ކަމަށް ވިދާޅުވި.

އިދިކޮޅު އެމްޑީޕީގެ ވޭތުވެދިޔަ ދެ ސަރުކާރުގެ ސިޔާސަތުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ކައުންސިލް އިންތިހާބުގައި ދ. މީދޫ އިން ޕީއެންސީ ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އެމްޑީޕީގެ ދެ ސަރުކާރުން ވެސް ފެނިގެންދިޔައީ އިސްލާމްދީނާ ދުރު ސިޔާސަތުތަކެއް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ގެންގުޅުނީ ދީނީ އިލްމުވެރިން ދައްކަވާ ވާހަކަފުޅުތަކުގެ ބަދަލުގައި "އަލްޓަނޭޓިވް ނެރޭޓިވް" ނުވަތަ އިތުރު ގޮތްތަކެއް ހޯދުމުގެ ސިޔާސަތެކެވެ. އެއީ ކީރިތި ގުރުއާނާއި ސުންނަތުގައި އޮތް ސާފު މަގު ދޫކޮށް، އެއަށްވުރެ "މޮޅު ގޮތްތަކެއް" ހޯދަން އުޅުމުގެ ސިޔާސަތެއް ކަމަށް ރައީސް ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން، އެމްޑީޕީގެ ދެވަނަ ސަރުކާރަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ، އެ ފަސް އަހަރު ފެނިގެންދިޔައީ "އެމްޑީއެން" ރިޕޯޓުގެ ސިޔާސަތު ކަމަށެވެ. އަދި އެއީ ދިވެހިންގެ މުގައްދަސް އަގީދާއަށް ފުރައްސާރަކޮށް، އެ ފުރައްސާރަކުރި މީހުންނަށް ރައްޔިތުންގެ ފައިސާއިން މުސާރަދީގެން ބޭތިއްބި ސަރުކާރެއް ކަމަށާއި، އެއީ ބަދަލުނުކުރެވޭނެ ހަގީގަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement 1

މި ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުގެ އެންމެ އިސް އަމާޒަކީ އިސްލާމްދީނަށް ނަސްރުދިނުން ކަމަށެވެ. އަދި ގައުމުގެ ކަންކަން ތަރުތީބު ކުރަމުންދަނީ އެންމެ ތުއްތު ކުއްޖާއިން ފެށިގެން ހުރިހާ ރައްޔިތުންގެ ހިތްތަކުގައި ދީނީ ލޯބި އިތުރުކުރެވޭނެ ގޮތަށް ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން މަސްތުވާތަކެއްޗާއި ވޭޕް ފަދަ ނުރައްކާތެރި ވަބާތައް އާންމުކުރުމުގެ ސިޔާސަތުތަކެއް ފެނިގެންދިޔަ ނަމަވެސް، މި ސަރުކާރުން އެކަންކަމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ޒުވާނުން މަގުމަތީގައި އުންމީދު ގެއްލިފައި ތިބި ތިބުން ނިމުމަކަށް ގެނައުމަށް "ނެޝަނަލް ސާވިސް ޕްރޮގްރާމް" ފަށާފައިވާ ކަމަށާއި، މިހާރު ބެޗަކަށް ފަހު ބެޗެއް ތަމްރީނުވެގެން ގައުމީ ހިދުމަތަށް ނިކުންނަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ރައްޔިތުން އިހްތިޔާރު ކުރަންވީ ކާމިޔާބީގެ ރާސްތާތޯ ނޫނީ ގެއްލުމާއި ހަލާކުގެ ރާސްތާތޯ ނިންމަން ޖެހޭ ކަމަށެވެ. އަދި ޕީއެންސީއަކީ ގައުމު ބިނާކުރުމުގެ ފިކުރުކަން ތަކުރާރު ކުރައްވައި، އިދިކޮޅު ފަރާތްތަކުގެ ދީނާ ދުރު ސިޔާސަތުތަކަށް ރައްޔިތުން ސަމާލުވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

އެމްޑީޕީރައީސް ޑރ. މުހައްމަދު މުއިއްޒުޕީއެންސީދ. މީދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕީއެންސީގެ ލީޑަޝިޕުން ސައުދާއަށް ފުރުޞަތެއް؛ ނައިބު ރައީސްކަމަށް ވާދަކުރައްވަނީ!

ޕީއެންސީގެ ލީޑަޝިޕުން ސައުދާއަށް ފުރުޞަތެއް؛ ނައިބު ރައީސްކަމަށް ވާދަކުރައްވަނީ!

4 ގަޑިއިރު ކުރިން - 22:36

ތުރުކީ ބާޒާރު ދިވެހި މަސްވެރިންނަށް ހުޅުވިއްޖެ! 39 ބާވަތަކުން ޑިއުޓީ އެއްކޮށް މާފު

ތުރުކީ ބާޒާރު މަސްވެރިންނަށް ހުޅުވިއްޖެ! 39 ބާވަތަކުން ޑިއުޓީ އެއްކޮށް މާފު!

13 ގަޑިއިރު ކުރިން - 13:23

ދޮޅުއަހަރުތެރޭ ސްމާޓް އައިޑީކާޑު ބޭނުންކުރަން ފަށާނެ

ދޮޅުއަހަރުތެރޭ ސްމާޓް އައިޑީކާޑު ބޭނުންކުރަން ފަށާނެ

20 ގަޑިއިރު ކުރިން - 07:19

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

1 ދުވަސް ކުރިން - 14:29

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

2 ދުވަސް ކުރިން - 11:07

ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއެކު ގޭންގު ކުށްތައް މަދުވެއްޖެ: ރައީސް

ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއެކު ގޭންގު ކުށްތައް މަދުވެއްޖެ: ރައީސް

2 ދުވަސް ކުރިން - 09:54