Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނިމިދިޔަ އަހަރު ރެކޯޑު މިންވަރަކަށް އާމްދަނީ ލިބުނު؛ ހަރަދުކުރީ އެމްޑީޕީ ސަރުކާރުން ނެގިހާ ލޯނެއް އަދާކުރުމަށް

ނިމިދިޔަ އަހަރު ރެކޯޑު މިންވަރަކަށް އާމްދަނީ ލިބުނު؛ ހަރަދުކުރީ އެމްޑީޕީ ސަރުކާރުން ނެގިހާ ލޯނެއް އަދާކުރުމަށް

އައިޝަތު ރުވާ ރިފްޢަތު
49 ދުވަސް ކުރިން - 2 ޖޫން 2026 11:31
ނިމިދިޔަ ސަރުކާރުގެ ރައީސް މުހައްމަދު ސާލިހު އަދި މަޖިލިސް ރައީސްކަން ކުރެއްވި މުހައްމަދު ނަޝީދު---
ނިމިދިޔަ ސަރުކާރުގެ ރައީސް މުހައްމަދު ސާލިހު އަދި މަޖިލިސް ރައީސްކަން ކުރެއްވި މުހައްމަދު ނަޝީދު---
ޚުލާސާ

މިސަރުކާރުން 2025 ވަނަ އަހަރު ދަރަނި އަދާކުރުމަށް އެކަނިވެސް 10.1 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ. 2025 ވަނަ އަހަރު ލިބިފައިވަނީ 39.9 ބިލިއަން ރުފިޔާ. ޖުމްލަ ޚަރަދު ހުރީ 44.2 ބިލިއަން ރުފިޔާގަ.

ނިމިދިޔަ 2025 ވަނަ އަހަރަކީ ދިވެހި ދައުލަތަށް ރެކޯޑު މިންވަރަކަށް އާމްދަނީ ލިބުނު އަހަރަކަށް ވީނަމަވެސް، އެ އާމްދަނީގެ ބޮޑު ބައެއް ހޭދަކުރަން ޖެހުނީ ކުރީގެ އެމްޑީޕީ ސަރުކާރުން ވާރުތަވި ބޮޑު ދަރަނި އަދާކުރުމަށް ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "ބަޖެޓު ނަތީޖާ ބަޔާން 2025" އިން ދައްކާގޮތުގައި، މިސަރުކާރުން 2025 ވަނަ އަހަރު ދަރަނި އަދާކުރުމަށް އެކަނިވެސް 10.1 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ކުރީގެ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ޕްރިންސިޕަލްއަށް ދެއްކި 5.3 ބިލިއަން ރުފިޔާ އާއި އިންޓްރެސްޓްގެ ގޮތުގައި ދެއްކި 4.8 ބިލިއަން ރުފިޔާއެވެ.

މި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން، މިސަރުކާރުން ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި (ނޮވެމްބަރު 2023 އިން މާރިޗު 2026 އަށް) ބޭރުގެ ދަރަނީގެ ގޮތުގައި ޖުމްލަ 2.3 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ދައްކާފައެވެ. މިއީ ކުރީގެ އެމްޑީޕީ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގައި ދެއްކި 538 މިލިއަން ޑޮލަރާ އަޅާބަލާއިރު އެތައް ގުނައެއް އިތުރު އަދަދެކެވެ.

Advertisement

Advertisement 1

މާލީ ގޮތުން ސަރުކާރުން ހޯދި ބޮޑު ކާމިޔާބީއަށް ބަލާއިރު، 2025 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓް ވަނީ އަންދާޒާކުރި 9.4 ބިލިއަން ރުފިޔާއިން 4.4 ބިލިއަން ރުފިޔާއަށް ދަށްކުރެވިފައެވެ. މިއީ %53.6 ގެ ބޮޑު ކުރިއެރުމެކެވެ. އަދި ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީ.ޑީ.ޕީ) ބަލާއިރު، 2023 ވަނަ އަހަރު %10.5 ގައި ހުރި ޑެފިސިޓް، 2025 ވަނަ އަހަރު ވަނީ %3.6 އަށް ދަށްވެފައެވެ. މިއީ ފާއިތުވި ހަތް އަހަރުގެ ތެރޭގައި ޑެފިސިޓް މިހާބޮޑަށް ދަށްވި ފުރަތަމަ ފަހަރެވެ.

ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު، 2025 ވަނަ އަހަރު ލިބިފައިވަނީ 39.9 ބިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރުގެ ފަހުން ދައުލަތަށް އެންމެ ގިނަ އާމްދަނީ ލިބުނު އަހަރެވެ. މި އާމްދަނީ ލިބުމުގައި ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި، ރިސޯޓް ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އަދި ވޯކް ޕާމިޓް ފީ ފަދަ ޓެކްސް ނޫން އާމްދަނީ އިތުރުވުން މުހިންމު ދައުރެއް އަދާކުރިއެވެ.

މިނިސްޓްރީން ބުނި ގޮތުގައި، 2025 ވަނަ އަހަރަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައި، ފާސްކުރި ބަޖެޓުގެ ތެރޭގައި ޚަރަދުތައް މެނޭޖުކުރެވުނު ހަމައެކަނި އަހަރެވެ. ޖުމްލަ ޚަރަދު ހުރީ 44.2 ބިލިއަން ރުފިޔާގައެވެ.

މި ނަތީޖާއިން ދައްކައިދެނީ، ކުރީގެ ސަރުކާރުން ވާރުތަވި ބޮޑު ދަރަނި އަދާކުރުމުގެ ބުރަ އުފުލަމުންވެސް، އާމްދަނީ އިތުރުކޮށް، ޚަރަދުތައް ކޮންޓްރޯލްކޮށް، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގައި ސަރުކާރުން ހޯދާފައިވާ ބޮޑު ކުރިއެރުން ކަމަށް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީފިނޭންސްމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސަބްސިޑީގެ ހޭދަ ބޮޑުވީ ރައްޔިތުންގެ އަތުން ހޭދަކުރެންޖެހޭ ވަރު ބޮޑު ނުކޮށް އިރާނު ހަނގުރާމައިގެ އަސަރުން އިޤްތިސާދަށް ކުރި އަސަރު މެނޭޖްކުރުމަށް

ސަބްސިޑީގެ ހޭދަ ބޮޑުވީ އީރާނު ހަނގުރާމައިގެ ލޮޅުމުން ރައްޔިތުން ސަލާމަތްކުރުމަށް

3 ގަޑިއިރު ކުރިން - 20:36

ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް: އެންމެ ބޮޑު ހަރަދެއް ތެލާއި ކަރަންޓު އަގުބޮޑުވިޔަނުދީ ހިފެހެއްޓުމަށް

ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް އަރައިފި

5 ގަޑިއިރު ކުރިން - 18:41

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރަން އަންގައިފި

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރަން އަންގައިފި

3 ދުވަސް ކުރިން - 18:28

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

3 ދުވަސް ކުރިން - 05:40

ޖޫން މަހު ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ނަމަވެސް، ކުރު މުއްދަތުގެ ދަރަނިތައް އަދާކުރުމާ އެކު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

5 ދުވަސް ކުރިން - 10:27

ޓެކްސްގެ އާމްދަނީ އިތުރުވުމާއެކު ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފި

ޓެކްސްގެ އާމްދަނީ އިތުރުވެ، އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފި

5 ދުވަސް ކުރިން - 10:22