Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

އައިޝަތު ރުވާ ރިފްޢަތު
92 ދުވަސް ކުރިން - 6 ޖޫން 2026 19:55
އެމްޑީޕީ ކެންޑިޑޭޓް ސޯބެ އަދި ޕީއެންސީގެ ކެންޑިޑޭޓް ސޮޑާ. މި އިންތިހާބު ހަނިގޮތަކަށް ކާމިޔާބުކުރީ ސޯބެ---
އެމްޑީޕީ ކެންޑިޑޭޓް ސޯބެ އަދި ޕީއެންސީގެ ކެންޑިޑޭޓް ސޮޑާ. މި އިންތިހާބު ހަނިގޮތަކަށް ކާމިޔާބުކުރީ ސޯބެ---
ޚުލާސާ

ހިތަދޫ ފޮށިތަކުން ޕީއެންސީ ކެންޑިޑޭޓް ސޮޑާއަށް 958 ވޯޓު ލިބިފައިވާއިރު، ސޯބެއަށް ލިބިވަޑައިގަތީ 924 ވޯޓު. މާލޭ ފޮށީގެ ނަތީޖާ ދައްކާގޮތުން ސޯބެއަށް 451 ވޯޓު ލިބިވަޑައިގަތްއިރު، ސޮޑާއަށް ލިބިވަޑައިގަތީ 355 ވޯޓު. ސޯބެ އިންތިހާބު ކާމިޔާބުކުރީ 62 ވޯޓު ކުރީގައި އޮވެގެން.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބުކޮށްފިއެވެ. ސޯބެ މި ގޮނޑި ކާމިޔާބުކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު ސައީދު (ސޮޑާ) އާ ވާދަކޮށް ވަރަށް ހަނި ތަފާތަކުންނެވެ.

މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސޯބެ މި ގޮނޑި ކާމިޔާބުކުރެއްވީ 62 ވޯޓުގެ ފަރަގަކުންނެވެ. އިންތިހާބުގެ ޖުމްލަ ނަތީޖާއިން ސޯބެ ކުރިހޯއްދެވި ނަމަވެސް، ވޯޓުލީ ގިނަ ފޮށިތަކުގެ ކުރީގައި އޮތީ ޕީއެންސީގެ ކެންޑިޑޭޓް ސޮޑާއެވެ. އެގޮތުން މި ދާއިރާއަށް ބެހެއްޓި 7 ވޯޓު ފޮށީގެ ތެރެއިން 4 ފޮށި ކާމިޔާބުކުރީ ސޮޑާއެވެ.

ހާއްސަކޮށް ހިތަދޫގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު، އެ ރަށުން ކުރި ހޯއްދަވާފައިވަނީ ސޮޑާއެވެ. ހިތަދޫ ފޮށިތަކުން ސޮޑާއަށް 958 ވޯޓު ލިބިފައިވާއިރު، ސޯބެއަށް ލިބިވަޑައިގަތީ 924 ވޯޓެވެ.

Advertisement

Advertisement 1

ނަމަވެސް، ސޯބެއަށް އިންތިހާބު ކާމިޔާބުވުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ މާލޭގައި ބެހެއްޓި ވޯޓު ފޮށިންނެވެ. މާލޭ ފޮށީގެ ނަތީޖާ ދައްކާގޮތުން ސޯބެއަށް 451 ވޯޓު ލިބިވަޑައިގަތްއިރު، ސޮޑާއަށް ލިބިވަޑައިގަތީ 355 ވޯޓެވެ. މާލޭ ފޮށިން ސޯބެ ހޯއްދެވި ބޮޑު ތަފާތާއެކު އިންތިހާބުގެ ޖުމްލަ ނަތީޖާ ވަނީ ސޯބެގެ ކޮޅަށް އެނބުރިފައެވެ.

މި އިންތިހާބަކީ ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބޭއްވުނު ފޯރިގަދަ ބައި އިލެކްޝަނެކެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ކުރިއަށް އޮތް ވަގުތުތަކުގައި އިއުލާން ކުރާނެއެވެ.

އަހްމަދު ސައީދު (ސޮޑާ)އަބްދުﷲ ސޯދިގު (ސޯބެ)ޕީއެންސީއެމްޑީޕީއިލެކްޝަންސް ކޮމިޝަން (އީސީ)ބައި-އިލެކްޝަންހިތަދޫ އުތުރު ދާއިރާ
Advertisement
Advertisement

5 ރިއެކްޝަންސް / 3 ކޮމެންޓް

0%
0%
0%
0%
0%

ނައީ

92 ދުވަސް ކުރިން - 09:08

އައްޑުއަށް މާލެއިން އާ ކެމްޕެއިން ކެރާއް އާމީހުންނަކީ އުތުދާއިރާއެހެއި ބީރައްޓެހި ބާކިއެ.މިކެޑަށް ކެމްޕެއިން ކެރާއް ދުވަހަކި އާބާކިއެސްނުނާ.އެވެރިންއާމެއި އެވެންނަށް ޖެއްސުންކޮށް އެވެރިން ފަހަތި އެޑަގެން މިޅި އައްޑޫ ނުކުމިފެއި އޮތީ. ޑަބްލިއު ޑީސީ އެއި ކައުންސިލަރުންނާއި މޭޔަރާއި މިޅި އަތެޅެމހިމެނޭހެން އެވެންނަށް ޖެއްސުންކެރާއާއްސެއި ތިބީ. ކެމްޕޭން ކެރާއް އާމެއި އެވެރިން ވެދެފައި ނުކުންނަ ގޭގޭ ފާރަ ލާގެން ތިބެ ވެދެ ބަދަލުކެރާއް ވާހަކަ ދައްކައި ހެދީ. އަދި ނިވީތާކަށް ސިނާގެ މީހުންނާއި އަޙުމަދު ސަޢީދުއެއި ޖައްސައި ފިތުނަ ހަދައި އެވެރިން ރަތަށް އަރުވައި ހެދީ. ނަށީދުމެން އިބޫމެން ޔާމީން އަށަސް ތާއީދު ކެޑެބާކިން އާދެކެޑަށް ސޮޑާ ކެޑެ ހިތްވަރަށް ހަމަސާބަސް. މިޅި އެމްޑީޕީގެވެރިންއާސް އެންޓިކެމްޕޭންޖައްސަގެނަސްއެއްކޮށް ނުކުމި ކެޑެ ވަރާއި ބަލާއް ސޮޑާ ކެހެއި ގަދަ.ހިތަދޫ އިން ހިށީ ސޮޑާ ހޮވިފެއި.

ސޮޑާ

92 ދުވަސް ކުރިން - 23:27

62 އެއީ ކުޑަތަފާތެއްތަ

ޔޫސުފް

92 ދުވަސް ކުރިން - 20:12

ގިނަ ފޮށިން ކުރީގަ އޮވީމަތަ ސޮޑާ އެއިނީ މަޖިލިސް އަށް ހޮވިފަ 🤣 ދެން އަވަހަށް ކޯޓަށް ވައްދާގެން ގޮނޑި ސޮޑާ އަށް ހޯދަދީ އެއީ ޕީ އެން ސީ އަށް ވާނި ވަރަކީ 🤣

ގުޅޭ ޚަބަރުތައް

ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި، ކިބުރުވެރިކަމާއި އަނބިދަށުވުމުން: އަބްދުއްރަހީމް

ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި، ކިބުރުވެރިކަމާއި އަނބިދަށުވުމުން: އަބްދުއްރަހީމް

1 ދުވަސް ކުރިން - 08:40

“ކޮންމެ ދުވަހަކު އެއްގަޑިއަކަށް ފަޔާގެ ގެޔަށް ނަޝީދު ގެންގޮސް ސިހުރުގެ ކާއެއްޗެހި ދެނީ” ކަމަށް ތުހުމަތު ކޮށްފި

‘ފަޔާގެ ގެޔަށް ނަޝީދު ގެންގޮސް ސިހުރުގެ ކާއެއްޗެހި” ދޭކަމަށް ތުހުމަތު ކޮށްފި

1 ދުވަސް ކުރިން - 18:46

ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތައް މެއިންސްޓްރީމްކުރަން އޮނިގަނޑެއް އެކަށައަޅަނީ

ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތައް މެއިންސްޓްރީމްކުރަން އޮނިގަނޑެއް އެކަށައަޅަނީ

7 ދުވަސް ކުރިން - 23:49

ހިޔާލުތަފާތުވުން ބޮޑުވެ، 5 މަސް ނުވަނީސް "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

ހިޔާލުތަފާތުވުން ބޮޑުވެ، "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

9 ދުވަސް ކުރިން - 10:23

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

9 ދުވަސް ކުރިން - 08:31

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

15 ދުވަސް ކުރިން - 13:11