ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި، އަނިޔާ ލިބުނު ފަރާތަކީ ދިވެހި ފިރިހެނެއް ކަމަށް. އަނިޔާ ލިބުނު ފަރާތަށް އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވޭ.
744 ދުވަސް ކުރިން - 06:28
މިދިޔަ އަހަރު މާލޭގައި ހިންގި ނުރައްކާތެރި މާރާމާރީއަކާ ގުޅިގެން ފިލައިގެން އުޅުނު 3 މީހަކު ހައްޔަރުކޮށްފި.މި މީހުން ހައްޔަރުކޮށްފައިވަނީ ތައިލެންޑުން ޑިޕޯޓްކޮށްލުމާ ގުޅިގެން ރާއްޖެ އައުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން. މީގެ ތެރެއިން ދެ މީހަކު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، އެއް މީހަކު ބަންދުން ދޫކޮށްލަން އަމުރުކޮށްފައިވޭ
744 ދުވަސް ކުރިން - 06:12