ގެއްލިގެން ހޯދަނީ ހއ. ހޯރަފުއްޓަށް ނިސްބަތްވާ، ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ޑިފެންޑަރެއް ކަމަށް ވާ މުޙައްމަދު ސާއިފް (30އ). ފުލުހުން ބުނާ ގޮތުގައި، މިހާރު ހުޅުމާލެ ފުލެޓް 205-2-35 ގައި ދިރިއުޅެމުންދިޔަ މުޙައްމަދު ސާއިފް އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެންބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ 21:00 ހާއިރު، ހުޅުމާލެ ފޭސް 3 އިން ކަމަށް. އޭނާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ މަޑު ފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖީންސެއް ކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފަވާ ކަމަށް.
740 ދުވަސް ކުރިން - 17:36