ހއ. ހޯރަފުއްޓަށް ނިސްބަތްވާ، ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ޑިފެންޑަރެއް ގެއްލިގެން ހޯދަން ފަށައިފިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކުރި ގޮތުގައި، ހއ. ހޯރަފުށި / ހީރާ، މުޙައްމަދު ސާއިފް (30އ) އެންމެ ފަހުން ފެނިފައިވަނީ ރޭ 21:00 ހާއިރު، ހުޅުމާލެ ފޭސް 3 އިންނެވެ. އޭނާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ މަޑު ފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖީންސެއް ކަމަށް ފުލުހުން ބުނެއެވެ.

ހުޅުމާލެ ފުލެޓް 205-2-35 ގައި ދިރިއުޅެމުންދިޔަ މުޙައްމަދު ސާއިފަކީ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ޑިފެންޑަރެއް ކަމަށްވާތީ، އޭނާ ގެއްލުމާ ގުޅިގެން ކުޅިވަރުގެ ދާއިރާގައިވެސް ކަންބޮޑުވުން ފާޅުކުރަމުންދެއެވެ. ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މުޙައްމަދު ސާއިފާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގަންނަވާ ފަރާތްތަކުން 3322111 ނުވަތަ 9790052 އަށް ގުޅުއްވައި މަޢުލޫމާތު ދެއްވުމަށް ފުލުހުން އެދިވަޑައިގެންފައިވެއެވެ.