މާފުށި ޖަލުގައި ގައިދީއަކު ދަންޖެހުނު ހާދިސާއާ ގުޅިގެން އެންއައިސީން ތަޙްޤީޤު ފަށައިފި

އައިޝަތު ރުވާ ރިފްޢަތު | 432 ދުވަސް ކުރިން - 24 ސެޕްޓެންބަރު 2024 19:48
މާފުށި ޖަލު/ ފޮޓޯ: އެޓޯލް ޓައިމްސް
މާފުށި ޖަލު/ ފޮޓޯ: އެޓޯލް ޓައިމްސް
ޚުލާސާ

މި ހާދިސާއާ ގުޅިގެން އެންއައިސީން އެކްސް (ކުރީީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މާފުށީ ޖަލުގައި ބަންދުގައި ހުރި މީހަކު ދަންޖެހި ނިޔާވި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ކޮމިޝަނުގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށް.

މާފުށި ޖަލުގައި ހުރި ގައިދީއަކު ދަންޖެހިގެން ނިޔާވި ހާދިސާއާ ގުޅިގެން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ޓީމެއް ތަޙްޤީޤު ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ކ. މާފުށި ޖަލުގައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން މަޢުލޫމާތު ދެއްވި ގޮތުގައި، ދަންޖެހިގެން ނިޔާވެފައިވަނީ ގ. އެއްތެޔޮމާގޭ އަބްދުލް ޣަނީ އިސްމާޢީލް (62 އަހަރު) އެވެ. އޭނާއަކީ 15 އަހަރުގެ ކުޑަކުއްޖަކާ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި މީހެކެވެ.

އެމްސީއެސްއިން އިތުރަށް ވިދާޅުވި ގޮތުގައި، އަބްދުލް ޣަނީ ގޮޅީގައި ދަންޖެހިފައި ހުއްޓާ ކަރެކްޝަންސްގެ އޮފިސަރުންނަށް ފެނުމުން، ވަގުތުން އޭނާ ވަނީ ކ. މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އޭނާ ނިޔާވި ކަމަށް ޑޮކްޓަރުން ކަނޑައަޅާފައިވަނީ މިއަދު ހެނދުނު 7:21 ގައެވެ.

މި ހާދިސާއާ ގުޅިގެން އެންއައިސީން އެކްސް (ކުރީީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މާފުށީ ޖަލުގައި ބަންދުގައި ހުރި މީހަކު ދަންޖެހި ނިޔާވި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ކޮމިޝަނުގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި މައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވެސް ތަޙްޤީޤު ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%