ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އައިޑީ މޮމެޑް ސެޚް (32އ) ކަމަށް. އޭނާ ވީނުވީއެއް ނޭނގި ގެއްލިފައިވާކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ ހަވީރު.
734 ދުވަސް ކުރިން - 15:35
.އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހަބަރުލިބޭއިރު ، މަރުވެފައި އޮއްވާ ފެނުނީ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިޔަށް ގެންދާ ވިލިމާލޭގެ ސައިޓުން. ފުލުހުން މިހާރު ދަނީ މައްސަލަ ތަހުގީގު ކުރަމުން
734 ދުވަސް ކުރިން - 11:12
ނިޔާވެފައި އޮއްވާ ފެނުނީ، ހ. ވެލަސްފަރުގޭ، އިބްރާހިމް ޖައުހަރީ (62އ). ޖައުހަރީ އަކީ މައުމޫނުގެ ވެރިކަމުގެ ފަހުކޮޅު އިދިކޮޅު ފަރާތްތަކުން ހިންގި އިސްލާހީ ހަރަކާތުގައި ފޮޓޯ ނެގުމުގެ އިތުރުން އެ ހަރަކާތުގައި "އެކްޓިވް"ކޮށް އުޅުނު ފަރާތެއްކަން ފާހަގަ ކުރެވޭ
735 ދުވަސް ކުރިން - 20:37
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ގއ. ވިލިނގިލި / އެތެންސް، މުހައްމަދު އަތޫފް ހަބީބް (24އ)، ގއ. ވިލިނގިލި / ޒޫމް، މުހައްމަދު ތަޤިއްޔު (25އ) އަދި ގދ. ގައްދޫ / ވިލަސް، މުޙައްމަދު ޒަހުވާން (23އ). މި އޮޕަރޭޝަނުގައި، އެތަނުން އެކަކު ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށްބެލެވޭ އެއްޗެއްހުރި ހަތް ރަބަރު ޕެކެޓާއި، ހަތަރު ރަބަރުކޮޅާއި، ސެލޯފިންކޮޅެއްގެ އިތުރުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 20 ލީޓަރުގެ ހަމެއް ފެނިފައިވާކަމަށް ފުލުހުން ބުނި.
735 ދުވަސް ކުރިން - 15:08
ދިވެހި ފުލުހުންގެ ޚިދުމަތުގެ 13 ފުލުހަކު ބައިނަލްއަޤްވާމީ ތަމްރީނު ޕްރޮގްރާމްތަކެއްގައި ބައިވެރިވުމަށް ފުރައިފި. މި ދަތުރުގައި ތުރުކީ، ސިންގަޕޫރު އަދި އެމިރޭޓްސްގައި ޚާއްސަ ތަމްރީނުތަކެއް، އެ ޕްރޮގްރާމަކަށް ހޮވިފައިވާ ފުލުހުން ފުރިހަމަކުރާނެ. މި ތަމްރީނުތަކަކީ ޤާނޫނު ތަންފީޒުކުރުމާއި، ލީޑަރޝިޕް އަދި ފުލުހުންގެ މަސައްކަތުގެ އެކި ދާއިރާތަކުން މީހުން ބިނާކޮށް ހުނަރު އިތުރުކުރުމަށް ކުރިއަށްގެންދާ ތަމްރީނުތަކެއް.
735 ދުވަސް ކުރިން - 15:01
މި މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ގއ. ކޮނޑޭއަށް ނިސްބަތްވާ 23 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވޭ. މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައިވޭ.
737 ދުވަސް ކުރިން - 22:40
މި އޮޕަރޭޝަނަކީ ރައީސްގެ ނިންމެވުންތައް އިތުރަށް ހަރުދަނާކަމާއެކު ތަންފީޒުކޮށް، މާލޭގެ މަގުތައް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އޮޕަރޭޝަނެއްކަމަށް ފުލުހުން ބުނި
738 ދުވަސް ކުރިން - 19:00
ސްކޭމްތަކާއި ދެކޮޅަށް ފުލުހުން ސްކޭމް ސެންތަރެއް އުފައްދައި މަސައްކަތް ކުރަމުންދާއިރު، ކަމާ ބެހޭ އިދާރާތަކުން އަބަދުވެސް އިރުޝާދު ދެނީ މެސެޖަކުން އަންނަ ލިންކުތަކަށް ނުފިތުމަށް. އަދި އެއްވެސް ފަރާތަކަށް ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް ތަކުރާރުކޮށް ކަމާއި ގުޅުން ހުރި އިދާރާތަކުން އިރުޝާދުދޭ.
738 ދުވަސް ކުރިން - 00:32
ރައީސް އަވަހާރަކޮށްލާނެކަމަށް ބުނެ އިންޒާރު ދިން މައްސަލަ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި މާލެ ސިޓީ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި. މިހާރު މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ފުލުހުން މައުލޫމާތު ދީފައިވޭ.
738 ދުވަސް ކުރިން - 00:26
ފުލުހުން ބުނީ ފުލުހުންގެ ސައްޙަ ނޫން ބަޔާނެއް ދައުރުކުރި މައްސަލައިގައި ތައްޔިބް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށް. ނަމަވެސް އެކަމާ ގުޅޭ އިތުުރު ތަފްޞީލެއް ފުލުހުން ޙިއްސާކޮށްފައެއް ނުވޭ.
739 ދުވަސް ކުރިން - 17:59
އޭނާގެ ފޯނާއި ހާޑްޑިސްކަކާއި ލެޕްޓޮޕް އަދި ޕެންޑުރައިވްއެއް ފުލުހުންގެ ބެލުމުގެ ދަށުގައި ތަހުގީގަށް ހިފަހައްޓާފައިވޭ. ޠައްޔިބުގެ މައްސަލަ ތަހުގީގު ކުރަމުންދާތީވެ، އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދޭ
739 ދުވަސް ކުރިން - 16:58
މި ޓްރެއިނިންގގައި ކިޔަވައިދެއްވީ އެންޓި ސްކޭމް ރެޕިޑް ރެސްޕޮންސްގެ، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު އެގޮތުން، އާދަމް ނަވީދު ދެ މޮޑިއުލްއެއް ކިޔަވައިދެއްވި ކަމަށް ފުލުހުން ބުނި. އެއީ ”ކަލެކްޓިންގ އިލެކްޓްރޯނިކް އެވިޑެންސް” އަދި ”އިންޓަވިއު އެންޑް ޑޮކިއުމެންޓޭޝަން” މޮޑިއުލް.
739 ދުވަސް ކުރިން - 16:47