ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުންދާ އެފްކޮންސްގެ މުވައްޒަފަކު ޒަޚަމުތަކާއެކު މަރުވެފައި އޮއްވާ މިއަދު ފަތިހު ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި، ޒަޚަމުތަކާއެކު އޮތް މީހަކު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފައިވާ ކަމަށް މިއަދުގެ ފަތިހުގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވެއެވެ. އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ވިދާޅުވިގޮތުގައި، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ ވަނީ މަރުވެފައެވެ.

ފުލުހުން ދަނީ މިހާދިސާ ތަހުގީގު ކުރަމުންނެވެ.