ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ހޯދަމުން އަންނަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އައިޑީ މޮމެޑް ސެޚް (32އ) ކަމަށެވެ.
އޭނާ ވީނުވީއެއް ނޭނގި ގެއްލިފައިވާކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.
އޭނާ އާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން ނަންބަރު 9980062 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި މަޢުލޫމާތު ޙިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.









