
އެކްސިޑެންޓްތަކުގައި ފުރާނައަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، ހަމައެކަނި ބްރިޖުގައި ނޫން ގޮތަކަށް ހުރިހާ މަގެއްގައިވެސް ހެލްމެޓް އެޅުމާއި ސީޓްބެލްޓް ބޭނުންކުރުން އާދައަކަށް ހަދަންޖެހޭ. މަގުމަތީގެ ސަލާމަތަކީ ހަމައެކަނި ފުލުހުން ތިބުމުން ނުވަތަ ގަވާއިދަކަށް ބަލައިގެން ކުރާ ކަމަކަށް ނުހަދައި، އަމިއްލަ ރައްކާތެރިކަމަށްޓަކައި ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބަންޖެހޭ.
20 ގަޑިއިރު ކުރިން - 13:20
ޒިވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭތީ ފުލުހުން ދަނީ ތަހުގީގުކުރަމުން. މި ހާދިސާއާ ގުޅިގެން 3 އުޅަނދެއް ޓޯކޮށް، ޑްރައިވަރުންގެ ލައިސަންސް ވަނީ ހިފަހައްޓާފަ.
4 ދުވަސް ކުރިން - 10:57
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓެއްގައި ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބި، ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ 9 އަހަރުގެ ކުއްޖާ ރޭ ފަތިހު ނިޔާވެއްޖެ. މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން.
5 ދުވަސް ކުރިން - 10:34
މަގުމަތީގައި ނުރައްކާތެރިކޮށް ދުއްވައިފިނަމަ 100,000 ރުފިޔާ އާއި ހަމަޔަށް ޖޫރިމަނާކުރެވޭނެ. އަދި ނުރައްކާތެރިކޮށް ދުއްވައިގެން މީހަކަށް އަނިޔާއެއް ވެއްޖެނަމަ، ބައިމިލިއަނާއި ދެމެދުގެ ބޮޑު ޖޫރިމާނާއެއް ކުރުމުގެ އިތުރުން އެ ފަރާތަކާމެދު ޖިނާއީ ދައުވާ އުފުލޭނެ.
6 ދުވަސް ކުރިން - 16:42
މަގުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމާއި، ގަވާއިދާ ހިލާފަށް ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަވަސްކުރުމާއި، ޓްރެފިކް މެނޭޖްކުރުން ހަރުދަނާކުރުމާއި، ކަފިހިހުރަސްތަކުގައި ޕެޑެސްޓްރިއަން ލައިޓް ހަރުކުރުމާއި، ދުވާރުމަތީގައާއި ކަންމަތީގައި ގަވާއިދާ ހިލާފަށް ޕާކުކުރުން ހުއްޓުވުމުގެ އިތުރުން، އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ދެ މުއައްސަސާ ގުޅިގެން ހިންގުމަށް ވަނީ ރޭވިފަ.
6 ދުވަސް ކުރިން - 13:11
ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ޒުވާނާ ހޯދައި، ފުލުހުން ވަނީ އޭނާ ޖޫރިމަނާކޮށް، ލައިސެންސް ހިފަހައްޓައި އަދި ސައިކަލު 30 ދުވަހަށް ޓޯކޮށްފަ. މަގުމަތީގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލެންބުމަށް ފުލުހުން އިލްތިމާސްކުރޭ.
6 ދުވަސް ކުރިން - 13:08
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 9 އަހަރުގެ ކުޑަކުއްޖާއަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ. ސައިކަލަކާއި ހިނގާފަދިޔަ މީހަކު ޖެހި ހިނގި މި އެކްސިޑެންޓުގައި ސައިކަލު ދުއްވި 18 އަހަރުގެ އަންހެން މީހާއަށްވެސް އަނިޔާވި.
7 ދުވަސް ކުރިން - 11:38
މި ހާދިސާގައި ސައިކަލުގައި ތިބި އަންހެނަކަށާއި 8 އަހަރުގެ ކުއްޖަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދީފައިވޭ. ތަހުގީގުން އެނގުނު ގޮތުގައި މަސްތުގެ ހާލަތުގައި ހުރި މި މީހާ އެކްސިޑެންޓްކޮށްފައިވަނީ ކާރުގެ ވެރިފަރާތަށް އިންޒާރުދީ، ގަދަކަމުން ކާރު އަތުލައިގެން ދުއްވައިގެންނެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން
8 ދުވަސް ކުރިން - 02:29
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސައިކަލަކާއި ހިނގާފައި ދިޔަ މީހަކު ޖެހި ހިނގި އެކްސިޑެންޓެއްގައި 9 އަހަރުގެ ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ލިބި، ހާލު ސީރިއަސްވެގެން ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާގައި ސައިކަލު ދުއްވި 18 އަހަރުގެ އަންހެނާއަށްވެސް އަނިޔާވިއެވެ.
8 ދުވަސް ކުރިން - 02:07
މި އެކްސިޑެންޓް ހިނގި ވަގުތު ކާރުގެ ތެރޭގައި ތިބީ ބޮޑު މީހަކާއި ކުޑަކުއްޖެއް. ކާރު ހޮޅިދަނޑިތަކުގައި ޖެހި ފުރޮޅާލުމާއި ގުޅިގެން، އޭގައި ތިބި މީހުންނަށް ވަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފަ.
16 ދުވަސް ކުރިން - 12:10
ނާސިހު ނިޔާވެފައިވަނީ ޓްރެއިލަރ ލޮރީއެއްގެ ދަށުވެގެން. ނަމަވެސް، އޭނާ އުޅަނދުގެ ދަށުވާން މެދުވެރިވީ އުޅަނދުގައި ޖެހި އެކްސިޑެންޓް ވެގެން ކަމަށް މިހާތަނަށް ބެލިބެލުމުން ނުބެލެވޭ ކަމަށް ފުލުހުން ބުނެފައިވޭ.
56 ދުވަސް ކުރިން - 19:32
މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިތިގަސް މަގުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން. އެކްސިޑެންޓްވީ ވަގުތު އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ، މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން.
90 ދުވަސް ކުރިން - 17:20
އެއާޕޯޓް ލައިޓް ކައިރިން އެމްޓީސީސީ ބަހަކާއި ދެ ސައިކަލު ޖެހިގެން އެކްސިޑެންޓު ވެފައިވޭ. އައްޑޫ ސިޓީގެ ފުރަތަމަ އެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫ ބޮޑުމަގުގައި. މި އެކްސިޑެންޓްގެ ހަބަރު ލިބިގެން، ހޮސްޕިޓަލަށް ދިޔަ އަންހެނަކު ދުއްވި ވޭނެއް ކޮންޓްރޯލް ނުވެ، އިތުރު އެކްސިޑެންޓެއް ވަނީ ހިނގާފަ.
98 ދުވަސް ކުރިން - 01:55