Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

ފާތިމަތު އަނަން މުހައްމަދު
1 ގަޑިއިރު ކުރިން - 31 އޯގަސްޓް 2026 16:42
މާލޭގައި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓެއް | ފޮޓޯ: ހުލާސާ ނިއުސް
މާލޭގައި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓެއް | ފޮޓޯ: ހުލާސާ ނިއުސް
ޚުލާސާ

މަގުމަތީގައި ނުރައްކާތެރިކޮށް ދުއްވައިފިނަމަ 100,000 ރުފިޔާ އާއި ހަމަޔަށް ޖޫރިމަނާކުރެވޭނެ. އަދި ނުރައްކާތެރިކޮށް ދުއްވައިގެން މީހަކަށް އަނިޔާއެއް ވެއްޖެނަމަ، ބައިމިލިއަނާއި ދެމެދުގެ ބޮޑު ޖޫރިމާނާއެއް ކުރުމުގެ އިތުރުން އެ ފަރާތަކާމެދު ޖިނާއީ ދައުވާ އުފުލޭނެ.

ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގެ ދަށުން، ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތަކާއި ކުރެވޭ ޖޫރިމާނާތައް އިންތިހާއަށް ބޮޑުކޮށްފިއެވެ.

އަލަށް އަމަލުކުރަން ފަށާ މި ގާނޫނުގައިވާ ގޮތުން، މަގުމަތީގައި ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދު ދުއްވައިފިނަމަ ކުރެވޭ ޖޫރިމާނާ ވަނީ 25,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ބޮޑުކޮށްފައެވެ. އަދި އެފަދަ ނުރައްކާތެރި އަމަލެއްގެ ސަބަބުން މީހަކަށް އަނިޔާއެއް ވެއްޖެނަމަ، 100,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ ބޮޑު ޖޫރިމާނާއެއް ކުރުމުގެ އިތުރުން އެ ފަރާތަކާމެދު ޖިނާއީ ދައުވާ އުފުލޭނެއެވެ.

މިއީ ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގައި އާންމުކޮށް ކަނޑައެޅޭ އެންމެ ބޮޑެތި ޖޫރިމާނާތަކުގެ ތެރޭގައި ހިމެނޭ އަދަދުތަކެކެވެ. މިސާލަކަށް ބަލާނަމަ، ދިވެހިރާއްޖޭގެ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށަށް ވެސް ޖަލުހުކުމަކާއި އެކު 100,000 ރުފިޔާގެ ޖޫރިމާނާއެއް ކަނޑައެޅިފައިވާކަން ފާހަގަ ކުރެވެއެވެ.

Advertisement

Advertisement 1

މަގުމަތީގެ އެކްސިޑެންޓުތަކާއި ނުރައްކާތެރި ހާދިސާތައް އިންތިހާއަށް އިތުރުވަމުންދާ މި ދަނޑިވަޅުގައި، މިފަދަ ބޮޑެތި ޖޫރިމާނާތަކެއް ކަނޑައެޅުމުގެ މައިގަނޑު ބޭނުމަކީ މަގުމަތީގައި އާންމުންގެ ފުރާނައަށް އޮތް ނުރައްކާ ކުޑަކޮށް، އުޅަނދު ދުއްވާ ފަރާތްތައް އިތުރަށް ޒިންމާދާރުކުރުވުމެވެ.

މަގުމަތީގެ އެކްސިޑެންޓްރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

1 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

1 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނިޒާމަށް ބޮޑެތި ބަދަލުތަކާއި އެކު އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި

ހަރުކަށި އުސޫލުތަކާއެކު އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި

2 ގަޑިއިރު ކުރިން - 15:43

ފަޅުރަށްރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި؛ ކުލީގެ ރޭޓުތަކަށް ބޮޑު ބަދަލެއް

ފަޅުރަށްރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި

2 ގަޑިއިރު ކުރިން - 15:12

ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރިޔަސް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ: ރައީސް

ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހުނަސް، މުވައްޒަފުންނަށް ޑޮލަރުން މުސާރަ

3 ގަޑިއިރު ކުރިން - 14:46

ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުންނާއި އެޗްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުންނާއި އެޗްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

4 ގަޑިއިރު ކުރިން - 13:11