Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުޅުމާލެ ފޭސް 2ގައި ބިރުވެރި އެކްސިޑެންޓެއް: 9 އަހަރުގެ ކުޑަކުއްޖެއް ވެންޓިލޭޓަރުގައި!

ހުޅުމާލެ ފޭސް 2ގައި ބިރުވެރި އެކްސިޑެންޓެއް: 9 އަހަރުގެ ކުޑަކުއްޖެއް ވެންޓިލޭޓަރުގައި!

އައިޝަތު އިމްސާ
1 ގަޑިއިރު ކުރިން - 30 އޯގަސްޓް 2026 02:07
އެކްސިޑެންޓު ވި ސަރަހައްދު---
އެކްސިޑެންޓު ވި ސަރަހައްދު---
ޚުލާސާ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސައިކަލަކާއި ހިނގާފައި ދިޔަ މީހަކު ޖެހި ހިނގި އެކްސިޑެންޓެއްގައި 9 އަހަރުގެ ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ލިބި، ހާލު ސީރިއަސްވެގެން ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާގައި ސައިކަލު ދުއްވި 18 އަހަރުގެ އަންހެނާއަށްވެސް އަނިޔާވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 9 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ލިބި، ހާލު ސީރިއަސްވެގެން ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިތިގަސް މަގު، ވިނަރެސް 7 ކައިރީގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ (29 އޮގަސްޓް) 21:04 ހާއިރު ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، އެ ސަރަހައްދުގެ ސީސީޓީވީ (CCTV) ފޫޓޭޖުތައް ބަލައި މިހާތަނަށް ކުރި ތަހުގީގުން އެނގިފައިވަނީ، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތިގަސް މަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7 ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހި ކޮންޓްރޯލުން ނެއްޓިގެންނެވެ.

Advertisement

Advertisement 1

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން އުމުރުން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށެވެ. މި ދެ މީހުންނަށްވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އޭގެ ތެރެއިން 9 އަހަރުގެ ކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ހާދިސާއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވަނީ، އަނިޔާވި ކުޑަ އަންހެން ކުއްޖާގެ ހާލު ވަރަށް ކްރިޓިކަލް ކަމަށެވެ. އަދި މިވަގުތު އެކުއްޖާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށާއި، އިތުރު ފަރުވާއަށްޓަކައި އެ ކުއްޖާ އައިޖީއެމް ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެކްސިޑެންޓްމޯލްޑިވްސް ޕޮލިސް ސަރވިސްމަގުމަތީގެ އެކްސިޑެންޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގި މީހާ ކާރު ދުއްވީ ވެރިފަރާތަށް އިންޒާރުދީ، ކާރު އަތުލައިގެން

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގި މީހާ ކާރު ދުއްވީ ވެރިފަރާތަށް އިންޒާރުދިނުމަށްފަހު

1 ގަޑިއިރު ކުރިން - 02:29

ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސާފައި ފިލަން އުޅުނު މީހާ 15 ދުވަހަށް ބަންދުކޮށްފި!

ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސާފައި ފިލަން އުޅުނު މީހާ ބަންދުކޮށްފި

8 ގަޑިއިރު ކުރިން - 19:03

ގޭސް ލީކުވެ ހާލުދެރަވި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ބުނެފި

ގޭސް ލީކުވެ ހާލުދެރަވި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ބުނެފި

1 ދުވަސް ކުރިން - 12:35

މާފަންނު ގެއެއްގައި ގޭސް ލީކުވެ އަންހެނަކު ނިޔާވެއްޖެ، އިތުރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

މާފަންނު ގެއެއްގައި ގޭސް ލީކުވެ އަންހެނަކު ނިޔާވެއްޖެ، އިތުރު މީހަކަށް ހޮސްޕިޓަލުގައި

2 ދުވަސް ކުރިން - 14:08

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

4 ދުވަސް ކުރިން - 07:25

މިއަހަރުގެ މިހާތަނަށް 2,200 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ!

މިއަހަރުގެ މިހާތަނަށް 2,200 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ!

6 ދުވަސް ކުރިން - 18:14