
މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ގައުމުގެ ތަރައްގީގައި އިންޖިނިއަރިންގ ދާއިރާގެ މުހިންމުކަން ކުޑަކުދިންނަށް އޮޅުންފިލުވައިދީ، ފަންނީ މަސައްކަތްތަކަށް އެކުދިންގެ ޝައުގުވެރިކަން އިތުރުކުރުން. މި ހަރަކާތުގެ ތެރެއިން އެމްއޭސީއެލްގެ އިންޖިނިއަރުން ވަނީ ބައިވެރިންނަށް އަމަލީ ތަޖުރިބާ ހިއްސާކޮށް، އެއާޕޯޓު ހިންގުމުގެ ދާއިރާއިން ފަހިވެފައިވާ އިންޖިނިއަރިންގ ފުރުސަތުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީފަ.
20 ގަޑިއިރު ކުރިން - 19:52
މި ޕްރޮގްރާމުގެ ދަށުން އެއަރޕޯޓުގެ މުހިންމު ދާއިރާތަކުން އަމަލީ ތަޖުރިބާ ލިބި، މަސައްކަތުގެ މާހައުލަށް ބޭނުންވާ މުހިންމު ހުނަރުތައް ދަރިވަރުންނަށް ދަސްވެ، ކުރިމަގުގެ ވަޒީފާގެ ބާޒާރަށް އެކުދިން ތައްޔާރުވެގެންދާނެ. ސީ.އީ.އޯ ޝަރީފް ވިދާޅުވީ މިއީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށް.
6 ދުވަސް ކުރިން - 20:25
ސިނާއަތުގެ ތެރޭގައި ބަދަލުކުރެވުނު ޚިޔާލުތަކުން އެނގޭ ގޮތުގައި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މާކެޓަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް ބެލެވުނު ދަނޑިވަޅެއްގައި، ރިސޯޓް ހޮލިޑޭއިން ވަނީ ރަޝިޔާގައި އޮފީސް ހަދައި، ބޮޑެތި ޚަރަދުތަކެއް ކޮށްގެން މާކެޓް ހިފަހައްޓާފަ.
9 ދުވަސް ކުރިން - 21:15
މީގެ ތެރޭގައި 13,542 ޓަނުގެ އިމްޕޯޓް އަދި 4,915 ޓަނުގެ އެކްސްޕޯޓް ހިމެނޭ. ޓްރާންސްޝިޕްމަންޓް ކާގޯ 26 އިންސައްތައިގެ ކުރިއެރުމަކާއެކު 3,650 ޓަނަށް އަރާފައިވާއިރު، މުދާ އުފުލާ ފްލައިޓްތަކުގެ ދަތުރުތައް 12 އިންސައްތަ ވަނީ އިތުރުވެފަ.
10 ދުވަސް ކުރިން - 08:26
އެމްއޭސީއެލް ހިމަނައިގެން ރާއްޖޭގެ ޑެލިގޭޝަންއެއް ރާޝިއާ އަދި ސެއިންޓް ޕީޓާސްބަރގްއަށް، އޮގަސްޓު މަހުގެ 17 ވަނަ ދުވަހުނ 21 ވަނ ދުވާހާ ހަމައަށް އޮތް ދަތުރުގައި ބައިވެރިވި.
12 ދުވަސް ކުރިން - 10:06
"ޓެލެޕޯޓް" އިން ޗާޓަރުކޮށްގެން ކުރާ މި ދަތުރުތަކުގައި ބޭނުންކުރަނީ 46 ޓަނުގެ މުދާ އުފުލޭ ބޮއިންގް 767-200 ބޯޓެވެ. މީގެ ބޮޑުބަޔަކީ ޓްރާންސްޝިޕްމަންޓް ކާގޯ. މިއީ ވެލާނާ އެއާޕޯޓް ކާގޯ ހަބެއްގެ ގޮތުގައި ތަރައްގީކޮށް، ދުނިޔޭގެ ބާޒާރުތަކާ ރާއްޖެ ގުޅުވައިދޭނެ މުހިންމު ފުރުސަތެއް.
16 ދުވަސް ކުރިން - 16:50
މިއީ ދެކުނުއިރުމަތީ އޭޝިއާގެ ބާޒާރުތަކަށް ރާއްޖޭގެ ލޮޖިސްޓިކްސް ހިދުމަތް ފުޅާވިކަމުގެ ހެއްކެއް. އަގުހެޔޮ އަދި އަވަސް މި ހިދުމަތާއެކު، އޭޝިއާއާއި ޔޫރަޕް ގުޅުވައިދޭ މުހިންމު މަރުކަޒެއްގެ ގޮތުގައި ރާއްޖޭގެ ދައުރު މިހާރު ވަނީ އިތުރަށް ވަރުގަދަވެފަ.
32 ދުވަސް ކުރިން - 10:06
މި ޖާގައިގައި ކުޑަކުދިން ކުޅޭނެ ހާއްސަ ސަރަހައްދަކާއި، ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު ދޫކުރާ ކައުންޓަރެއް ހިމެނެއެވެ. މިއީ ދަތުރުވެރިންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ފަސޭހަ މާހައުލެއް ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް.. މި ބަދަލާއެކު އެއާޕޯޓުގެ ޚިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ.
34 ދުވަސް ކުރިން - 16:12
މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އޭޝިއާގެ މާކެޓްތަކާ އޮތް ގުޅުން ވަރުގަދަކުރުމަށާއި، ރާއްޖެއަށް އަންނަ ފްރައިޓަރ ފްލައިޓްތައް އިތުރުކުރުމަށް. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެއަރޕޯޓުން ވަނީ 36,367 ޓަނުގެ ކާގޯ ހޭންޑްލްކޮށްފަ.
40 ދުވަސް ކުރިން - 18:05
މުވައްޒަފުންނަށް ނެރުނު ސަރކިއުލަރއަކީ އޮންނަ އުސޫލުން ނެރޭ އެއްޗެއް ކަމަށާއި ތަނުގެ ސެކިއުރިޓީ ކަށަވަރުކުރަން މުވައްޒަފުންނަށް އަބަދުވެސް ހަނދާން އައުކޮށްދޭ ކަމަށާއި ވަކި ކަމެއް ހިނގައިގެން ސަރކިއުލަރއެއް ނުނެރޭ ކަމަށް އެމްއޭސީއެލް އިން ބުނޭ.
57 ދުވަސް ކުރިން - 14:19
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި މި އެއްބަސްވުންތަކުގެ ދަށުން، ކުއްލި ހާލަތްތަކުގައި މުއައްސަސާތައް ގުޅިގެން ހަރަކާތްތެރިވުމާއި، ތަމްރީނުތައް ހިންގުމަށް މަގުފަހިވާނެ. މީގެ ބޭނުމަކީ އެއަރޕޯޓުގެ ރައްކާތެރިކަން ކަށަވަރުކޮށް، ތައްޔާރީ ހާލަތު ވަރުގަދަކުރުމެވެ. މިކަމުގެ ސަބަބުން އިދާރާތަކުގެ ދައުރު ސާފުވެ، މުޢާމަލާތުކުރުން ހަރުދަނާވެގެންދާނެ.
64 ދުވަސް ކުރިން - 14:05
މީގެ މަގުސަދަކީ އުޅަނދުތައް ރަޖިސްޓްރީކުރުމާއި، ފަޅުތެރެ ބެލެހެއްޓުމުގެ މަސައްކަތްތައް ދެފުށް ފެންނަ، އަދި ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުން. އެހެންކަމުން ފަޅުތެރެ ބޭނުންކުރާ އުޅަނދުފަހަރުގެ ރެކޯޑުތައް ބެލެހެއްޓުމާއި، އޮޕަރޭޝަނަލް ކަންކަން މޮނިޓަރ ކުރުމުގައި އެ ކުންފުންޏަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ.
65 ދުވަސް ކުރިން - 19:47
ޕީސީބީން ބުނީ މިއަދުން ފެށިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ސ.ހުޅުދޫ، ރިވަރސައިޑު އަޙްމަދު ނާޞިފު, އަދި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ސ.ހިތަދޫ، ވެލްކަމްވިލާ ޝެރީނާ ޞާލިޙް އައްޔަނުކުރައްވާފައިވާ ކަމަށް.
67 ދުވަސް ކުރިން - 23:43