Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 ގައި ފަސިންޖަރުންނަށް އަރާމުކުރާނެ ޖާގައެއް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 ގައި ފަސިންޖަރުންނަށް އަރާމުކުރާނެ ޖާގައެއް ހުޅުވައިފި

އައިޝަތު ރުވާ ރިފްޢަތު
9 ގަޑިއިރު ކުރިން - 28 ޖުލައި 2026 16:12
ޓަރމިނަލް 1 ގައި ގާއިމްކޮށްފައިވާ ކުޑަކުދިން ކުޅޭނެ ސަރަހައްދު. / ފޮޓޯ: އެމްއޭސީއެލް
ޓަރމިނަލް 1 ގައި ގާއިމްކޮށްފައިވާ ކުޑަކުދިން ކުޅޭނެ ސަރަހައްދު. / ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

މި ޖާގައިގައި ކުޑަކުދިން ކުޅޭނެ ހާއްސަ ސަރަހައްދަކާއި، ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު ދޫކުރާ ކައުންޓަރެއް ހިމެނެއެވެ. މިއީ ދަތުރުވެރިންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ފަސޭހަ މާހައުލެއް ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް.. މި ބަދަލާއެކު އެއާޕޯޓުގެ ޚިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 އިން ދަތުރުކުރާ ފަސިންޖަރުންނަށް ލިބޭ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އެމް.އޭ.ސީ.އެލް އިން އަރާމުކުރާނެ އާ ސަރަހައްދެއް މިއަދު ހުޅުވައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހާމަކޮށްފައިވާ ގޮތުގައި، މި އާ ޖާގައަކީ އެއާޕޯޓުން ފުރާ ފަރާތްތަކަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދަތުރުވެރިންނަށް ލުއިފަސޭހަ އަދި ހިތްގައިމު މާހައުލެއް ފޯރުކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

Advertisement

Advertisement 1

ޓާމިނަލްގެ ފުރަތަމަ ބުރީގައި އަލަށް ތަރައްގީކުރި މި ސަރަހައްދާއެކު، ފަސިންޖަރުން މަޑުކޮށްލައިގެން ތިބުމަށް ގާތްގަނޑަކަށް 750 އަކަމީޓަރުގެ އާ ޖާގައެއް ވަނީ އިތުރުވެފައެވެ. މިތަނުގައި ދަތުރުވެރިން ފުރުމުގެ ކުރިން އަރާމުކޮށްލުމަށްޓަކައި ތަފާތު ވައްތަރުގެ ގޮނޑިތައް އަތުރާފައިވަނީ ވަރަށް ހިތްފަސޭހަ މާހައުލެއް ލިބޭނޭ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން ކުޑަކުދިންނަށް ހާއްސަކޮށްގެން 136 އަކަމީޓަރުގެ ކުޅޭ ސަރަހައްދެއް ވެސް ވަނީ ތަރައްގީކޮށްފައެވެ. މި ސަރަހައްދުގައި އެކި ލެވެލްތަކުގެ ޕްލޭ ފްލެޓްފޯމްތަކާއި، ރައްކާތެރި ހޮޅިތަކާއި، ވާ އަދި ރިންގު ބޭނުންކޮށްގެން އަރާ ފޭބޭނެ ވަސީލަތްތަކުގެ އިތުރުން ބޯޅަ ކުޅޭ ޖާގައެއް ހިމެނެއެވެ. މިއީ ޓާމިނަލް 1 އިން ދަތުރުކުރާ އާއިލާތަކަށާއި ކުޑަކުދިންނަށް އަމާން އަދި އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.

މީގެ އިތުރުން، ދަތުރުވެރިންނަށް ބޭނުންވާ މާލީ ހިދުމަތްތައް ފަސޭހަކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ޚާއްސަ ކައުންޓަރެއް ވެސް މި ޖާގައިގައި ވަނީ ގާއިމުކޮށްފައެވެ. މި ކައުންޓަރު މެދުވެރިކޮށް ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތާއި، ދިވެހި ރައްޔިތުންނަށް ޑޮލަރު ދޫކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

އެމް.އޭ.ސީ.އެލް އިން ބުނި ގޮތުގައި، މި އާ ޖާގަ ހުޅުވުމަކީ ޓާމިނަލް 1 ގެ ހިދުމަތްތައް ތަރައްގީކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ޒަމާނީ، ހުރިހާ ފަރާތްތަކަށް ބޭނުންކުރެވޭނެ، އަދި ފަސިންޖަރުންގެ ބޭނުންތަކަށް އިސްކަންދޭ ތަނަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ތަސައްވުރާ އެއްގޮތަށް ކުރިއަށްދާ މަސައްކަތެކެވެ.

ވެލާނާ އެއާޕޯޓް ޓާމިނަލް 1ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްއެމްއޭސީއެލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗައިނާގެ އެއަރ ކާގޯ މައުރަޒުގައި ވެލާނާ އެއަރޕޯޓުގެ ކާގޯ ހިދުމަތްތައް އެމް.އޭ.ސީ.އެލް އިން ދައްކާލައިފި

ވެލާނާ އެއަރޕޯޓުގެ ކާގޯ ޚިދުމަތްތައް ޗައިނާގެ އެއަރ ކާގޯ މައުރަޒުގައި ދައްކާލައިފި

7 ދުވަސް ކުރިން - 18:05

ސްޓާފުންނަށް އިންޒާރުދިން ކަމަށް ދެކެވޭ ވާހަކަތައް އެމްއޭސީއެލްއިން ދޮގުކޮށްފި

ސްޓާފުންނަށް އިންޒާރުދިން ކަމަށް ދެކެވޭ ވާހަކަތައް އެމްއޭސީއެލްއިން ދޮގުކޮށްފި

23 ދުވަސް ކުރިން - 14:19

އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

30 ދުވަސް ކުރިން - 14:05

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް "ހާބަރ ޕޯޓަލް" ތައާރަފުކޮށްފި

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް "ހާބަރ ޕޯޓަލް" ތައާރަފުކޮށްފި

32 ދުވަސް ކުރިން - 19:47

އެމްއޭސީއެލްގެ ބޯޑަށް ނާޞިފް އަދި އޭއައިއޭގެ ބޯޑަށް ޝެރީނާ

އެމްއޭސީއެލްގެ ބޯޑަށް ނާޞިފް އަދި އޭއައިއޭގެ ބޯޑަށް ޝެރީނާ

34 ދުވަސް ކުރިން - 23:43

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފި

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް

38 ދުވަސް ކުރިން - 19:53