Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސްޓާފުންނަށް އިންޒާރުދިން ކަމަށް ދެކެވޭ ވާހަކަތައް އެމްއޭސީއެލްއިން ދޮގުކޮށްފި

ސްޓާފުންނަށް އިންޒާރުދިން ކަމަށް ދެކެވޭ ވާހަކަތައް އެމްއޭސީއެލްއިން ދޮގުކޮށްފި

ހުސައިން އިސްމާއިލް
9 ގަޑިއިރު ކުރިން - 5 ޖުލައި 2026 14:19
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިސް ބޭފުޅުންތަކެއް ފޮޓޯ އަކަށް ހުއްޓިގެން: މުވައްޒަފުންނަށް އިންޒާރުދީ ބިރުދައްކަން ސާކިއުލާއެއް ނުނެރޭ: އެމްއޭސީއެލް
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިސް ބޭފުޅުންތަކެއް ފޮޓޯ އަކަށް ހުއްޓިގެން: މުވައްޒަފުންނަށް އިންޒާރުދީ ބިރުދައްކަން ސާކިއުލާއެއް ނުނެރޭ: އެމްއޭސީއެލް
ޚުލާސާ

މުވައްޒަފުންނަށް ނެރުނު ސަރކިއުލަރއަކީ އޮންނަ އުސޫލުން ނެރޭ އެއްޗެއް ކަމަށާއި ތަނުގެ ސެކިއުރިޓީ ކަށަވަރުކުރަން މުވައްޒަފުންނަށް އަބަދުވެސް ހަނދާން އައުކޮށްދޭ ކަމަށާއި ވަކި ކަމެއް ހިނގައިގެން ސަރކިއުލަރއެއް ނުނެރޭ ކަމަށް އެމްއޭސީއެލް އިން ބުނޭ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުންތަކަކަށް އިންޒާރުދީ، ސަރކިއުލާއެއް ނެރުނު ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މީޑިއާތަކުން ފެތުރި ޚަބަރު ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ބެގޭޖް ކްލިއަރެންސް ސަރަޙައްދަށް (ފޮށިތަންމަޅި ޗެކްކުރާ ސަރަހައްދަށް) އެމްއޭސީއެލްގެ ބައެއް މުވައްޒަފުން ގޮސް، ފަސިންޖަރުންނާ މުޢާމަލާތް ކުރަމުންދެއެވެ. މީގެ ސަބަބުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މަސައްކަތްތަކަށް ބުރޫއަރަމުންދާ ކަމަށާއި، މިފަދަ ކަންކަން ތަކުރާރުވާނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީ އެމްއޭސީއެލް އިން ސަރކިއުލާއެއް ނެރެފައިވާ ކަމަށް އެ މީޑިއާތަކުން ބުނެފައިވެއެވެ.

އެމްއޭސީއެލްގެ ރަސްމީ ރައްދު މި ވާހަކަތަކާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ، އެއަރޕޯޓަކީ ސެކިއުރިޓީ އިންތިހާއަށް ވަރުގަދަ ކުރަންޖެހޭ ތަނަކަށް ވުމުން، ތަނުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށްޓަކައި އަބަދުވެސް މުވައްޒަފުންނަށް އެކި ގަވާއިދުތައް ހަނދާންކޮށްދީ ސަރކިއުލާތައް ނެރެމުންދާ ކަމަށެވެ. އެއީ އާންމުކޮށް ކުރަމުންދާ އިދާރީ މަސައްކަތެކެވެ. އެހެންނަމަވެސް، ބައެއް މީޑިއާތަކުން މަސައްކަތް ކޮށްފައިވަނީ އެއީ ވަކި ހާއްސަ ހާދިސާއަކާ ގުޅިގެން ނެރުނު އެންގުމެއްގެ ގޮތުގައި ދެއްކުމަށް ކަމަށާއި، ނަމަވެސް މީޑިއާގައި ބުނާ ފަދަ އެއްވެސް ނުރައްކާތެރި ނުވަތަ ނޭދެވޭ ހާދިސާއެއް އެއަރޕޯޓުގައި ހިނގާފައިނުވާ ކަމަށް އެމްއޭސީއެލް އިން ކަށަވަރުކޮށްދެއެވެ.

Advertisement

Advertisement 1

އެހެންކަމުން، މިއީ އެއަރޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން ދޫކޮށްފައިވާ އާންމު އިރުޝާދެއް ކަމަށާއި، މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ ކަންބޮޑުވުން އުފެދޭ ގޮތަށް ހަގީގަތް އޮޅުވާލައިގެން ކަމަށް އެމްއޭސީއެލް އިން ވަނީ ވިދާޅުވެފައެވެ.

އެމްއޭސީއެލް
Ad
Ad

ގުޅޭ ޚަބަރުތައް

އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

7 ދުވަސް ކުރިން - 14:05

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް "ހާބަރ ޕޯޓަލް" ތައާރަފުކޮށްފި

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް "ހާބަރ ޕޯޓަލް" ތައާރަފުކޮށްފި

9 ދުވަސް ކުރިން - 19:47

އެމްއޭސީއެލްގެ ބޯޑަށް ނާޞިފް އަދި އޭއައިއޭގެ ބޯޑަށް ޝެރީނާ

އެމްއޭސީއެލްގެ ބޯޑަށް ނާޞިފް އަދި އޭއައިއޭގެ ބޯޑަށް ޝެރީނާ

10 ދުވަސް ކުރިން - 23:43

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފި

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް

15 ދުވަސް ކުރިން - 19:53

ފްލައިނާސް އިން ހަފުތާއަކު ތިން ފްލައިޓާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް އަލުން ފަށައިފި

ހަފުތާއަކު ތިން ފްލައިޓާއެކު ފްލައިނާސް އިން ދަތުރުތައް އަލުން ފަށައިފި

15 ދުވަސް ކުރިން - 17:00

ވީއައިއޭގެ އިންކްލޫސިވް ހިދުމަތުގެ ދަތުރުގައި މިއީ ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް": ސީއީއޯ

ވީއައިއޭގެ އިންކްލޫސިވް ހިދުމަތުގެ ދަތުރުގައި މިއީ ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް": ސީއީއޯ

26 ދުވަސް ކުރިން - 08:55

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%