މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ބޭފުޅުން އައްޔަނު ކުރައްވައިފި އެވެ.
ޕީސީބީން މިއަދު ބުނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް އައްޔަނު ކުރީ، ސ.ހުޅުދޫ، ރިވަރސައިޑު އަޙްމަދު ނާޞިފު، ކަމަށެވެ. އޭނާ އެ މަޤާމަށް އައްޔަނުކުރެއްވީ މިއަދުން ފެށިގެންނެވެ.
އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް އައްޔަނުކުރެއްވީ ސ.ހިތަދޫ، ވެލްކަމްވިލާ ޝެރީނާ ޞާލިޙް އެވެ. ޕީސީބީން ބުނީ ޝެރީނާ އެ މަޤާމަށް އައްޔަނުކުރީ މިއަދުން ފެށިގެން ކަމަށެވެ.








