Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ކާގޯ ވެލާނާ އެއަރޕޯޓުން ކާމިޔާބުކަމާއެކު ހޭންޑްލްކޮށްފި

ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ކާގޯ ވެލާނާ އެއަރޕޯޓުން ކާމިޔާބުކަމާއެކު ހޭންޑްލްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
16 ގަޑިއިރު ކުރިން - 30 ޖުލައި 2026 10:06
ކެމްބޯޑިއާއިން ކަނޑުމަގުން ރާއްޖެއަށް ގެނައި މި މުދާ. / ފޮޓޯ: އެމްއޭސީއެލް
ކެމްބޯޑިއާއިން ކަނޑުމަގުން ރާއްޖެއަށް ގެނައި މި މުދާ. / ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

މިއީ ދެކުނުއިރުމަތީ އޭޝިއާގެ ބާޒާރުތަކަށް ރާއްޖޭގެ ލޮޖިސްޓިކްސް ހިދުމަތް ފުޅާވިކަމުގެ ހެއްކެއް. އަގުހެޔޮ އަދި އަވަސް މި ހިދުމަތާއެކު، އޭޝިއާއާއި ޔޫރަޕް ގުޅުވައިދޭ މުހިންމު މަރުކަޒެއްގެ ގޮތުގައި ރާއްޖޭގެ ދައުރު މިހާރު ވަނީ އިތުރަށް ވަރުގަދަވެފަ.

ވެލާނާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު (ވީ.އައި.އޭ) މެދުވެރިކޮށް ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯ ކާމިޔާބުކަމާއެކު މިއަދު ފޮނުވާލައިފިއެވެ. މިއީ ރާއްޖޭގެ މައި އެއަރޕޯޓުން ދޭ ކަނޑާއި ވައިގެ މަގުން މުދާ އުފުލުމުގެ ހިދުމަތް ދެކުނުއިރުމަތީ އޭޝިއާގެ ބާޒާރުތަކަށް ފުޅާވެގެންދިޔަ ތާރީހީ މުހިންމު ކުރިއެރުމެކެވެ.

ކެމްބޯޑިއާއިން ކަނޑުމަގުން ރާއްޖެއަށް ގެނައި މި މުދާތައް، ވެލާނާ އެއަރޕޯޓުގެ ކާގޯ ފެސިލިޓީން ހޭންޑްލްކުރުމަށްފަހު ވައިގެ މަގުން ފޮނުވާލާފައިވަނީ ފްރާންސްގެ ލީލް އަށެވެ.

Advertisement

Advertisement 1

މީގެ ކުރިން ވެލާނާ އެއަރޕޯޓް މެދުވެރިކޮށް މިފަދަ ސީ-ޓު-އެއަރ ޚިދުމަތްތައް އެންމެ ފުޅާދާއިރާއެއްގައި ހޯދަމުން އައީ ބަންގްލަދޭޝް، އިންޑިއާ އަދި ސްރީލަންކާ ފަދަ އަވަށްޓެރި ގައުމުތަކުންނެވެ. ނަމަވެސް، ކެމްބޯޑިއާ ފަދަ ދެކުނުއިރުމަތީ އޭޝިއާގެ ޤައުމަކުން ފޮނުވި މުދާ ކާމިޔާބުކަމާއެކު މަންޒިލަށް ފޮނުވާލެވުމަކީ، ރާއްޖޭގެ ކާގޯ ހިދުމަތްތަކަށް ބައިނަލްއަގްވާމީ އާ ބާޒާރުތަކުގެ އިތުބާރު ލިބެމުންދާކަމުގެ އަލިގަދަ ހެއްކެކެވެ.

ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ހިދުމަތަކީ ހަމައެކަނި ވައިގެ މަގުން މުދާ ފޮނުވުމަށްވުރެ ހަރަދު ކުޑަ، އަދި ހަމައެކަނި ކަނޑުމަގުން މުދާ އުފުލުމަށްވުރެ މާ އަވަސް ނިޒާމެކެވެ. އެހެންކަމުން، މިއީ ވަގުތަށް ސަމާލުކަންދީގެން އަވަހަށް ފޮނުވަންޖެހޭ މުދާ އުފުލާ ފަރާތްތަކަށް އޮތް އެންމެ ފުރިހަމަ ލޮޖިސްޓިކްސް ހައްލެވެ.

މި ކާމިޔާބީއާއެކު، އޭޝިއާއާއި ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެކި ބާޒާރުތަކާ ގުޅުވައިދޭ ހިންދު ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒެއްގެ ގޮތުގައި ވެލާނާ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ ނަން މިހާރު ވަނީ ބައިނަލްއަގްވާމީ މައިދާނުގައި އިތުރަށް ވަރުގަދަވެފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްއެމްއޭސީއެލްސީ-ޓު-އެއާ ކާގޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 ގައި ފަސިންޖަރުންނަށް އަރާމުކުރާނެ ޖާގައެއް ހުޅުވައިފި

ޓާމިނަލް 1 ގައި ފަސިންޖަރުންނަށް އަރާމުކުރާނެ ޖާގައެއް ހުޅުވައިފި

2 ދުވަސް ކުރިން - 16:12

ޗައިނާގެ އެއަރ ކާގޯ މައުރަޒުގައި ވެލާނާ އެއަރޕޯޓުގެ ކާގޯ ހިދުމަތްތައް އެމް.އޭ.ސީ.އެލް އިން ދައްކާލައިފި

ވެލާނާ އެއަރޕޯޓުގެ ކާގޯ ޚިދުމަތްތައް ޗައިނާގެ އެއަރ ކާގޯ މައުރަޒުގައި ދައްކާލައިފި

9 ދުވަސް ކުރިން - 18:05

ސްޓާފުންނަށް އިންޒާރުދިން ކަމަށް ދެކެވޭ ވާހަކަތައް އެމްއޭސީއެލްއިން ދޮގުކޮށްފި

ސްޓާފުންނަށް އިންޒާރުދިން ކަމަށް ދެކެވޭ ވާހަކަތައް އެމްއޭސީއެލްއިން ދޮގުކޮށްފި

25 ދުވަސް ކުރިން - 14:19

އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

32 ދުވަސް ކުރިން - 14:05

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް "ހާބަރ ޕޯޓަލް" ތައާރަފުކޮށްފި

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް "ހާބަރ ޕޯޓަލް" ތައާރަފުކޮށްފި

34 ދުވަސް ކުރިން - 19:47

އެމްއޭސީއެލްގެ ބޯޑަށް ނާޞިފް އަދި އޭއައިއޭގެ ބޯޑަށް ޝެރީނާ

އެމްއޭސީއެލްގެ ބޯޑަށް ނާޞިފް އަދި އޭއައިއޭގެ ބޯޑަށް ޝެރީނާ

36 ދުވަސް ކުރިން - 23:43