Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30،000 ފަތުރުވެރިން!

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30،000 ފަތުރުވެރިން!

ހުސައިން އިސްމާއިލް
1 ގަޑިއިރު ކުރިން - 21 އޯގަސްޓް 2026 21:15
ރަޝިޔާގެ މާކެޓް ރާއްޖެ އަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން.
ރަޝިޔާގެ މާކެޓް ރާއްޖެ އަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން.
ޚުލާސާ

ސިނާއަތުގެ ތެރޭގައި ބަދަލުކުރެވުނު ޚިޔާލުތަކުން އެނގޭ ގޮތުގައި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މާކެޓަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް ބެލެވުނު ދަނޑިވަޅެއްގައި، ރިސޯޓް ހޮލިޑޭއިން ވަނީ ރަޝިޔާގައި އޮފީސް ހަދައި، ބޮޑެތި ޚަރަދުތަކެއް ކޮށްގެން މާކެޓް ހިފަހައްޓާފަ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ނުފޫޒުގަދަ އަދި މުހިންމު އެއް މާކެޓް ކަމަށްވާ ރަޝިޔާ މާކެޓް އިތުރަށް ވަރުގަދަކޮށް، ރާއްޖެއަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން ގެނައުމުގެ ކާމިޔާބީ ރަޝިޔާގެ ރިސޯޓް ހޮލިޑޭގެ ރާއްޖޭގެ ޝެއާ ކުންފުނިން ދައްކައިފިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިންނާއި އިންވެސްޓަރުން ހިމެނޭ ބޮޑު ނެޓްވޯކެއްގެ ތެރެއިން ތިލަވި މަޢުލޫމާތުތަކަށް ބަލާއިރު، ރިސޯޓް ހޮލިޑޭގެ ރާއްޖޭގެ ޝެއާ ކުންފުނީގެ ވެރިޔާ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝާޒް ވަލީދު ވަނީ މި އަހަރުގެ މިހާތަނަށް އެ ކުންފުނިން އެކަނިވެސް 30,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ގެނެސްފައިވާކަން ހާމަކުރައްވާފައެވެ. މިއީ ބައިނަލްއަޤްވާމީ ގޮތުންނާއި ސަރަޙައްދީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އަމިއްލަ އިންވެސްޓަރުން ކުރަމުންދާ ވަރުގަދަ މަސައްކަތް ހާމަކޮށްދޭ ތަފާސްހިސާބެކެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރު ބައްސާމް ވެސް ވަނީ ވިޔަފާރީގެ މައިދާނުގައި އޮންނަންވާނީ ދުޅަހެޔޮ ވާދަވެރިކަމެއް ކަމަށް ވިދާޅުވެ، ސަރުކާރުގެ އެހީއަށް އެކަނި ބަރޯސާނުވެ، ވަލީދު ކަހަލަ އަމިއްލަ ޤާބިލުކަމުން ފަތުރުވެރިން ގެންނަން މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރަން ޖެހޭނެ ކަމަށް ބާރުއަޅުއްވާފައެވެ.

Advertisement

Advertisement 1

އެ ގްރޫޕްގައި ބައްސާމް މިހެން ވިދާޅުވީ އެމްއޭސީއެލް އާއި ޓުއަރިޒަމް މިނިސްޓްރީ އިން މިފަހަރު ރަޝިޔާ އަށް ކުރި ދަތުރުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ލެޓްސްގޯ މޯލްޑިވްސްގެ ވެރިޔާ ސުވާލު އުފެއްދުމުންނެވެ. ސަބަބަކީ މިދަތުރުގައި އިންޓުވަރ އާއި ރިސޯޓް ހޮލިޑޭގެ ރާއްޖޭގެ ހިއްސާދާރު ބައިވެރިވެފައި ވާތީއެވެ. ނަމަވެސް، މި ދެ ކުންފުންޏަކީ އަމިއްލަ ޚަރަދުގައި ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްގެން ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ގެންނަ، އަދި އެކަމުގެ ޤާބިލުކަމާއި ތަޖުރިބާ ހުރި ދެ ކުންފުނިކަން ޓޫރިޒަމް މިނިސްޓްރީއަށްވެސް ވަރަށް ސާފުކޮށް އެނގޭނެ ކަމަށާއި، އެހެންކަމުން، ސަރުކާރުގެ ވަފުދުތަކުގައި މިފަދަ ނަތީޖާ ނެރޭ ކުންފުނިތައް ބައިވެރިކުރުމަކީ ސިނާއަތުގެ ހަގީގަތް ދަންނަ ކޮންމެ މީހަކަށް އެނގޭނެ ކަމެއް ކަމަށް ބުނެ ބޭފުޅަކު ޚިޔާލު ފާޅުކުރެއްވިއެވެ. ބެލެވޭ ގޮތުގައި އެއީ ސައިރިކްސް ޝަރީފެވެ.

ސިނާއަތުގެ ތެރޭގައި ބަދަލުކުރެވުނު ޚިޔާލުތަކުން އެނގޭ ގޮތުގައި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މާކެޓަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް ބެލެވުނު ދަނޑިވަޅެއްގައި، ރިސޯޓް ހޮލިޑޭއިން ވަނީ ރަޝިޔާގައި އޮފީސް ހަދައި، ބޮޑެތި ޚަރަދުތަކެއް ކޮށްގެން މާކެޓް ހިފަހައްޓާފައެވެ. އަދި މިހާރު މި ކުންފުނިން ދުނިޔޭގެ އިތުރު 18 ޤައުމަކަށް ފަތުރުވެރިން ފޮނުވަމުންދާއިރު، ރާއްޖެއަށް ޚާއްޞަ އިސްކަމެއް ދެނީ ޤައުމީ ލޯތްބަށްޓަކައި ކަމަށް ވަލީދު ފާހަގަކުރެއްވިއެވެ.

ނަމަވެސް، ސަރުކާރުން ކުރިއަށްގެންދާ ޓޫރިޒަމް ޕްރޮމޯޝަންތަކާ ގުޅުވައިގެން ލެޓްސްގޯ މޯލްޑިވްސްގެ (ވެރިޔާ) ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި، އެ ގްރޫޕްގެ ތެރޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރިކަން ޚުލާސާ އަށް ލިބިފައިވާ ޗެޓްލޮގްތަކުން އެނގެއެވެ.

އެމްއޭސީއެލްމިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންލެޓްސް ގޯ މޯލްޑިވްސްރިސޯޓް ހޮލިޑޭ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު 2 އިންސައްތަ އިތުރުވެއްޖެ

ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު %2 އިތުރުވެއްޖެ

13 ގަޑިއިރު ކުރިން - 08:26

ފަތުރުވެރިކަމާއި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމް.އޭ.ސީ.އެލްއިން ބައިވެރިވެއްޖެ

ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމަށް އެމްއޭސީއެލްއިން ރަޝިއާއަށް

2 ދުވަސް ކުރިން - 10:06

ރާޔާ އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

ރާޔާ އެއާވޭސް އިން ރާއްޖެއަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

7 ދުވަސް ކުރިން - 16:50

އަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން، މިއީ 4.1 އިންސައްތަ އިތުރުވުމެއް

އަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން، މިއީ 4.1 އިންސައްތަ އިތުރުވުމެއް

8 ދުވަސް ކުރިން - 12:35

ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ކާގޯ ވެލާނާ އެއަރޕޯޓުން ކާމިޔާބުކަމާއެކު ހޭންޑްލްކޮށްފި

ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ކާގޯ ވެލާނާ އެއަރޕޯޓުން ކާމިޔާބުކަމާއެކު ހޭންޑްލްކޮށްފި

22 ދުވަސް ކުރިން - 10:06

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 ގައި ފަސިންޖަރުންނަށް އަރާމުކުރާނެ ޖާގައެއް ހުޅުވައިފި

ޓާމިނަލް 1 ގައި ފަސިންޖަރުންނަށް އަރާމުކުރާނެ ޖާގައެއް ހުޅުވައިފި

24 ދުވަސް ކުރިން - 16:12