Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އައިޝަތު ރުވާ ރިފްޢަތު
50 ދުވަސް ކުރިން - 24 އޯގަސްޓް 2026 20:25
އެއްބަސްވުމުގައި ސޮއިކުރުން. / ފޮޓޯ: އެމްއޭސީއެލް
އެއްބަސްވުމުގައި ސޮއިކުރުން. / ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

މި ޕްރޮގްރާމުގެ ދަށުން އެއަރޕޯޓުގެ މުހިންމު ދާއިރާތަކުން އަމަލީ ތަޖުރިބާ ލިބި، މަސައްކަތުގެ މާހައުލަށް ބޭނުންވާ މުހިންމު ހުނަރުތައް ދަރިވަރުންނަށް ދަސްވެ، ކުރިމަގުގެ ވަޒީފާގެ ބާޒާރަށް އެކުދިން ތައްޔާރުވެގެންދާނެ. ސީ.އީ.އޯ ޝަރީފް ވިދާޅުވީ މިއީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށް.

ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ހޯދައިދީ، މަސައްކަތުގެ މާޙައުލަށް އަހުލުވެރިކުރުވުމުގެ މަގްސަދުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް (ވީ.އައި.އެޗް.އެސް) އާ ދެމެދު ހާއްސަ ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމް.އޭ.ސީ.އެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދެވެ. އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލުގެ ޕްރިންސިޕަލް އަލީ މުސްތަފާއެވެ. މި ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަތީފާއި، ސީނިއަރ ޖެނެރަލް މެނޭޖަރ އަލީ ހުޒައިމްގެ އިތުރުން ކުންފުނީގެ ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ޓީމުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފަހުމުނާމާގެ މައިގަނޑު މަގްސަދަކީ ކްލާސްރޫމުގައި ދަރިވަރުން އުނގެނޭ އިލްމީ މައުލޫމާތުތައް ޢަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމާއި، ވަޒީފާގެ މާޙައުލަށް ދަރިވަރުން ހޭނުވުމެވެ. މި ޕްރޮގްރާމުގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންސް، އިންޖިނިއަރިންގ، އައިޓީ، ކަސްޓަމަރ ސަރވިސް، ލޮޖިސްޓިކްސް، ކޯޕަރޭޓް ސަރވިސަސް އަދި ސޭފްޓީ އެންޑް ސެކިއުރިޓީ ފަދަ މުހިންމު ދާއިރާތަކުން އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެއެވެ.

Advertisement

Advertisement 1

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި އެމް.ޑީ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ، މިއީ ކުންފުނީގެ "އެމްޕަވަރ އެންޑް ޑިވެލޮޕް އަވަރ ޕީޕަލް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދެވޭ ވަރަށް މުހިންމު ހަރަކާތެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ވައިގެ ދަތުރުފަތުރާއި، އެއާ ގުޅުންހުރި އެހެނިހެން ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އަގުހުރި ފުރުސަތުތަކަކާއި ފައިދާތަކެއް ހާސިލުވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އިންޓާންޝިޕް ޕްރޮގްރާމުގެ ސަބަބުން، މަސައްކަތުގެ މާހައުލަށް ކޮންމެހެން ބޭނުންވާ މުހިންމު ހުނަރުތައް ކަމުގައިވާ މުއާމަލާތުކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން، ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން ދަރިވަރުންގެ ކިބައިގައި އަށަގަންނުވައި، ކުރިމަގުގެ ވަޒީފާގެ ބާޒާރަށް އެ ކުދިންގެ ލޯހުޅުވިގެންދާނެއެވެ. މީގެއިތުރުން، މި އެއްބަސްވުމުގެ ސަބަބުން ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ކެރިއަރާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމާއި، މެންޓަރޝިޕް ދިނުމުގެ އިތުރުން ޢަމަލީ މަސައްކަތުގެ މާޙައުލު ތަޖުރިބާކުރުމުގެ ގިނަ ފުރުސަތުތަކަކަށް މަގުފަހިވެގެންދާނެ ކަމަށް އެމް.އޭ.ސީ.އެލް އިން މައުލޫމާތު ދެއެވެ.

އެމްއޭސީއެލްވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްވިލާ ކޮލެޖްތައުލީމު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ވޯލްޑް ޓްރެވަލް އެވޯޑްސް: ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ

ވޯލްޑް ޓްރެވަލް އެވޯޑްސް: ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ

1 ދުވަސް ކުރިން - 09:22

ރ. އުންގޫފާރުގައި އިތުރު 8 ކްލާސްރޫމްއެޅުމުގެ މަސައްކަތް ބާރަށް ކުރިޔަށްދަނީ

5 ދުވަސް ކުރިން - 11:41

ގައުމީ ތަރައްގީގައި ޒުވާނުންގެ ދައުރު މުހިންމުކަމަށް ނައިބު ރައީސް ވިދާޅުވެއްޖެ

ގައުމީ ތަރައްގީގައި ޒުވާނުންގެ ދައުރު މުހިންމުކަމަށް ނައިބު ރައީސް ވިދާޅުވެއްޖެ

9 ދުވަސް ކުރިން - 11:26

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިންޑިއަން އޯޝަންސް ލީޑިންގ އެއާޕޯޓުގެ އެވޯޑު ލިބިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިންޑިއަން އޯޝަންސް ލީޑިންގ އެއާޕޯޓުގެ އެވޯޑު ލިބިއްޖެ

14 ދުވަސް ކުރިން - 22:42

ކެމްބްރިޖް އިމްތިހާނަށް މުހިންމު ބަދަލުތަކެއް

ކެމްބްރިޖް އިމްތިހާނަށް މުހިންމު ބަދަލުތަކެއް

18 ދުވަސް ކުރިން - 13:14

އާ ކާގޯ ޓާމިނަލުން އޮފީސް ޖާގަ ކުއްޔަށް ދޫކުރުމަށް އެމްއޭސީއެލްއިން ހުޅުވާލައިފި

އާ ކާގޯ ޓާމިނަލުން އޮފީސް ޖާގަ ކުއްޔަށް ދޫކުރުމަށް އެމްއޭސީއެލްއިން ހުޅުވާލައިފި

18 ދުވަސް ކުރިން - 21:20