
މި މަޝްރޫއަކީ އުނގޫފާރު ސްކޫލުގައި ކިޔަވާ ދަރިވަރުންގެ އިތުރުން މަސައްކަތް ކުރާ މުވައްޒަފުންނަށް ދިމާވެފަވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ފަށާފަވާ މަސައްކަތެއް. މި ޕްރޮޖެކްޓު އެމްޓީސީސީއާ ހަވާލުލުކުރެވުނީ މިދިޔަ އަހަރު އޭޕްރިލަ މަހުގެ ތެރޭގައި ހާއްސަ އެއްބަސްވުމެއްގެ ދަށުން. ދަރިވަރުންނާއި މުވައްޒަފުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ.
5 ދުވަސް ކުރިން - 11:41
މިއަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާއާއެކު ދަރިވަރުންގެ އާންސަރ ސްކްރިޕްޓާއި ލިބުނު މާކްސް ފެންނާނެ ބަދަލުތަކެއް ކެމްބްރިޖުން ގެނެސްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި. އަދި އިމްތިހާނު ކުރިއަށްދާއިރު ކުދިންނަށް ޕްރެޝަރު ނުކުރުމަށް މިނިސްޓަރު އިލްތިމާސްކުރެއްވި.
18 ދުވަސް ކުރިން - 13:14
ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ފާސްވެފައިވާ ދަރިވަރުންގެ އިންސައްތަ 80 އަށްވުރެ މަތިވި އިރު، ރާއްޖޭގެ އެހެން ސްކޫލްތަކާއި އަޅާބަލާއިރު، ސައިންސް މާއްދާތަކުގެ ފާސް ރޭޓު ރަނގަޅު ކަމަށް ފާހަގަ ކޮށްފައިވޭ.
48 ދުވަސް ކުރިން - 12:39