2023 ވަނަ އަހަރުން ފެށިގެން ޣައްޒާގައިމިހާތަނަށް 100،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި ކަމަށާއި، 3،222 ޤަތުލުއާންމު ހިންގާފައިވާ ކަމަށް ރިޕޯޓުތައް ބުނޭ.
423 ދުވަސް ކުރިން - 17:30
މިއީ ޣައްޒާއަށް ކަޅު ދުވަހެއް. ޒައެނިސްޓުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ދިމް ހަމަލާތަކުގައި 300 އަށް ވުރެ ގިނަ މީހުން ޝަހީދުވެއްޖެ. ދުނިޔެ އޮތީ ބަލަން.
423 ދުވަސް ކުރިން - 17:05
ޚާމަނާއީ އަވަހާރަކޮށްލަން ކުރި މަސައްކަތް ނާކާމިޔާބުވީ ބިންގަރާސްބތެރެއަށް ވަދެ އޭނާ ފިލައިގެން އުޅުމުން ކަމަށް އިސްރާއީލުން ބުނި.
429 ދުވަސް ކުރިން - 18:02
އިސްރާއީލުގެ އެކި ސަރަހައްދުތަކުގައި ބޮޑެތި އަލިފާންގަނޑުތަކެއް، ގޭގެއަށް ގެއްލުންވެ ހާލަތު ގޯސްވަނީ!
429 ދުވަސް ކުރިން - 12:58
ޣައްޒާގެ ޤަތުލުޢާންމާއި ގުޅިގެން ތުރުކީން އިޒްރޭލާ އެކު ކުރާ ވިޔަފާރި މުޅިން ހުއްޓާލައިފި: 276.9 ބިލިއަން މީރާގެ ވިޔަފާރި ކުރިއިރު މިހާރު ޢަދަދު އުޅެނީ ސުމެއްގައި.
429 ދުވަސް ކުރިން - 12:23
ހަފްތާއެއްގެތެރޭ އިސްރާއީލުގެ 19 ސިފައިން ޣައްޒާގައި މަރައިލިއިރު މިހާތަނަށް 861 ސިފައިން ޢައްޒަގައި މަރުވި ކަމަށް އިސްރާއީލުން ބުނޭ. އަސްލު އަދަދު އިސްރާއީލުން ސިއްރުކުރޭ.
430 ދުވަސް ކުރިން - 18:14
އީރާނާއި ދެކޮޅަށް ހަނގުރާމަކުރުން ހުއްޓަލުމަށް އެމެރިކާއާއި އިސްރާއީލުން ނިންމީ އީރާނުގެ ޙަމަލާތައް ބާރުގަދަވެފައި، ޚާމަނާއިއަށް އޮތް ތާއީދު އިތުރުވެ، އެމެރިކާއަށް ދެވަނަ ވިއެޓްނާމް ހަނގުރާމައިގެ ބިރު ހީވެގެން.
431 ދުވަސް ކުރިން - 13:38
އެމެރިކާއިން ޢަރަބި ޤައުމުތަކުގައި އަޝްކަރީ ބޭސްތައް ޤާއިމުކުރުމުގެ ނިޔަތަކީ އިޒްރޭލަށް ރައްކާތެރިކަން ދިނުން. ޢަރަބިންގެ މައްޗަށް ނުފޫޛު ފޯރުވުމާއި ބިރުދެއްކުން. އިޒްރޭލާއި ދެކޮޅު ވެރިޔަކު އެތަންތަނުގައި ނުބެހެއްޓުން.
432 ދުވަސް ކުރިން - 13:09
,އީރާނުގެ ކުރިމަތީގައި މޮޅު ނުވެވޭނެތީވެ ޓްރަމްޕްގެ އިއުލާނާއެކު އިޒްރޭލާއި އިރާނާ ދެމެދު ހަމަލާ ހުއްޓާލައި ސުލްހައިގެ ވާހަކަތައް މިއަދު ފަށާނެ.
433 ދުވަސް ކުރިން - 05:02
އިރާނުން ދިން މިސައިލް ހަމަލާގެ ސަބަބުން އިޒްރޭލްގައި 30,000 އާއި ބައިލައްކައާއި ދެމެދުގެ ޢަދަދަކަށް މީހުންގެ ގެދޮރު ގެއްލި ރެފިއުޖީންނަށް ވެއްޖެ.
433 ދުވަސް ކުރިން - 14:36
ރޭ ދަންވަރު އެމެރިކާއިން އީރާނުގެ ނިއުކްލިއާ ހަކަތަ އުފައްދާ ތަންތަނަށް ހަމަލާ ދިނުމާއި ގުޅިގެން، އީރާނުން ޔަހޫދީ ރަށްތަކަށް "މިސައިލްގެ ވާރޭ"އެއް އޮއްސާލައިފި.
434 ދުވަސް ކުރިން - 15:34
ރަޝިޔާއިން ޔަހޫދީންނަށް އީރާނުގައި ނިއުކްލިޔަރ ހަތިޔާރެއް ނެތްކަމުގެ ޔަޤީންކަން ދިން ނަމަވެސް، ޖޫން 13 ގައި އިސްރާއީލުން އީރާނަށް ނިރުބަވެރި ޙަމަލާތައް ދޭން ފަށައިފައިވާކަމަށް ޕުޓިން ވިދާޅުވެއްޖެ.
435 ދުވަސް ކުރިން - 20:01