Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޢަރަބި ބޭސްތަކަކީ އިސްރާއީލުގެ ޙިމާޔަތަށް އެމެރިކާ ޤާއިމްކުރި ތަންތަން…

ޢަރަބި ބޭސްތަކަކީ އިސްރާއީލުގެ ޙިމާޔަތަށް އެމެރިކާ ޤާއިމްކުރި ތަންތަން…

ހުސައިން އިސްމާއިލް
352 ދުވަސް ކުރިން - 24 ޖޫން 2025 13:09
މެދުއިރުމަތީގައިވާ އެމެރިކާގެ ބޭސްތައް އަންގައިދޭ ޗާޓެއް.
މެދުއިރުމަތީގައިވާ އެމެރިކާގެ ބޭސްތައް އަންގައިދޭ ޗާޓެއް.
ޚުލާސާ

އެމެރިކާއިން ޢަރަބި ޤައުމުތަކުގައި އަޝްކަރީ ބޭސްތައް ޤާއިމުކުރުމުގެ ނިޔަތަކީ އިޒްރޭލަށް ރައްކާތެރިކަން ދިނުން. ޢަރަބިންގެ މައްޗަށް ނުފޫޛު ފޯރުވުމާއި ބިރުދެއްކުން. އިޒްރޭލާއި ދެކޮޅު ވެރިޔަކު އެތަންތަނުގައި ނުބެހެއްޓުން.

قطرގައި ވާ އެމެރިކާގެ އަޝްކަރީ ބޭހަށް އިރާނުން ހަމަލާ ދީފިއެވެ. އީރާނަކީ މުޅި މެދުއިރުމަތީގައިވެސް އިސްރާއީލް ރުޅި އަންނަ ހަމައެކަނި މިލިޓަރީ ބާރުވެރި ޤައުމެވެ. ބައެއް މަސްދަރުތަކުން ބުނަނީ ރޭ އީރާނުން ޤަޠަރަށް ފޮނުވައިލީ 10 މިސައިލް ޙަމަލާއެވެ. އަނެއްބައި މަސްދަރުތަކުން ބުނަނީ 6 މިސައިލު ޙަމަލާއެވެ. ޤަޠަރަކީ އިސްރާއީލުގެ އެކުވެރިއެކެވެ.

ޤަޠަރުގެ އިތުރުން އިރާޤުގައިވާ އެމެރިކާގެ އަޝްކަރީ ބޭހަށް ވެސް އީރާނުން ހަމަލާތަކެއް ދީފައިވާކަމަށްވެއެވެ، ބަހުރައިނު އާއި ކުވައިތު ވެސް ވަނީ އަތަށް ގެނެސްފައެވެ. މިއީ ހައްތާވެސް އެމެރިކާއާއި އިސްރާލުގެ އެކުވެރި ޢަރަބިންނެވެ. އީރާނުގެ ހަތުރުންނެވެ. މިތަންތަނަށް އީރާނުން ޙަމަލާ ދިނީ އެތަންތަނުގެ މަދަދު ހޯދައިގެން އިސްރާއީލުން އީރާނަށް ޙަމަލާ ދިނުމުންނެވެ. އެހެންކަމުން އީރާނުން އިޒްރޭލަށާއި އެމެރިކާގެ އަޝްކަރީ ތަންތަނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ގޮވާލުމުގެ އިޚްތިޔާރު ދުނިޔޭގެ އެއްވެސް ޤައުމަކަށް މިހާރަކު ނެތެވެ، 

Advertisement

Advertisement 1

އީރާނު ވަށައިގެން އެސަރަޙައްދުގައި އެމެރިކާއިން ހަދާފައިވާ ބޭސްތައް. މިކަމުގެ އެއް ބޭނުމަކީ އީރާނުން ފޮނުވަފާނެ ޙަމަލާއަކުން އިސްރާއީލް ސަލާމަތްކުރުން.

އެއީ އިޒްރޭލުން ފަލަސްޠީނުގެ ފަސްދޮޅަސް ހާހަށް ވުރެ ގިނަ ރައްޔިތުން މިހާތަނަށް ޝަހީދުކޮށްފައި ވުމާއި އެމެރިކާ އިސްވެ އެމެރިކާއިން ބޭރުގައި ހިނގި ކަމެއްގެ ތެރެއަށް ވަދެ އިޒްރޭލު ހިމާޔަތްކުރުމަށް އީރާނަށް ހަމަލާ ދީ އީރާނުގެ އެތައް ބަޔަކު ޝަހީދު ކޮށްފައި ވާތީ އާއި މުސްލިމުންގެ ބިންތަކާއި ޤުދުރަތީ ވަޞީލަތްތަކަށް ބާރުފޯރުވައި، މުސްލިމު ދައުލަތްތައް އަޅުވެތި ކުރުމަށް އިޒްރޭލާއި އެމެރިކާ މުސްލިމުންގެ މައްޗަށް ހިންގާ ޤަތުލު ޢާއްމުތަކާއި ޖަރީމާތަކުގައި ހުޅަނގުގެ އިސްތިޢުމާރީ ދައުލަތްތަކުގެ ފުރިހަމަ ބައިވެރިވުން އޮތުމެވެ.

އެމެރިކާއިން ޢަރަބި ޤައުމުތަކުގައި އަޝްކަރީ ބޭސްތައް ޤާއިމުކުރުމުގެ ނިޔަތަކީ ވެސް އިޒްރޭލަށް ރައްކާތެރިކަން ދިނުމެވެ. ޢަރަބިންގެ މައްޗަށް ނުފޫޛު ފޯރުވުމާއި ބިރުދެއްކުމެވެ، އިޒްރޭލުގެ މަސްލަހަތާއި ދެކޮޅަށް ތެދުވާނެ ވެރިޔަކު ޢަރަބި އެއްވެސް ޤައުމެއްގައި ނުބެހެއްޓުމެވެ. ދުނިޔޭގެ ހުރިހާ ޤައުމެއްގެ މައްޗަށް ބަސްކިޔޭ ބާރާއި ނުފޫދު ހިންގޭ ޤައުމެއް ގޮތުގައި އެމެރިކާ ނޫން ޤައުމެއް އޮތަ ނުދިނުމެވެ.

(ލިޔުއްވީ: އަލްއުސްތާޛް ޢަލީ އާދަމް)

މެދުއިރުމަތިއިސްރާއީލްއީރާންއެމެރިކާއީރާން - އެމެރިކާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނުގެ ބޯޓަކަށް އެމެރިކާ އިން ހަމަލާ ދިނުމުން އޭގަތިބި އެންމެން އީރާނުން ސަލާމަތްކޮށްފި

އީރާނުގެ ބޯޓަކަށް އެމެރިކާ އިން ހަމަލާ ދިނުމުން އޭގަތިބި އެންމެން ސަލާމަތްކޮށްފި

17 ގަޑިއިރު ކުރިން - 14:09

ޣައްޒާގެ އެތައް ތަނަކަށް ޔަހޫދީން އެބަ ޙަމަލާދޭ

ޣައްޒާގެ އެތައް ތަނަކަށް ޔަހޫދީން އެބަ ޙަމަލާދޭ

18 ގަޑިއިރު ކުރިން - 13:37

އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭން ފަށައިފި

އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭން ފަށައިފި

1 ދުވަސް ކުރިން - 13:13

އީރާނު ކައިރިން އެމެރިކާގެ ހެލިކޮޕަޓެރެއް ވެއްޓިއްޖެ

އީރާނު ކައިރިން އެމެރިކާގެ ހެލިކޮޕަޓެރެއް ވެއްޓިއްޖެ

1 ދުވަސް ކުރިން - 11:26

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ؛ ޝަކީރާވެސް ފެންނާނެ

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ

1 ދުވަސް ކުރިން - 11:23

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

2 ދުވަސް ކުރިން - 10:24